10 އޯގަސްޓް 2016
ބަޑިން ހަމަލާދީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވައި، ދުރުގައި ހުރެގެން އަމާޒަށް ބަޑި ޖަހާ (ސްނައިޕާ ޝޫޓަރެއް) މީހެއް ކަމަށްވާ ސްރީ ލަންކާގެ މީހަކު ރާއްޖެ ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
ބަޑިން ހަމަލާދީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވައި، ދުރުގައި ހުރެގެން އަމާޒަށް ބަޑި ޖަހާ (ސްނައިޕާ ޝޫޓަރެއް) މީހެއް ކަމަށްވާ ސްރީ ލަންކާގެ މީހަކު ރާއްޖެ ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
އެކި މައްސަލަތަކުގައި 33 އަހަރުގެ ދިގު ހުކުމެއް ތަންފީޒު ކުރަމުންދާ އަދީބުގެ އިތުރުން އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. އޮއިވާލި އިސްހާގު ހުސައިނާއި މ. ލިލީޕާކް ފަޒީލް ހަމީދާއި ލަންކާގެ ސްނައިޕާ ޝޫޓަރު ކަމަށްވާ ލަހިރު މަޑިޝަންކަރުގެ މައްޗަށެވެ.
މިއަދު ބޭއްވި ޝަރީއަތުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިދިޔަ އޮކްޓޫބަރު މަހުުގެ ތެރޭގައި ރައީސް ޔާމީން އަވަހާރަކޮށްލަން އަދީބާއި ފަޒީލާއި އިތުރު ބަޔަކު ރާވައި، ބަޑި ޖަހާނެ މީހަކު ހޯދާފައިވާ ކަމަށެވެ. އަދި އަދީބު މެންގެ ރޭވުމާ އެއްގޮތަށް އެކަން ކުރަން އެއްބަސްވެ މަޑިޝަންކަރު ރާއްޖެ އައިސްފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ. އެހެންވެ އެ ތިން މީހުންނަށް ކުރަނީ އެނގިި ހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ އެވެ.
ވަކީލާ ވިދާޅުވި ގޮތުގައި އެކަމުގައި އިސްހާގުގެ ދައުރަކީ އެކަމަށް ބޭނުންވާ ފައިސާ އަދީބު އަންގައިގެން ބަޔަކަށް ފޯރުކޮށް ދިނުމެވެ. އިސްހާގުގެ މައްޗަށް ކުރަނީ މީހަކު މަރަން ރޭވުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މިއަދުގެ އަޑުއެހުމަށް އަދީބު ކޯޓަށް ވައްދަނީ: އޭނާ މިހާރު ވެސް ދަނީ ދިގު ހުކުމެއް ތަންފީޒު ކުރަމުން --ފޮޓޯ/މިހާރު--މުހައްމަދު ޝަރުހާން
ދައުވާ އިއްވުމުން ދައުވާލިބޭ އެންމެން ވެސް ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި މައްސަލާގައި ކުރިއަށް ދާނީ ވަކީލަކާ އެކު ކަމަށެވެ. އެހެންވެ ވަކީލުން ހަމަޖައްސަން ތިން ދުވަހުގެ މުއްދަތެއް އެ މީހުންނަށް ގާޒީ ދެއްވި އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ އެދުމުގެ މަތިން، މަޑިޝަންކަރު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެގޮތަށް ދައުލަތުން އެދުނީ މަޑިޝަންކަރު ދޫކޮށްލައިފި ނަމަ މުޖްތަމައަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އެވެ.
އެކަމާ ގުޅޭގޮތުން އެއްޗެއް ބުނަން މަޑިޝަންކަރަށް ފުރުސަތު ދިނުމުން ތަރުޖަމާނެއްގެ އެހީގައި އޭނާ ބުނީ އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށާއި ބޭނުންވަނީ ވަކީލަކު ހޯދަން ކަމަށެވެ.
މަޑިޝަންކަރު ބަންދުކުރަން އެދުނަސް އިސްހާގާއި ފަޒީލްގެ ބަންދުގައި ބަހައްޓާކަށް ދައުލަތުން ނޭދެ އެވެ.
އެކަމާ ގުޅޭގޮތުން އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ މޮނިކޮން އަމުރެއްގެ ދަށުން ފަޒީލް އުޅޭ ނޫޅޭ ގޮތް ބަލަމުންދާ ކަމަށާއި އަދި އިސްހާގަކީ އެހެން މައްސަލައެއްގައި ބަންދުގައި ހުރި މީހެއް ކަމަށެވެ. އެހެންވެ އެ މީހުން ބަންދުގައި ބަހައްޓަން އެދެން ބޭނުން ނުވާ ކަމަށް ދައުލަތުން ބުންޏެވެ.
ރައީސް އަވަހާރަކޮށްލަން ސްނައިޕަރެއް ގެނައި މައްސަލާގައި އަދީބަށް ދައުވާ ކުރިއިރު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުށް ސާބިތުވެ، އަދީބަށް ވަނީ 15 އަހަރުގެ ހުކުމެއް އައިސްފަ އެވެ.
އިތުރު ދެ މައްސަލައެއްގެ ހުކުމާ އެކު ޖުމްލަ 33 އަހަރުގެ ހުކުމެއް އޭނާއަށް އައިސްފައިވާއިރު އިތުރު ގިނަ ދައުވާތަކެއް ވެސް އޭނާއާ ދެކޮޅަށް ކޯޓުގައި އެބަ ހިނގަ އެވެ.
އަދީބު އެރުއްވި ޓަގުގެ ކެޕްޓަނާއި އިންޖިނިއަރު ޖަލަށް
އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށް
ވަކީލް އެދިވަޑައިގަތީ އަދީބު ގޭބަންދަށް ބަދަލުކޮށްދޭން
އަދީބުގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށެއް ނުދިން
"ސްނައިޕަރު"ގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަދީބަށް ކުރާ ދެ ދައުވާގެ ޝަރީއަތް ސިއްރުކޮށްފި
އަދީބު ވަނީ އެތައް ހައްގަކުން މަހްރޫމްކޮށްފައި:މަހްލޫފް
ސްނައިޕަރު މައްސަލައިގެ މިއަދުގެ އަޑުއެހުން ސިއްރު
ސްނައިޕަރު ގެނައި މައްސަލާގައި ފަޒީލާ ދެކޮޅަށް ހެކިބަސް
ލަންކާގެ "ސްނައިޕަރު" ވެސް ދައުވާއަށް އިންކާރުކޮށްފި