Roadha Mihaaru
ޓްރެފިކް ލައިޓަށް މަޑުނުކޮށް ގޮސް ޖެހުނީ ސައިކަލެއްގައި

ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލަކުން ބްރިޖްގައި އެކްސިޑެންޓެއް

09 ސެޕްޓެމްބަރ 2021

ބްރިޖު މަތިން ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ރޭ ދަންވަރު އެކްސިޑެންޓުވެއް ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބްރިޖު މަތިން ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ރޭ ދަންވަރު އެކްސިޑެންޓުވެއް ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ޕޮލިހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ ރޭ ދަންވަރު 12:45 ހާއިރު އެވެ. ލައިޓަށް މަޑުނުކޮށް ދުއްވި ސައިކަލް ގޮސް ޖެހުނީ ހުޅުމާލެއިން އެއާޕޯޓަށް ދިޔަ ސައިކަލެއްގައި ކަމަށެވެ. ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލް ދުއްވަން އިނީ އުމުރުން 31 އަހަރުގެ މީހެއް ކަމަށާއި އޭނާގެ އަތުގައި، ވެހިކަލް ދުއްވުމުގެ ލައިސަންސް ވެސް ނެތް ކަމަށް ފުލުހުން ބުންޏެވެ.

ލައިޓަށް މަޑުނުކޮށް ދުއްވި ސައިކަލުގައި އިން މީހާއަށާއި އެއާޕޯޓަށް ދިޔަ ސައިކަލު ދުއްވަން އިން 24 އަހަރުގެ މީހާއަށް ވެސް އެކްސިޑެންޓުގައި އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ. އެކަމަކު ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ނުލިބުނެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ދެ ސައިކަލް ވެސް ވަނީ ޓޯކޮށްފައި ކަމަށާއި އެކްސިޑެންޓްގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.