އައްޑޫގައި ސައިކަލް ދުއްވި ކުޑަކުއްޖަކަށް ފުލުހުން ފެނުމުން އަނބުރާލި ވަގުތު އެހެން ސައިކަލެއްގައި ޖެހި ރޭ އެކްސިޑެންޓުވެއްޖެ އެވެ.
11 އޯގަސްޓް 2025
އައްޑޫގައި ސައިކަލް ދުއްވި ކުޑަކުއްޖަކަށް ފުލުހުން ފެނުމުން އަނބުރާލި ވަގުތު އެހެން ސައިކަލެއްގައި ޖެހި ރޭ އެކްސިޑެންޓުވެއްޖެ އެވެ.
އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި އެވެ.
ފުލުހުން ބުނީ އައްޑޫ ހިތަދޫ، ހީނާ މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބުނީ ރޭ 9:30 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގައި އެ ތަނުން އެއް ސައިކަލު ދުއްވި 15 އަހަރުގެ ފިރިހެން ކުއްޖަކަށާއި އެ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުޑަކުއްޖާ ދުއްވި ސައިކަލު ޖެހުނު އަނެއް ސައިކަލު ދުއްވަން އިން އަންހެން މީހާއަށް ވެސް އަނިޔާވި ކަމަށެވެ. އެ އެންމެންނަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނޭނގެ އެވެ.
އެ އެކްސިޑެންޓް ހިނގީ ކުޑަކުއްޖާ ދުއްވި ސައިކަލު ފަހައި ފުލުހުންގެ ވެހިކަލެއް ދުއްވަމުން ދަނިކޮށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަދެކެވުމުން ފުލުހުން މިއަދު ވަނީ އެކަން ދޮގުކޮށްފަ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓާ ފުލުހުންގެ ވެހިކަލަކާ ގުޅުމެއް އޮތް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގެން ނެތް ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ހިމެނޭ އެއްވެސް އުޅަނދެއް ހުއްޓުވަން ފުލުހުން މަސައްކަތްކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ވެފައި ވަނީ ފުލުހުންގެ ވެހިކަލް ފެނުމުން ބިރުން، ކުޑަކުއްޖާ ދުއްވި ސައިކަލު އަނބުރާލާފައި ދަނިކޮށް އެކްސިޑެންޓުވި އަނެއް ސައިކަލު ކާރަކުން ނައްޓައިފައި ދަނިކޮށް ދެ ސައިކަލު ޖެހިގެން،" ފުލުހުން ބުންޏެވެ.
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ކާރެއް ފުރޮޅާލައިފި
އައްޑޫގެ އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް
އައްޑޫގައި އެކްސިޑެންޓްވި މީހަކު އައިސީޔޫގައި
ޕިކަޕް ޑްރައިވަރުގެ ބަންދަށް ހަ ދުވަސް
އައްޑޫ އެކްސިޑެންޓުގައި ޕިކަޕް ޑްރައިވަރު ހައްޔަރުކޮށްފި
ކައްދޫ އެކްސިޑެންޓް: މީހަކު ހައްޔަރުކޮށް، ބަންދަށް!
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
މަގުހުރަސްކުރަން އުޅުނު ބަޔަކު އެކްސިޑެންޓުވެ ފަރުވާދެނީ
އެކްސިޑެންޓު ވުމުން މަޑުނުކޮށް ދިޔަ ދެ މީހަކު ހޯދަނީ