Roadha Mihaaru
ޗައިނާގެ އެހީގައި ލަންކާއިން 13 ހޮސްޕިޓަލެއް ތަރައްގީ ކުރަނީ

ޗައިނާގެ އެހީގައި ލަންކާ އިން 13 ހޮސްޕިޓަލެއް ތަރައްގީ ކުރަނީ

17 ޖެނުއަރީ 2018

ކޮލަމްބޯ (ޖެނުއަރީ 17) - ޗައިނާ ސަރުކާރުގެ އެހީގައި ސްރީ ލަންކާގައި 13 ހޮސްޕިޓަލެއް ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ރަޖިތާ ސެނަރަތުނަ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ޖެނުއަރީ 17) - ޗައިނާ ސަރުކާރުގެ އެހީގައި ސްރީ ލަންކާގައި 13 ހޮސްޕިޓަލެއް ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ރަޖިތާ ސެނަރަތުނަ ވިދާޅުވެއްޖެ އެވެ.

މިރިގަމާ ބޭސް ހޮސްޕިޓަލް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގައި ދާދި ފަހުން ބޭއްވި ބައްދަލުވުމެއްގައި ސެނަރަތުނަ ވިދާޅުވީ ހޮސްޕިޓަލްތައް ތަރައްގީ ކުރުމަށް ޗައިނާ ސަރުކާރުގެ ދެ ބިލިއަން ރުޕީސްގެ މާލީ އެހީ ލިބިފައިވާ ކަމަށެވެ. ހޮސްޕިޓަލްތައް ތަރައްގީ ކުރާ އިރު އައުޓް ޕޭޝަންޓް ޑިޕާޓްމަންޓް (އޯޕީޑީ) އާއި އިމަޖެންސީ ޔުނިޓް، ލެބޯޓްރީ ޚިދުމަތް، ރޭޑިއޭޝަން ޔުނިޓް އަދި ލޭ އަޅާނެ ސެންޓަރެއް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސެނަރަތުނަ ވިދާޅުވީ ހޮސްޕިޓަލްތައް ތަރައްގީ ކުރުމާ ބެހޭ ގޮތުން ވަރަށް އަވަހަށް ކެބިނެޓަށް ކަރުދާހެއް ހުށަހަޅާނެ ކަމަށެވެ.

ޗައިނާ އިން ދަނީ ލަންކާގެ ތަރައްގީ އަށް ބޮޑެތި އެހީތައް ވަމުންނެވެ. ހައިވޭތަކާއި އެއާޕޯޓްތައް އަދި ބަނދަރުތައް ވަނީ ޗައިނާގެ އެހީގައި ހަދައިފަ އެވެ.