މާލޭގެ މަގުތަކާއި ސިނާމާލެ ބްރިޖުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި 1،000 އަށް ވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވާ އިރު އެ ހާދިސާތަކުގައި 121 މީހަކަށް އަނިޔާވި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
14 ޖުލައި 2025
މާލޭގެ މަގުތަކާއި ސިނާމާލެ ބްރިޖުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި 1،000 އަށް ވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވާ އިރު އެ ހާދިސާތަކުގައި 121 މީހަކަށް އަނިޔާވި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ އިދާރާއިން ސޯޝަލް މީޑިއާގައި އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން، މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 30 ގެ ނިޔަލަށް މާލެ އާއި ސިނަމާލެ ބްރިޖު އަދި ހައިވޭގައި 1،101 އެކްސިޑެންޓު ހިނގާފައިވެ އެވެ. އެއީ މާލެ ތެރޭގައި 911 އެކްސިޑެންޓާއި ބްރިޖާއި ހައިވޭގައި 190 އެކްސިޑެންޓެވެ. މީގެތެރެއިން ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ ދުވާލުގެ ވަގުތުތަކުގަ އެވެ.
އެ ހާދިސާތަކުން 121 މީހަކަށް އަނިޔާވި އިރު އޭގެ ތެރެއިން 61 މީހަކަށް ސީރިއަސް ޒަހަމްތައް ލިބުނެވެ. އަދި 1،107 އުޅަނދަކަށް ގެއްލުން ވެފައިވެ އެވެ.
އެ މުއްދަތުގައި ހިނގި އެކްސިޑެންޓުތަކުގެ 68 ޕަސެންޓު ހާދިސާ ހިނގާފައިވަނީ ދުވާލުގެ ވަގުތުގަ އެވެ. އެއީ 745 އެކްސިޑެންޓެވެ. ރޭގަނޑު ގަޑީގައި 356 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންގެ މައުލޫމާތުތަކުން ދައްކަ އެވެ.
އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލާއި ކާރު ޖެހިގެންނެވެ. އެ އުޅަނދުތައް ޖެހިގެން 295 އެކްސިޑެންޓު، ސައިކަލާއި ސައިކަލު ޖެހިގެން 267 އެކްސިޑެންޓު ހިނގާފައިވެ އެވެ.
ހައިވޭގައި އެކްސިޑެންޓެއް، ސައިކަލު އޮތީ ބަސް ދަށުގައި
ހައިވޭގައި ބާރަށް ދުއްވި ޕިކަޕެއް ފުރޮޅާލައިފި
މިދިޔަހަފުތާގައި 154 މީހެއްގެ ލައިސަންސް އަތުލައިފި
ކައްދޫ އެކްސިޑެންޓް: މީހަކު ހައްޔަރުކޮށް، ބަންދަށް!
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
މަގުހުރަސްކުރަން އުޅުނު ބަޔަކު އެކްސިޑެންޓުވެ ފަރުވާދެނީ
ފުލުހުން ފެނުމުން އަނބުރާލި ވަގުތު އެކްސިޑެންޓެއް
އެކްސިޑެންޓު ވުމުން މަޑުނުކޮށް ދިޔަ ދެ މީހަކު ހޯދަނީ
އެކްސިޑެންޓުވި 16 އަހަރުގެ ކުއްޖާ ގެޔަށް ދޫކޮށްލައިފި
އެކްސިޑެންޓުވީ ކުއްޔަށް ނަގައިގެން އުޅުނު ސައިކަލެއް