Roadha Mihaaru
ވިލާ ހަކަތައިން ކޮލޮރައިޓް ކޯޓެޑް ޓިނު މިހާރު ލިބޭނެ

ވިލާ ހަކަތައިން ކޮލޮރައިޓް ކޯޓެޑް ޓިނު ތައާރަފްކޮށް، ޕްރޮމޯޝަނެއް ފަށައިފި

24 ޖެނުއަރީ 2023

ވިލާ ހަކަތައިން ވިއްކާ "ވިލާ ރޫފިން ޝީޓް" ގެ އާ ޕްރިމިއަމް ޓިނެއް ތައާރަފްކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވިލާ ހަކަތައިން ވިއްކާ "ވިލާ ރޫފިން ޝީޓް" ގެ އާ ޕްރިމިއަމް ޓިނެއް ތައާރަފްކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކުންފުނިން އަލަށް ތައާރަފްކުރި ޕްރިމިއަމް ޓިނަކީ ކޮލޮރައިޓް ކޯޓެޑް ޓިނުގެ ވިލު ނޫ، ޒިންކް، ގަދަ ނޫ އަދި ފެހި ކުލައިގެ ޓިނެވެ. އެ ޓިނު ތައާރަފްކުރުމާ އެކު ފެށި ޕްރޮމޯޝަނުގެ ދަށުން ޓިނު ގަންނަ ކަސްޓަމަރުންނަށް ކޮންމެ ފޫޓަކަށް 15 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އެ ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ވިލާ ހަކަތައިން ބުނި ގޮތުގައި ވިލާ ރޫފިންގް ޝީޓަކީ، ދިގު މުއްދަތަކަށް ހުންނަ، ހޮޓްރޯލް ފޯމް ޕްރޮސެސް މެދުވެރިކޮށް އުފައްދާ ޝީޓެކެވެ. މިއީ ސައުދީ އަރަބިއްޔާ އިން ރޯ މެޓީރިއަލް އެތެރެކޮށްގެން ރާއްޖޭގައި އުފައްދާ ޓިނެކެވެ.

އަލަށް ތައާރަފު ކުރި ޓިނާ ގުޅޭ ޕޯސްޓެއް

އެ ޓިނުގައި ބޭނުންކޮށްފައިވާ "އެންޓި ކެޕިލަރީ" ޓެކްނޮލޮޖީގެ ސަބަބުން ފެން ހަރުނުލާނެ ކަމަށާއި، ގިނަ ވަގުތު އަލިފާނުގައި ވެސް ގެއްލުން ނުވެ ހިފަހައްޓާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ވިލާ ރޫފިންގެ ޓިނަކީ ލޮނުގެ އަސަރުން ދަބަރުޖެހުން ކުޑަ ޓިނެއް ކަމަށް ވެސް ބުންޏެވެ. އެ ޓިނުގެ ބޯމިނުގައި 0.50 މިލިމީޓަރު ހުރެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ޓިނު ކަސްޓަމަރުން ބޭނުންވާ ސައިޒަކަށް ތައްޔާރު ކޮށްދެ އެވެ. އަދި އެ ޓިނަކީ ސައުދީ، ޔޫއޭއީ، ޖޯޑަން، ކުވެއިތު އަދި މެދުއިރުމަތީގެ މިންގަނޑުތަކަށް އުފައްދާ އައި.އެސް.އޯ ސެޓްފިކެޓް ލިބިފައިވާ ޓިނެއްކަން އެ ކުންފުނިން ބުންޏެވެ.

ވިލާ ރޫފިންގެ އުފެއްދުންތައް، 7236464 އަށް ވައިބަ ކޮށްގެން ނުވަތަ ގުޅައިގެން ގަނެވޭނެ އެވެ. އަދި sales@vhpl.mv އަށް އީމެއިލް ކޮށްގެން ވެސް ގަނެވޭނެ އެވެ.