29 މެއި 2020
ވަރަށް ކުލަގަދަކޮށް މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކައިވެނީގެ ހަފުލާ ބާއްވަން ރޭވި ޑޮކްޓަރަކާއި ނަރުހަކު އެ މީހުން ކައިވެނީގެ ހަފުލާ ކޮވިޑް-19އާ ހެދި ކެންސަލްކޮށް، މަސައްކަތްކުރާ ހޮސްޕިޓަލްގައި ކައިވެނިކޮށްފި އެވެ.
ވަރަށް ކުލަގަދަކޮށް މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކައިވެނީގެ ހަފުލާ ބާއްވަން ރޭވި ޑޮކްޓަރަކާއި ނަރުހަކު އެ މީހުން ކައިވެނީގެ ހަފުލާ ކޮވިޑް-19އާ ހެދި ކެންސަލްކޮށް، މަސައްކަތްކުރާ ހޮސްޕިޓަލްގައި ކައިވެނިކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގެ ސެއިންޓް ތޯމަސް ހޮސްޕިޓަލްގައި އަޅުމަކަށް ހާއްސަކޮށްފައިވާ ތަނެއްގައި ކައިވެނީގެ ރަސްމިއްޔާތު ބޭއްވީ އާއިލާ އާއި އެކުވެރިންނަށް ލައިވް-ސްޓްރީމްކޮށް ބަލައިލެވޭ ގޮތަށެވެ. މިއީ ސްރީ ލަންކާ އަށް ނިސްބަތްވާ އައްނަލަން ނަވަރަތުނަމް، 30، އާއި އުތުރު އަޔަލެންޑަށް ނިސްބަތްވާ ޖެން ޓިޕިން، 34، ގެ އަލަތު ކައިވެންޏެވެ.
ދެ މީހުން ކުރިން ނިންމައިގެން ތިބީ އާއިލާގެ މީހުން އޮގަސްޓް މަހުގެ ތެރޭގައި ލަންޑަނަށް ގެންގޮސްގެން ވަރަށް ކުލަގަދަކޮށް ކައިވެނީގެ ހަފުލާ ބާއްވާށެވެ. ނަމަވެސް ކޮރޯނާވައިރަހާ ހެދި ކުރިމަތިވި ލޮކްޑައުންތަކާ އެކު، ދަތުރުފަތުރު ހުއްޓި، ރޭވި ގޮތަށް ކަންކަން ނުދާނެތީ، މަސައްކަތްކުރާ ތަނުގައި އާދައިގެ ގޮތަކަށް ކައިވެކުރީ އެވެ.
އައްނަލަން އާއި ޓިޕިންގެ ކައިވެންޏާ އެކު، އެކީގައި މަސައްކަތްކުރާ އެންމެން ވެސް ދެ މީހުންނަށް މަރުހަބާ ކިޔާފައިވެ އެވެ.
ކައިވެނިކޮށްދިން މީހުން ފިޔަވައި އެހެން ބަޔަކު ހަފުލާގައި ބައިވެރިއެއް ނުވެ އެވެ.
This is lovely. ? https://t.co/vT3luO4R3S
— Matt Hancock (@MattHancock) May 26, 2020
ހަފުލާގައި ޓިޕިން ހުދު ކުލައިގެ ވެޑިން ޑްރެސްއެއްގައި ހުރި އިރު، އައްނަލަން ހުރީ ކުކުޅު ބިސްކުލައިގެ ކޯޓްފަޓްލޫނުގަ އެވެ.
ކައިވެނީގެ ހަފުލާ ލައިވް-ސްޓްރީމްކުރި އިރު، ވާޗުލް ރިސެޕްޝަނެއް ވެސް ކުރިއަށް ގެންދިޔަ އެވެ.
ދެމަފިރިން ބުނިގޮތުގައި އާއިލާގެ މީހުންނާއި ގާތް ރައްޓެހިންނާ ދުރުގައި ކައިވެނިކުރަން ޖެހުނަސް ޝަކުވާއެއް ނެތެވެ. ސަބަބަކީ އޭގެ ސަބަބުން އެ ހުރިހާ އެންމެންގެ ސިއްހަތަށް އެއްވެސް ވަރެއްގެ ނުރައްކަލެއް ކުރިމަތިވާނެ ހާލަތެއް ނައުމެވެ.
އެމްބިއުލޭޓަރީ އެމަޖެންސީ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރާ ޓިޕިން އާއި އެކިއުޓް މެޑިކަލް ރެޖިސްޓްރާ އައްނަލަން ބުނިގޮތުގައި ކައިވެނިކުރެވުނީތީ އެ މީހުން ވަރަށް އުފާވެ އެވެ.
ޓިޕިން ބުނިގޮތުގައި އޭނާ ކައިވެނީގެ ހަފުލާ ސިފަކުރާނީ ވަރަށް ލޯބި އަދި ގިނަ ހަނދާންތަކެއް ރައްކާކުރެވޭނެ ކަމެއްގެ ގޮތުގަ އެވެ.
"ވަރަށް އުފަލުން އަހަރެމެން މިތިބީ،" އައްނަލަން ބުންޏެވެ.
އެ ދެ މީހުންގެ ކައިވެނީގެ ވާހަކަ އަޑު އައްސަވާފައި އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވަނީ ޓްވީޓަކުން މަރުހަބާ ވެސް ވިދާޅުވެފަ އެވެ.
ކިޔަވައި ނިންމާ ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ކޮބާ؟
އިނގިރޭސި ވިލާތުގައި މަޖުބޫރު ކައިވެނިތައް މަދުވެއްޖެ
ފްލައިޓް ތެރޭގައި ކައިވެނިކުރުމުން ބޮޑު މައްސަލައަކަށް
ކޮވިޑް ވެކްސިން ޖަހާ މުވައްޒަފުންނަށް 500 ޑޮލަރު
ޑެންމާކް ބޮޑުވަޒީރުގެ ކައިވެނި ތިން ފަހަރަށް ފަސްވެއްޖެ
ނައިކީން ސިއްހީ އެހީތެރިންނަށް 30،000 ބޫޓް
ލޮކްޑައުންގައި ކައިވެނި ޕާޓީ ބޭއްވުމުން ދައުވާކޮށްފި
ނަސްރީނާ ދެކެ ވާ ލޯބިން އެހެންދިމާއަކަށް ނުބައްލަވާ
ޝޮބިތާ އާއި ނާގަގެ ކައިވެނި ޑިސެމްބަރުގައި
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި