Roadha Mihaaru
އަދީބު އެރުއްވި ޓަގުގެ ކެޕްޓަނާއި އިންޖިނިއަރު ޖަލަށް

އަދީބަށް ފަހު ޓަގުގެ ކެޕްޓަނާއި ޗީފް އިންޖިނިއަރު ތިން މަހަށް ޖަލަށް

27 އޮކްޓޯބަރ 2019

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ރާއްޖޭން ފިއްލެވުމަށް އަރާވަޑައިގެންނެވި ޓަގުގެ ކެޕްޓަނާއި ޗީފް އިންޖީނިއަރު ތިން މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ބުދަ ދުވަހު ހުކުމްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ރާއްޖޭން ފިއްލެވުމަށް އަރާވަޑައިގެންނެވި ޓަގުގެ ކެޕްޓަނާއި ޗީފް އިންޖީނިއަރު ތިން މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ބުދަ ދުވަހު ހުކުމްކޮށްފި އެވެ.

އިންޑޮނީޝިއާގެ ދެ މީހުން ކަމަށްވާ ވިވިން ގުނަވަން އާއި އިކްރާ ބަސްރީގެ މައްޗަށް ދައުލަތުން އުފުލި، ގާނޫނު ހިންގަން ހުރަސް އެޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެ ދެ މީހުންގެ މައްޗަށް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އައީ ޝަރީއަތުގެ މަޖިލިހުގައި ކުށަށް އިއުތިރާފްވުމުންނެވެ.

މި މީހުންގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމެއް އައީ ކުށަށް އިއުތިރާފްވުމުން، ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ މިންވަރު އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ ދަށް ކުރަން ޖެހޭތީ އާއި އަދަބުގެ މިންވަރުގެ މަތިކުރަން ޖެހޭ ހާލަތެއް އެ މައްސަލާގައި ނެތުމުންނެވެ.

އަދީބު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި މައްސަލާގައި، ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާކޮށް އޭނާ ވެސް ތިން މަހާއި 18 މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ވެސް އައީ އަދީބުގެ އިއުތިރާފަށް ބިނާކޮށެވެ.

އަދީބު ފިއްލަވައިގެން ދަތުރުކުރައްވަނިކޮށް ހައްޔަރުކޮށްގެން ގެނެސް، ފުލުހުންގެ ބެލުމުގެ ދަށުން ވެހިކަލަކަށް އަރުވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަދީބު ފިއްލަވައިގެން ދަތުރުކުރައްވަނިކޮށް ހައްޔަރުކޮށްގެން ގެނެސް، ފުލުހުންގެ ބެލުމުގެ ދަށުން ވެހިކަލަކަށް އަރުވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަދީބު ފުރުން މަނާކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް މިދިޔަ އޮގަސްޓް މަހު ޓަގެއްގައި ފިއްލަވައިގެން ރާއްޖޭން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވަނިކޮށް، ހައްޔަރުކޮށް އަނބުރާ ގެނައީ އިންޑިއާގެ ބަނދަރަކުން ހިފެހެއްޓުމަށް ފަހުގަ އެވެ. އަދީބު ފުރުން މަނާކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުނީ އޭނާއާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާ މައްސަލައަކާ ގުޅިގެންނެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ޚިޔާނާތް އަލުން ތަހުގީގުކޮށް، އެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކްރިމިނަލް ކޯޓުގައި ވަނީ އުފުލައިފަ އެވެ. އޭނާ މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ އިން ސިޔާސީ ބާރުވެރިކަން ހޯއްދަވައި، މުއައްސަސާތައް ކޮންޓްރޯލް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ އަދީބުގެ މައްޗަށް އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމް އިއްވި އެވެ. ކޯޓުތަކުން ވަނީ މި ހުކުމްތައް ބާތިލްކޮށްފަ އެވެ.