Roadha Mihaaru
އައްޑޫ އެކްސިޑެންޓުގައި ޕިކަޕް ޑްރައިވަރު ހައްޔަރުކޮށްފި

އަރުޝާން މަރުވި އެކްސިޑެންޓުގައި، ޕިކަޕް ޑްރައިވަރު ހައްޔަރުކޮށްފި

31 ޑިސެމްބަރ 2017

އައްޑޫ ލިންކް ރޯޑުގައި މިދިޔަ އަންގާރަ ދުވަހު ހިނގި އެކްސިޑެންޓުގައި ޕިކަޕް ދުއްވަން އިން މީހާ ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އައްޑޫ ލިންކް ރޯޑުގައި މިދިޔަ އަންގާރަ ދުވަހު ހިނގި އެކްސިޑެންޓުގައި ޕިކަޕް ދުއްވަން އިން މީހާ ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގދ. ވާދުއަށް އުފަން، އުމުރުން 13 އަހަރުގެ އަރުޝާން އިބްރާހީމް މި އެކްސިޑެންޓުގައި މަރުވެފައިވާއިރު، ޕިކަޕް ޑްރައިވަރު ހައްޔަރުކޮށް އެ ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމށް ފުލުހުން ބުންޏެވެ.

އުމުރުން 33 އަހަރުގެ ޑްރައިވަރު ހައްޔަރުކުރިއިރު، އެކްސިޑެންޓުގައި އަރުޝާން އިން ސައިކަލްގައި ޖެހުނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ޕިކަޕެކެވެ.

ވާދޫ، ނެސްޓް އަރުޝާން މަރުވީ، އައްޑޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

މަންޒަރު ދުށް މީހަކު ބުނެފައި ވަނީ އެކްސިޑެންޓްވީ މަގުގެ އެއްކޮޅަކަށް ދުއްވާފައި ދިޔަ ދެ ވެހިކަލްގެ ތެރެއިން، ކުރީގައި އިން ސައިކަލްގެ ފަހަތުގައި ޕިކަޕް ޖެހިގެން ކަމަށެވެ. މި ހާދިސާ ހިނގިއިރު، ސައިކަލްގައި ތިބީ އަރުޝާން އާއި އޭނާގެ ގާތް ރައްޓެއްސެކެވެ.

ވާދޫ ސްކޫލްގެ ގްރޭޑް އަށެއްގައި ކިޔަވަމުން އައި އަރުޝާން އައްޑު އަށް ދިޔައީ، މިއީ ސްކޫލް ބަންދު ދުވަސްވަރުކަމުން، މަޖާކޮށްލުމަށެވެ. އަރުޝާން އައްޑު އަށް ކުރި ފުރަތަމަ ދަތުރުގައި އެކްސިޑެންޓުވީ، ބޭބެއަކާ އެކު އިންޖީނު ދޯންޏެއްގައި އައްޑުއަށް ގޮސް ބޭބެ ދޯނީގައި މަޑުކުރުމަށް ފަހު، މަރަދޫގައި ހުންނަ ރަހުމަތްތެރިޔާގެ ގެ އަށް ދިޔަ މަގުމަތީގަ އެވެ.