Roadha Mihaaru
އަދީބު ހައްޔަރުކޮށްގެން ދޫނިދު އަށް ގެންގޮސްފި

އަދީބު ހައްޔަރުކޮށްގެން ދޫނިދު އަށް ގެންގޮސްފި

05 އޯގަސްޓް 2019

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފިއްލެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ކޯޓު އަމުރެއްގެ ދަށުން، އަލުން ހައްޔަރުކޮށްގެން ދޫނިދު އަށް ރޭ ފަތިހު ދޫނިދު އަށް ގެންގޮސްފި އެވެ.

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފިއްލެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ކޯޓު އަމުރެއްގެ ދަށުން، އަލުން ހައްޔަރުކޮށްގެން ދޫނިދު އަށް ރޭ ފަތިހު ދޫނިދު އަށް ގެންގޮސްފި އެވެ.

ޓަގް ބޯޓުގައި ފިލައިގެން ދިއުމުން އެމަނިކުފާނު ފުރަތަމަ ހައްޔަރުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ވެފައި އެއީ ގާނޫނާ ޚިލާފު ހައްޔަރެއް ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ރޭ ދަންވަރު އަމުރެއް ނުދިނެވެ. އެހެންވެ، އަދީބު އަލުން މި ހައްޔަރުކުރީ އަދީބުގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ އަމުރު ނުދިނުމާ ގުޅިގެން ހައްޔަރުން ދޫކުރުމަށް ފަހު އެވެ.

އަދީބު އަލުން ހައްޔަރުކުރީ އޭނާ ދިރިއުޅުއްވާ ގ. ހުމަށި ގައި ހުންނަވަނިކޮށް ރޭ ފަތިހު 5:30 ގަ އެވެ.

އަދީބުގެ މައްޗަށް ތުހުމަތު ކުރަނީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖޭން ބޭރަށް ވަޑައިގަތުމާއި ޖިނާއީ މައްސަލައެއްގައި ކުށަށް އިއުތިރާފުވެ، ކޯޓަށް ހާޒިރުވެ ހެކި ބަސް ދެއްވުމަށް އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު ފިއްލެވި ކަމަށް ބުނެ އެވެ.

ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ ޓަގް ބޯޓެއްގައި ފިއްލަވައިގެން ދަނިކޮށް، އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ބޭރުގެ ސަރަހައްދަކުން އިންޑިއާގެ ސިފައިން އަދީބު އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދީބު ރާއްޖެ މި ގެނައީ އިންޑިއާ އިން ރާއްޖެއާ އަދީބު ހަވާލު ކުރުމުންނެވެ.

އަދީބު، ރޭ 10:30 ހާއިރު ރާއްޖެ ގެނެސް އެމަނިކުފާނު ބަންދު ކުރުން ލަސްވީ ހައްޔަރުކުރީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވެފައި އެއީ ރާއްޖޭގެ ގާނޫނުއަސާސީއާ ޚިލާފު ކަމަކަށް ވުމުންނެވެ. އަދި ފުލުހުން ވަނީ ކޯޓުގައި ވެސް އެކަމަށް އިއުތިރާފް ވެފަ އެވެ.

ރާއްޖޭގެ ގާނޫނީ ބާރު ހިނގާނީ ރާއްޖޭގެ ސަރަހައްދުގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ.

އަދީބު، ރޭ ފަތިހު އަލުން ހައްޔަރުކޮށްގެން ދޫނިދު އަށް ގެންދިއުމަށްޓަކައި ފާލަން ކައިރީގައި.

އަދީބު، ރޭ ފަތިހު އަލުން ހައްޔަރުކޮށްގެން ދޫނިދު އަށް ގެންދިއުމަށްޓަކައި ފާލަން ކައިރީގައި.

