Roadha Mihaaru
ވިލާ މާޓްގެ ސްޓޯލަށް ޒިޔާރަތްކުރުން މުހިންމު

ވިލާ މާޓުން ވިއްކާ އުފެއްދުންތައް ތަޖުރިބާކޮށްލުން އެފްއެންޑްބީ ޝޯގައި، މިހާތަނަށް ބޮޑު ތަރުހީބެއް

04 ޖޫން 2022

ހައިރައިޒުން އިންތިޒާމު ކޮށްގެން ހުޅުމާލޭގައި މިހާރު ކުރިއަށް ގެންދާ ފުޑް އެންޑް ބެވެރެޖަސް (އެފްއެންޑްބީ) ޝޯގައި ވިލާ މާޓުގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ވިލާ ޓްރޭޑިން އިން ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ހައިރައިޒުން އިންތިޒާމު ކޮށްގެން ހުޅުމާލޭގައި މިހާރު ކުރިއަށް ގެންދާ ފުޑް އެންޑް ބެވެރެޖަސް (އެފްއެންޑްބީ) ޝޯގައި ވިލާ މާޓުގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ވިލާ ޓްރޭޑިން އިން ބުނެފި އެވެ.

މި ފަހަރުގެ އެފްއެންޑްބީ ޝޯގެ ކޯ-ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވި ވިލާ ޓްރޭޑިންގެ މާކެޓިން ޓީމުގެ ލީޑަރު މަނާލް އަބްދުއްލަތީފް "މިހާރު" އަށް މިއަދު ވިދާޅުވީ، އެފްއެންޑް ބީ ޝޯގެ ތިން ވަނަ ދުވަހާ ހަމައަށް އައިއިރު، ވިލާ މާޓުގެ ސްޓޯލަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

އެފްއެންޑްބީ ޝޯ 2022 ގައި ވިލާ މާޓުގެ ސްޓޯލުން އިސްތިހާރުކުރާ ބައެއް ޕްރޮޑަކްޓްސް ތައް ---ފޮޓޯ: ވިލާ މާޓް

އެފްއެންޑްބީ ޝޯ 2022 ގައި ވިލާ މާޓުގެ ސްޓޯލުން އިސްތިހާރުކުރާ ބައެއް ޕްރޮޑަކްޓްސް ތައް ---ފޮޓޯ: ވިލާ މާޓް

"އަޅުގަނޑުމެންގެ ސްޓޯލުގައި ކާތަކެތީގެ ރަހަ ހިލޭ ބަލައިލަން ލިބުމާއި ސްޕިން ދަ ވީލް ގޭމުގައި ބައިވެރިވެ އިނާމު ހޯދުމުގެ ފުރުސަތު ލިބޭތީ، ވަރަށް ގިނަ ބަޔަކު މި ސްޓޯލަށް ޒިޔާރަތްކޮށް، ވިލާ މާޓްގެ ޕްރޮޑަކްޓްސްތަކާ ގުޅޭ މައުލޫމާތު އެބަ އޮޅުން ފިލުވާ،" މަނާލް ވިދާޅުވި އެވެ.

ވިލާ މާޓުން އެކްސްކްލޫސިވްކޮށް މާކެޓްކުރާ ބްރޭންޑް ތަކުގެ ތެރެއިން، މެދު އިރުމަތީގެ ގައުމުތަކުގައި އެންމެ މަގުބޫލް "އަލްމަރާއި" ބްރޭންޑްގެ ޑައިރީ ޕްރޮޑަކްޓްސްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު އެ ސްޓޯލުން ލިބެ އެވެ.

