08 ސެޕްޓެމްބަރ 2021
އެމެރިކާގައި ބޮޑު އާބާދީއަކަށް ޒަމާނީ، އަގުބޮޑު ސިޓީއެއް ތަރައްގީކުރަން އަމާޒު ހިފައިފި އެވެ.
އެމެރިކާގައި ބޮޑު އާބާދީއަކަށް ޒަމާނީ، އަގުބޮޑު ސިޓީއެއް ތަރައްގީކުރަން އަމާޒު ހިފައިފި އެވެ.
މި ޕްރޮޖެކްޓްގެ ތަސައްވުރު ގެނެސްދީފައިވަނީ ވޮމްލާޓްގެ ކުރީގެ ރައީސް/ސީއީއޯގެ ގޮތުގައި މަސައްކަތްކުރެއްވި ބިލިއަނަރު މާކް ލޯ އެވެ.
ސާޅީސް އަހަރުގެ ތެރޭގައި ފަސް މިލިއަން މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްގީކުރާ މި ސިޓީއަށް 400 ބިލިއަން ޑޮލަރުގެ ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ. މި ސިޓީގެ ނަމަކަށް ދީފައިވަނީ "ޓެލޯސާ" އެވެ.
މި ސިޓީ ތަރައްގީކުރަން ބޭނުން ވަނީ އެމެރިކާގެ ހަނަފަސް ސަހަރާއެއްގެ ތެރެއިން ތަނެއްގަ އެވެ. އެކަމަކު އެއީ އަދީ ސީދާ ކޮން ތަނެއް ކަމެއް ނުނިންމަ އެވެ.
"ޓެލޯސާ" ތަރައްގީކުރަން ވިސްނާފައިވާ ތަންތަނުގެ ތެރޭގައި ނެވާޑާ، ޔޫޓާ، އައިޑަހޯ، ޓެކްސަސް، އަރިޒޯނާ އަދި އެލަޕަންޝިއަން ރީޖަން ހިމެނެ އެވެ.
"މުސްތަގުބަލުގެ ދުނިޔެ" ތަސައްވުރުކޮށްދޭނެ ހުރިހާ ސިފަތަކާއި އެންމެ ޒަމާނީ ކުލަވަރާއި ފާޑުވެރިކަމާ އެކު ތަރައްގީކުރަން ނިންމާފައިވާ "ޓެލޯސާ" އޮންނާނެ ގޮތުގެ ހިޔާލީ މަންޒަރުތަކެއް ވެސް މިހާރު ވަނީ އޭގެ ވެބްސައިޓާ އެކު ދައްކާލައިފަ އެވެ. މި ސިޓީގެ ފަރުމާއާ ހަވާލުވީ އާކިޓެކްޗަ ދާއިރާ އިން މިހާރު ވެސް ބޮޑެތި މަސައްކަތްތެއްކޮށްފައިވާ ބިޖާކް އިންޖެލްސް ގްރޫޕް (ބިގް) އެވެ.
މާކް ވިދާޅުވި ގޮތުގައި 150،000 އޭކަރުގެ ސަރަހައްދަކަށް ފެތުރިފައި އޮންނާނެ މި ސިޓީ އަކީ އެންމެ ލަސްވެގެން ވެސް 15 މިނިޓްގެ ދަތުރަކުން ހުރިހާ ކަމެއް ފުރިހަހަމަކުރެވޭނެ ގޮތަށް ތަރައްގީކުރާނެ ތަނެކެވެ. އޭގެ މާނަ އަކީ ވަޒީފާއަކަށް ދާ މީހާ އޭނާ ދިރިއުޅޭ ތަނާއި ވަޒީފާ އަދާކުރާ ތަނަށް ދާން ވެސް 15 މިނެޓަށް ވުރެ ދިގު ދަތުރެއް ކުރަން ނުޖެހުމެވެ. އެހެންވެ "ޓެލޯސާ" އަކީ މުޅި ސިޓީ 15 މިނިޓުން ވަށައިޖަހާލެވޭ ހުރިހާ ވަަސީލަތްތަކެއް ގާއިމުވެފައި އޮންނާނެ ތަނަކެވެ.