އަދީބު ހައްޔަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވެފައި، އެ ހިސާބުގައި ރާއްޖޭގެ ގާނޫނާއި ގަވައިދުތައް ނުހިނގާނެކަން ކްރިމިނަލް ކޯޓުގެ ގާޒީ ރޭ ފާހަގަކުރެއްވި އެވެ. ޝަރީއަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ވަކީލާއި ފުލުހުން ވެސް ވަނީ އަދީބު ހައްޔަރުކުރީ ރާއްޖޭ ސަރަހައްދުން ބޭރުން ކަމަށް އެއްބަސްވެފަ އެވެ. އަދި އަދީބު ހައްޔަރުކުރި އިރު ހުންނެވީ އިންޑިއާ ދިދަ ޖެހި އުޅަނދެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގާޒީ ވިދާޅުވީ އަދީބު ހައްޔަރުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އެއްބަސް ވާއިރު، އެ ހާލަތުގައި އެ އުޅަނދަކަށް، ބައިނަލްއަގުވާމީ ކަނޑުތަކުގެ ގާނޫނުގެ ދަށުން ހިނގާނީ އެ އުޅަނދެއްގައި ނަގާފައި ހުރި ދިދަ ނިސްބަތްވާ ގައުމެއްގެ ގާނޫނުތައް ކަމަށެވެ. އެހެންވެ، ހައްޔަރުކުރުން ގާނޫނާ ހިލާފް ކަމަށް ފުލުހުންނާއި ޕީޖީގެ ބަހުން އެނގޭއިރު ބަންދުގެ މުއްދަތު އިތުރުކުރާ މެދު ސުވާލެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އެއީ ހައްޔަރުކުރުން ގާނޫނާ ހިލާފް ވުމުން، ބަންދުގައި ބަހައްޓަން އަމުރުކުރެވެން ނެތުމެވެ.

އަދީބުގެ ބަންދުގެ މުއްދަތު އިތުރު ކުރަން ފުލުހުންގެ ވެހިކަލެއްގައި ރޭ ދަންވަރު ކްރިމިނަލް ކޯޓަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަދީބުގެ ބަންދުގެ މުއްދަތު އިތުރު ކުރަން ފުލުހުންގެ ވެހިކަލެއްގައި ރޭ ދަންވަރު ކްރިމިނަލް ކޯޓަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަދީބު ރޭ ފުރަތަމަ މާލެ ގެނެސް، ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސް ތިން ގަޑިއެެއްހާއިރު ހޭދަވި އެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ބޮޑެތި އެހެން މައްސަލަތަކުގެ ތުހުމަތު އެޅިފައިވާ އަދީބު މިދިޔަ ހޮނިހިރު ދުވަހު ފިއްލެވީ ތިން މައްސަލައެއް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ބާތިލްކޮށް އަލުން ޝަރީއަތް ހިންގުމަށް ކޯޓުން އަމުރުކޮށް، އަދި އެއް މައްސަލައެއްގެ އިސްތިއުނާފު ހިނގަމުން ދާތީ ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށެވެ. އަދީބު ފިއްލެވީ އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނުތާ ދެ މަސް ވީއިރު ވެސް އެ އަމުރާ މެދު ގޮތެއް ނުނިންމާ އޮއްވަ އެވެ.

އިންޑިއާ އަށް ދަތުރުކުރަމުން ދިޔަ ޓަގުގައި ހުންނެވި އަދީބު އަތުލައިގަތީ އެ ގައުމުގެ ސިފައިންނެވެ. އެ ޓަގު ބޯޓަކީ އިންޑިއާ އިން ހިލަ ހިފައިގެން ރާއްޖެ އަންނަ ބޯޓެކެވެ. އަދީބު އިންޑިއާ އަށް އެތެރެވިޔަ ނުދީ ހިފެހެއްޓުމުން އޭނާ ވަނީ ރާއްޖޭގައި ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށް ވިދާޅުވެ އިންޑިއާގެ ހިމާޔަތަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އިންޑިއާ އިން އަދީބަށް ހިމާޔަތް ނުދީ ދިވެހި ސިފައިންނާ ކަނޑުމަތިން ހަވާލުކުރީ އެވެ.