Roadha Mihaaru
ވިލާ ގޭސް އެޕުން ގޭސް އޯޑަރުކޮށްލަން މާ ފަސޭހަ

ވިލާ ގޭސް އެޕުން ގޭސް އޯޑަރުކޮށްލަން މާ ފަސޭހަ

15 އެޕްރީލް 2022

ގޭގައި ތިބެގެން ފަސޭހަ ކަމާ އެކު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވިލާ ގޭހަށް އޯޑަރުކޮށްލެވޭނެ ކަމަށާއި މިއީ ޑެލިވަރީ ވެސް އަވަސް ގޮތެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ގޭގައި ތިބެގެން ފަސޭހަ ކަމާ އެކު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވިލާ ގޭހަށް އޯޑަރުކޮށްލެވޭނެ ކަމަށާއި މިއީ ޑެލިވަރީ ވެސް އަވަސް ގޮތެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ އެޕްލިކޭޝަން https://appurl.io/K4kB77Bi2p މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އެވެ. މި އެޕް މެދުވެރިކޮށް ވިލާ ހަކަތައިގެ ކަސްޓަމަރުންނަށް ގޭހުގެ އިތުރުން ގޭސް ގުޅުމަށް ބޭނުންވާ އާލާތްތައް ވެސް ލިބެން ހުރެ އެވެ.

ވިލާ ގޭސް އެޕް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންނަށް އެކައުންޓްގެ މައުލޫމާތާއި ޕޭމަންޓް ހިސްޓްރީ ވެސް ފެންނާނެ ގޮތަށެވެ.

ވިލާ ގޭހަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެލްޕީޖީގެ ހިދުމަތް ދޭން ފެށި، ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑްގެ ރީޓެއިލް ބްރޭންޑެކެވެ. އެ ބްރޭންޑްގެ އެންމެ ބޮޑު މަގުސަދަކީ ސާފު، ކައްކާ ގޭސް މާކެޓަށް ފޯރުކޮށްދިނުމެވެ. ރާއްޖޭގެ އެންމެ ބޮޑު އެލްޕީޖީ ސްޓޯރޭޖް ފެސިލިޓީ އާއި ގާބިލު ޓީމެއް ހިމެނޭ ވަރުގަދަ އިންފްރާސްޓްރަކްޗަރާ އެކު، ވިލާ ގޭސް ވެގެން ގޮސްފައި ވަނީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އަދި އިތުބާރުކުރެވޭ ބްރޭންޑަށެވެ.

ވިލާ ހަކަތައަކީ ރާއްޖޭގައި 2003 ވަނަ އަހަރުން ފެށިގެން ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގެއޮއިލް)، ސިމެންތި އަދި ކޮންސްޓްރަކްޝަން ސާމާނުގެ ވިޔަފާރި ކުރަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.