ސްރީ ލަންކާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފުލުހަކަށް ސީރިއަސް ޒަހަމްތަކެއްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ސްރީ ލަންކާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފުލުހަކަށް ސީރިއަސް ޒަހަމްތަކެއްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:30 ހާއިރު ހިނގި އެކްސިޑެންޓްގައި ޒަހަމްވި ފުލުސް މީހާއަށް ފަރުވާ ދެމުން އަންނަނީ ލަންކާ ހޮސްޕިޓަލްގަ އެވެ.
އޭނާ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ އެކްސިޑެންޓްގައި ފުލުސް މީހާގެ އިތުރުން އޭނާގެ އަންހެނުންގެ ފައި ބިނދުނު ކަމަށެވެ.
އާއިލާ އިން ބުނި ގޮތުގައި އެކްސިޑެންޓް ވީ ދެމަފިރިން ބޭރަށް ގޮސް އޮޓޯއެއްގައި ގެއަށް ދިޔަ މަގުމަތީގައި ބާރު ސްޕީޑްގައި ދުއްވި ކާރަކުން ޖެހިގެންނެވެ.
"އެ ކާރުން ޖެހި އޮޓޯއިން އެ މީހުން ވިއްސައިގެން ގޮސްޖެހި ފިރިހެން މީހާގެ ފައިގެ ދެ ތަނަކުން ބިނދި މޫނުމަތި ވަރަށް ބޮޑަށް ވަނީ ހަލާކުވެފައި. އޭނާގެ އަންހެނުންގެ ފައި ބިނދުން ފިޔަވައި އިތުރު ސީރިއަސް ގެއްލުމެއް ނުލިބޭ،" އާއިލާގެ މެމްބަރު ބުންޏެވެ.
އޭނާ ބުނީ ޒަހަމްވި ފިރިހެން މީހާގެ އޮޕަރޭޝަނެއް ކުރަން އިއްޔެ ޑޮކްޓަރުން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އޮކްސިޖަން ލެވެލް ދަށްކަމުން ހޭނައްތަން ޑޮކްޓަރުން ބޭނުންނުވީ ކަމަށް ބުންޏެވެ.
"މޫނުމަތީގެ ޒަހަމްތަކަށާއި ބިނދިފައި ހުރި ދެ ތަނަށް ފަރުވާ ދެވެން އޮތީ އޮޕަރޭޝަން ކޮށްގެން. ނަމަވެސް މިހާރު އޭނާގެ ހާލަތު ހުރި ގޮތުން އަދި އެކަމެއް ނުކުރެވޭ،" އެމީހާ ބުންޏެވެ.
ޒުލޭޚާގެ ސިކުނޑީގެ ތިން އޮޕަރޭޝަނެއް، އަދިވެސް ހޭނާރާ
ލ. ލިންކުގެ އެކްސިޑެންޓެއްގައި ދެމީހެއްގެ ފައި ބިނދި، ބޯފަޅައިގެން ގޮސް އިތުރު އަނިޔާތަކެއް!
ކުއްޖަކު ގޮވައިގެން ދަނިކޮށް ސައިކަލުން ޖެހި، އަނިޔާ
ލަންކާގައި އުސް ތަނަކުން ބަހެއް ވެއްޓި 21 މަރު
އައްޑޫ ބްރިޖްގައި އެކްސިޑެންޓެއް، އެކަކަށް ފަރުވާދެނީ
މަގުމަތީގެ އެކްސިޑެންޓް އިތުރުވާތީ ސަމާލުވާން އެދިއްޖެ
ސައިކަލަކާއި ފުލުސް ކާރެއް ޖެހި، އެކްސިޑެންޓުވެއްޖެ
ލަންކާގެ ގޭންގު ލީޑަރު މަރާލާފައި ފިލަން ރާއްޖެއަށް؟
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