Roadha Mihaaru
މިއަހަރު ވިއްކި ސުކޫކް 500މިލިއަން ޑޮލަރަށް އަރައިފި

މި އަހަރު ވިއްކި ސުކޫކުގެ އަދަދު 500 މިލިއަން ޑޮލަރަށް އަރައިފި

05 ސެޕްޓެމްބަރ 2021

މިދިޔަ ހުކުރު ދުވަހު ވިއްކި 200 މިލިއަން ޑޮލަރުގެ ސުކޫކާއެކު، މި އަހަރުގެ މިހާތަނަށް ސަރުކާރުން ވިއްކި ސުކޫކުގެ އަދަދު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށް އަރައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ ހުކުރު ދުވަހު ވިއްކި 200 މިލިއަން ޑޮލަރުގެ ސުކޫކާއެކު، މި އަހަރުގެ މިހާތަނަށް ސަރުކާރުން ވިއްކި ސުކޫކުގެ އަދަދު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށް އަރައިފި އެވެ.

މި އަހަރުގެ މާޗު މަހު 200 މިލިއަން ޑޮލަރު އަދި އޭޕްރިލް މަހު 100 މިލިއަން ޑޮލަރުގެ ސުކޫކެއް ސަރުކާރުން ވިއްކާފައިވާއިރު، މި ސުކޫކު އަނބުރާ ދައްކަން ޖެހޭނީ 2026 ގަ އެވެ.

ސުކޫކުގެ މުއާމަލާތު ކުރިއަށް ގެންދަނީ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވަލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލް އާއި ކްރެޑިޓް ސުއިޒް އަދި އެޗްއެސްބީސީ އާއި ޖޭޕީ މޯގަން އަދި ސްޓެންޑަޑް ޗާޓަޑް ބެންކް މެދުވެރިކޮށެވެ.

މި މަހު ސުކޫކު ވިއްކީ 10.5 ޕަސެންޓު އީލްޑް ރޭޓުންނެވެ. މި ސުކޫކު ވިއްކައިގެން ލިބޭ ފައިސާ ހަރަދު ކުރާނެ ގޮތެއް އަދި ސަރުކާރުން ހާމަ ކޮށްފައި ނުވެ އެވެ.

މިދިޔަ މާޗު އަދި އޭޕްރިލް މަހު ސުކޫކު ވިއްކީ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ބޭނުންކޮށްގެންނެވެ. އެ ސުކޫކުން ލިބުނު 191 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޭދަކުރީ ދައުލަތުގެ ދަރަނި ދެއްކުމަށެވެ.

ސަރުކާރުން ސުކޫކް އިޝޫ ކުރުމުގައި މޯގޭޖް ކުރުން ފަދަ ގޮތަކަށް ޕްރޮޕަޓީ ބޭނުންކުރި ނަމަވެސް މިއީ ކޮންވެންޝަނަލް އުސޫލުތަކުގައި އޮންނަ ގޮތަށް ކުރާ ކަމެއް ނޫނެވެ. ސުކޫކް އިޝޫ ކުރާއިރު، ދެ ފަރާތުގެ ހިއްސާ އޮންނަ ގޮތަށް އެސްޕީވީ [ކުންފުންޏެއް] އުފައްދައި އެ އެސްޕީވީގެ ނަމުގައި، ސްކޫކް ސެކިއަ ކުރެވޭ ވަރުގެ ޕްރޮޕަޓީ ހުންނަން ޖެހެ އެވެ. ކުންފުނީގެ ވިޔަފާރި ފަށާނީ ސްކޫކް އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އެ ފައިސާ ހޯދުމަށެވެ. އާންމު މޯގޭޖް އުސޫލުގައި އޮންނަ ގޮތަށް، ދަރަނި ނުދެއްކުމުން މޯޖޭގް ވިއްކައެއް ނުލާނެ އެވެ.