05 އޯގަސްޓް 2019
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބަހައްޓަައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ދީފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބަހައްޓަައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ދީފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ރޭ ފަތިހު ހައްޔަރުުކޮށް، އަދީބުގެ މައްޗަށް ތުހުމަތު ކުރަނީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ރާއްޖެ އިން ބޭރަށް ވަޑައިގަތުމާއި ޖިނާއީ މައްސަލައެއްގައި ކުށަށް އިއުތިރާފުވެ، ކޯޓަށް ހާޒިރުވެ ހެކި ބަސް ދެއްވުމަށް އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު ފިއްލެވި ކަމަށް ބުނެ އެވެ.
އެމަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުުގގީގުކުރަން 15 ދުވަސް ދީފަ އެވެ.
ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ ޓަގު ބޯޓެއްގައި ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަނިކޮށް އިންޑިއާގެ ޓުޓިކޮރިން ބަނދަރުގެ ބޭރުން އިންޑިއާގެ ސިފައިން އަދީބު އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހު މެންދުރެވެ. އެ އަށް ފަހު ދިވެހި ސިފައިންގެ އުޅަނދެއްގައި އެމަނިކުފާނު ވަނީ ދިވެހި ފުލުހުން ރޭ ރާއްޖެ ގެނެސްފަ އެވެ.
އަދީބު ރޭ ރާއްޖެ ގެނެސް، ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އެންމެ ފުރަތަމަ ގެންދިއުމުން އެ ކޯޓުން ވަނީ އެމަނިކުފާނު ރާއްޖެ އިން ބޭރުގެ ކަނޑުގެ ސަރަހައްދަކުން ހައްޔަރުކޮށްގެން ރާއްޖެ ގެނައީ ބައިނަލްއަގްވާމީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި މިނިވަންކޮށްފަ އެވެ. އޭގެ ފަހުން އަދީބު ހައްޔަރުކުރީ ކޯޓުގެ އެހެން އަމުރެއްގެ ދަށުންނެވެ.
ޓަގު ބޯޓެއްގައި ރާއްޖެ ފިއްލެވިއިރު، އެމަނިކުފާނު ހައްޔަރުކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވި ގޮތުގައި ޚިޔާނާތުގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރިއިރު ދެ އަމުރެއް ނެރެދޭން މިދިޔަ ޖޫން 2 ވަނަ ދުވަހު އެދިވަޑައިގަތެވެ. އެއީ، އަދީބު ފިއްލެއްވުމުގެ ފުރުސަތު އޮތުމުން ބަންދުގެ އަމުރަކާއި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކަަމަށް ވިދާޅުވި އެވެ.
މީގެެ ތެރެއިން ސުޕްރީމް ކޯޓުން ނެރެދީފައި ވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެވެ.
މުއްދަތު މަޖިލީހުގައި ރޭ ވާހަކަދައްކަވަމުން އަދީބު ވިދާޅުވީ ރާއްޖެ އިން ފުރާވަޑައިގަތީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގަށް އެއްބާރުލުން ދެއްވަން ފެއްޓެވުމުން އައި އިންޒާރުތަކާ ހެދި ކަމަށެވެ. އަދި އެ މައްސަލަތަކުގެ ތަހުގީގަށް އެއްބާރުލުންދޭން ސޮއިކުރި އެއްބަސްވުމާ ޕީޖީ އޮފީހުން ހިލާފުވެފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ.
ރާއްޖެ އިން ފިއްލަވައިގެން އެެހެން ގައުމަކަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވުމަކީ ނިންމެވުނު ނުބައި ނިންމެވުމެއް ކަމަށް އިއުތިރާފް ވެވަޑައިގަންނަވާ މޭރުމަކުން ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ "އެ ޑިސިޝަން ނެގުނީ އިންޒާރުތައް އައިސް ފުރާނަ އަށް ނުރައްކާވުމުން" ކަމަށެވެ.
ރޭގެ މުއްދަތު މަޖިލީހުގައި ފުލުހުން ވެސް ބުނީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމާ އަދީބު ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.
އަދީބު ފުރުން މަނާކޮށްފި
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
އަދީބުގެ ވަކީލުގެ އެދިވަޑައިގަތުމަށް ޝަރީއަތް ކެންސަލް
އަދީބު ހައްޔަރުކޮށްގެން ދޫނިދު އަށް ގެންގޮސްފި
ސަން ކުންފުންޏާ ދެކޮޅު ހެކިންނަށް އަދީބާއި ޒިޔަތު
އަދީބުގެ އެރުމާއި ވެއްޓުން، ކޮން އިބުރަތެއް؟
އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިއްޖެ
އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީ ސަސްޕެންޑުކޮށްފި
ބޮޑު ހިޔާނާތް: "މައްސަލަ ބެލޭނެ މާހައުލެއް ނެތް"
އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީގެ މައްސަލަ ބަލަނީ