Roadha Mihaaru
ލަންކާ ހޮސްޕިޓަލްގެ ފާހާނާ ތެރޭން ބޮމެއް ފެނިއްޖެ

ލަންކާ ހޮސްޕިޓަލްގެ ފާހާނާ ތެރޭން ބޮމެއް ފެނިއްޖެ

17 ސެޕްޓެމްބަރ 2021

ކޮލަމްބޯ (ސެޕްޓެމްބަރު 17) - ސްރީ ލަންކާގެ ނަރަހެންޕިޓާގައި ހުންނަ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ލަންކާ ހޮސްޕިޓަލްގެ ފާހާނާތެރޭން އަތު ބޮމެއް ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ސެޕްޓެމްބަރު 17) - ސްރީ ލަންކާގެ ނަރަހެންޕިޓާގައި ހުންނަ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ލަންކާ ހޮސްޕިޓަލްގެ ފާހާނާތެރޭން އަތު ބޮމެއް ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ކޮލަމްބޯ ކްރައިމްސް ޑިވިޝަން (ސީސީޑީ) އިން ބުނެފައި ވަނީ އެ ބޮން ލަންކާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ޓްރިންކޮމަލީގެ އުއްޕުވެލި އޭރިއާގައި ދިރިއުޅޭ، ކޮންސްޓްރަކްޝަން ކުންފުންޏެއްގެ މުވައްޒަފެއް ކަމަށެވެ. ސީސީޑީގެ ތަހުގީގުގައި އެ މީހާ ބުނެފައި ވަނީ އެ ބޮން އޭނާ ގެނައީ މިނިސްޓަރެއްގެ ގެއިންނެވެ.

ކޮލަމްބޯ 07 ގައި ހުންނަ މިނިސްޓަރުގެ ގޭގެ މަރާމާތަކަށް މީގެ ތިން މަސް ކުރިން އެ މީހާ ގޮސް، އެގޭގެ އެކި ތަންތަން ބެލި އިރު މޭޒެއްގެ ވަތްގަނޑުގެ ތެރޭން އަތު ބޮމާއި ވަރަށް ގިނަ އެހެން ބާވަތުގެ ހަތިޔާރު ފެނިފައިވާ ކަމަށް އެ މީހާ ބުނެފައިވާ ކަމަށް ސީސީޑީން ބުންޏެވެ. އަދި ހޮސްޕިޓަލުގެ ފާހާނާ އިން ފެނިފައިވާ ބޮމަކީ އެ މީހާ އެ ގެއިން ގެނައި ބޮމެއް ކަމަށް ވެސް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހޮސްޕިޓަލްގެ ފާހާނަގައި ބޮން ބޭއްވި މީހާ އާއި މިނިސްޓަރުގެ ގެއިން އެހެން ގޮވާ ތަކެތި ގެންދިޔަ އިތުރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އުމުރުން 26 އަހަރުގެ މީހާ ހޮސްޕިޓަލަށް ބޮން ގެންދިޔަ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، ގޭގައި ހުރި ހަތިޔާރުތަކަކީ މިނިސްޓަރު އެ ގޭގައި ދިރިއުޅުއްވަން ފެށުމުގެ ކުރިން ވެސް އެ ގޭގައި ހުރި އެއްޗެއް ކަމަށެވެ.