Roadha Mihaaru

ހައިވޭގައި ބޮޑު އެކްސިޑެންޓެއް، ސައިކަލު އޮތީ ބަސް ދަށުގައި

ސިނަމާލެ ބްރިޖު ހައިވޭގައި ސައިކަލްތަކެއް ބަހެއްގައި ޖެހި، މިރޭ އެކްސިޑެންޓެއް ހިނގައިފި އެވެ.

ހައިވޭގައި އެކްސިޑެންޓެއް، ސައިކަލު އޮތީ ބަސް ދަށުގައި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

09 ސެޕްޓެމްބަރ 2025

ސިނަމާލެ ބްރިޖު ހައިވޭގައި ސައިކަލްތަކެއް ބަހެއްގައި ޖެހި، މިރޭ އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހައިވޭގައި ހިނގި އެކްސިޑެންޓުގައި ތިން ސައިކަލާއި ބަހެއް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ފުލުހުންގެ ސައިކަލެއް ހިމެނެ އެވެ.

އެ އެކްސިޑެންޓުގައި ބަޔަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި ބަޔަކު ގެންދިޔަ ނަމަވެސް އެއްވެސް މީހަކަށް ބޮޑު ޒަހަމެއް ނުލިބޭ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެއް ސައިކަލު އޮތީ ބަސް ދަށުގަ އެވެ. އަދި އެ ސަރަހައްދުގައި ހެލްމެޓުތަކެއް ވެއްޓިފައި ހުއްޓެވެ.