If you really want to go after a moonshot — you have to start with a big, bold vision, you need to raise the required capital, and surround yourself with the very best people in the world. If you get those three things right you can do incredible, magical things.
— City of Telosa (@CityofTelosa) September 2, 2021
— @MarcLore pic.twitter.com/jnRfNKGJ2p
ފިޔަވަހިތަކަކަށް ބަހާލައިގެން މި ސިިޓީ ތަރައްގީކުރުމުގެ ޕްރޮޕޯސަލް ވަރަށް އަވަހަށް ސަރުކާރަށް ހުށަހަޅަން ނިންމާފައިވާ އިރު، މާކްގެ އަމާޒަކީ ފުރަތަމަ ފޭސް 50،000 މީހުންގެ އާބާދީއަކަށް 1،500 އޭކަރުގައި ތަރައްގީކޮށް ނިންމުމެވެ. އެކަމަަށް ހަރުދުވާނީ 25 ބިލިއަން ޑޮލަރެވެ.
މާކް ވިދާޅުވީ "ޓެލޯސާ" ތަރައްގީކުރާނީ ވަރަށް ގިނަ ފަރާތްތަކުން ފަންޑު ހޯދައިގެން ކަމަށެވެ. އޭގެ ތެރޭގައި ބޮޑެތި ވިޔަފާވެރިންނާއި ޕްރައިވެޓް އިންވެސްޓަރުންނާއި އެމެރިކާގެ މައި ސަރުކާރާއި ސަރަހައްދީ ސަރުކާރުތަކުގެ ގްރާންޓް ހިމެނެ އެވެ.
އުންމީދަކީ 2030 ގައި "ޓެލޯސާ" ނިންމައި އެމެރިކާ އިން ތަރައްގީގެ ނަމޫނާއަކަށް ވާނެ އާ ސިޓީއެއް އުފަންކުރުމެވެ.
މާކް ވިދާޅުގި ގޮތުގައި މިފަދަ ސިޓީއެއް އެމެރިކާގައި ތަރައްގީކުރުމުގެ ހިޔާލަކީ އެމެރިކާގެ ކުރީގެ އިކޮނޮމިސްޓް/ސޯޝަލް ތިއަރިސްޓް ހެންރީ ޖޯޖްގެގެ މަސައްކަތްތަކުން ލިބުނު އިންސްޕިރޭޝަންތަކެވެ. އެހެންވެ އޭނާ "ޓެލޯސާ" ސިފަކުރަނީ "ސިޓީ އޮފް ދަ ފިއުޗާ" ގެ ގޮތުގަ އެވެ.
"މި ޕްރޮޖެކްޓުން ހާސިލުވާނެ އެންމެ މުހިއްމު އެއް ކަމަކަށް ވާނީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ސިޓީއަކަށް ކުރެވޭ އުންމީދު މުޅިން ހަގީގަތަކަށްވުން،" މާކް، 50، ވިދާޅުވި އެވެ.
ބައިޑެންގެ ވެރިކަމުގެ ފަހު ވަގުތު ދަރިފުޅަށް މާފު ދީފި
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
"އިންތިހާބުން ވަކިވީ ޒުވާން ޖީލަށް ފުރުސަތު ދޭން"
ބައިޑެންއާ ދެކޮޅު އަޑު ގަދަވިޔަސް ކެމްޕެއިން ކުރިއަށް
ބަހުސަށް އެރީ ބަލިވެ އުޅެމުން: ބައިޑެން
ބައިޑެންގެ އަމިއްލަ އޮފީހުން ސިއްރު ލިޔުންތަކެއް
ދެކުނު ކޮރެއާ- އެމެރިކާއަސްކަރީ ފަރިތަކުރުން ފުޅާކުރަނީ
"ޖޯނަސް ބްރަދާސް" ގެ ވީޑިއޯއެއްގައި ރައީސް ބައިޑެން
ބައިޑެންގެ ދެކަނބަކުން ބުޅަލެއް އެޑޮޕްޓްކުރައްވަނީ
ވަރި އަކީ މައްސަލައެއް ނޫން: ޖިލް ބައިޑެން