Roadha Mihaaru

ކަފިހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ

ހުޅުމާލޭގައި ކަފިހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ އެވެ.

މަގު ހުރަސްކުރަނިކޮށް ސައިކަލަކުން ޖެހި އަނިޔާވެއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

12 ޖުލައި 2025

ހުޅުމާލޭގައި ކަފިހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލެ 1 ގެ ބަގީޗާ ހިނގުމުގެ އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހުރަހަކުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ޖެހި އެކްސިޑެންޓުވީ މިއަދު މެންދުރުފަހު 2:00 ގެ ފަހުން ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ 59 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށާއި އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިވަގުތު ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އަންހެން މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ސައިކަލު ދުއްވީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ބަންގުލަދޭޝްގެ ފިރިހެނެއް ކަމަށެވެ.

އެ މީހާ ދުއްވި ސައިކަލު ޓޯކޮށް، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.