Roadha Mihaaru
ވިލާގޭހުން ހިޔާ ފްލެޓްތަކުގެ މެއިންޓަނެންސް ފީ ލިބިދާނެ

ވިލާ ގޭސް ހޯދަން ރަޖިސްޓަރީ ކުރުމުން ހިޔާ ފްލެޓްގެ މެއިންޓަނަންސަށް 6،000ރ. ލިބިދާނެ

04 ސެޕްޓެމްބަރ 2021

ވިލާ ގޭސް ހޯދަން ރަޖިސްޓަރީ ކުރުމުން، ހިޔާ ފްލެޓުގެ ހަ މަސް ދުވަހުގެ މެއިންޓަނަންސް ފީ ލިބޭނެ ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވިލާ ގޭސް ހޯދަން ރަޖިސްޓަރީ ކުރުމުން، ހިޔާ ފްލެޓުގެ ހަ މަސް ދުވަހުގެ މެއިންޓަނަންސް ފީ ލިބޭނެ ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.

ކޮންމެ ހަ މަހަކުން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި، ހިޔާ ފްލެޓު ލިބުނު މީހުން ވިލާ ގޭސް ފުޅި ހޯދަން ރަޖިސްޓަރީ ވުމުން ބައިވެރިވޭނެ އެވެ. އެކަމަކު، ލަކީޑްރޯގައި ބައިވެރިވެވޭނީ މަދުވެގެން ހަ މަސް ދުވަހު ގޭސްފުޅި އަށް އޯޑަރު ކުރުމުންނެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަ މަހަކުން ބާއްވާ ލަކީޑްރޯ އިން ކޮންމެ ޓަވަރަކުން ނަސީބުވެރިއަކު ހޮވާނެ އެވެ. މިގޮތަށް ހޮވޭ ކޮންމެ މީހަކަށް މެއިންޓަނެންސް ފީ ދައްކަން 6،000ރ. ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ގޭސް ފުޅި އަށް ރަޖިސްޓަރީކުރާ މީހުންނަށް ފުޅި ހިލޭ ލިބޭނެ އެވެ. އެހެންކަމުން ދައްކަން ޖެހޭނީ ހަމައެކަނި ރީފިލް ކުރަން ދައްކާ 200ރ. އެވެ.

މި ޕްރޮމޯޝަނާ ގުޅޭ މައުލޫމާތު އާންމު ކުރަން އިއްޔެ އިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު 4-6 އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޯޑް ޝޯއެއް ވިލާ ގޭހުން ބާއްވާނެ އެވެ. މިއީ "ހިޔާ ޔޫނިއަން" އާ ގުޅިގެން ވިލާ ގޭހުން ހިންގާ ހަރަކާތަކަށް ވާއިރު، ރޯޑް ޝޯގެ ތެރެއިން، އެ ޔޫނިއަންގެ މެމްބަރަކަށް ވާން ރަޖިސްޓަރީ ވެސް ކުރެވޭނެ އެވެ.