ވިލާ މާޓުން އެކްސްކްލޫސިވް ކޮށް މާކެޓު ކުރާ 'ރޮސްޓާ' ބްރޭންޑް ގެ އަލްމަންޑް ރަހަބަލާލުމުގެ ފުރުސަތު މިއަހަރުގެ އެފްއެންޑްބީ ޝޯ ގެ ވިލާ ޓްރޭޑިން ސްޓޯލް އިން ---ފޮޓޯ: ވިލާ މާޓް

ވިލާ މާޓުން އެކްސްކްލޫސިވް ކޮށް މާކެޓު ކުރާ 'ރޮސްޓާ' ބްރޭންޑް ގެ އަލްމަންޑް ރަހަބަލާލުމުގެ ފުރުސަތު މިއަހަރުގެ އެފްއެންޑްބީ ޝޯ ގެ ވިލާ ޓްރޭޑިން ސްޓޯލް އިން ---ފޮޓޯ: ވިލާ މާޓް

އެފްއެންޑްބީ ޝޯގައި "އެޓީ" ބްރޭންޑްގެ ކޭކާއި ޗޮކްލެޓް ފަދަ ތަކެއްޗާއި "ރޮސްޓާ" ބްރޭންޑްގެ ސިއްހަތަށް ފައިދާ ހުރި ބައެއް ބާވަތްތަކުގެ ނަޓްސް އަދި ވިލާ މާޓުން މުޅިން އަލަށް އެތެރެކޮށް މާކެޓް ކުރަން ފެށި 'ޓޯނީސް' ބްރޭންޑްގެ ޗޮކްލެޓާއި "ފެނާ" ބްރޭންޑްގެ ތަފާތު ބުއިންތައް ލިބޭނެ އެވެ.

އެ ހުރިހާ ބްރޭންޑެއްގެ އުފެއްދުންތައް މުޅިން ހިލޭ ރަހަބަލާލުމުގެ ފުރުސަތު އެފްއެންޑްބީ ޝޯގެ ވިލާ މާޓު ސްޓޯލަށް ޒިޔާރަތް ކުރުމުން ލިބޭނެ ކަމަށް ވިލާ ޓްރޭޑިން އިން ބުނެ އެވެ.

އެފްއެންޑްބީ ޝޯގައި ވިލާ މާޓުގެ ސްޓޯލުން 'ސްޕިން ދަ ވީލް' ގޭމުގައި ބައިވެރިވެ ތަފާތު އެކި އިނާމުތަކާއި ޑިސްކައުންޓް ތައް ---ފޮޓޯ: ވިލާ މާޓް

އެފްއެންޑްބީ ޝޯގައި ވިލާ މާޓުގެ ސްޓޯލުން 'ސްޕިން ދަ ވީލް' ގޭމުގައި ބައިވެރިވެ ތަފާތު އެކި އިނާމުތަކާއި ޑިސްކައުންޓް ތައް ---ފޮޓޯ: ވިލާ މާޓް

ވިލާ މާޓްގެ ސްޓޯލުގައި ހުރި އައިޓަމްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދިޔައީ "ސްޕިން ދަ ވީލް" ނުވަތަ ބުރު އަނބުރައިގެން އިނާމު ލިބޭ ގޭމަށެވެ. އެ އިނާމުތަކުގެ ތެރޭގައި، އެކްސްކްލޫސިވް ބްރޭންޑްތަކުގެ ގިފްޓް ޕެކް އަދި ވިލާ މާޓްގެ ޑިސްކައުންޓް ހިމެނެ އެވެ.

މި ފަހަރުގެ އެފްއެންޑްބީ ޝޯގައި ވިލާ ޓްރޭޑިންގެ ސްޓޯލް ހާއްސަ ކޮށްފައި ވަނީ ވިލާ މާޓުން ވިއްކާ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް އާންމުންނަށް ދައްކައިލުމާއި ވިލާ ގޭސް އިޝްތިހާރު ކުރުމަށެވެ. އެ ސްޓޯލަށް ޒިޔާރަތްކުރާ މީހުންނަށް ވިލާ ހަކަތައާ ގުޅޭ ގިނަ މައުލޫމާތު ވެސް ލިބޭނެ ކަމަށް ވިލާ ޓްރޭޑިން އިން ބުންޏެވެ.

ވިލާ މާޓުގެ ފޯރިގަދަ މި ސްޓޯލް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު މިރޭ 10:00 އާ ހަމައަށް ލިބޭނެ އެވެ. ޖުމުލަ 30 ސްޓޯލަކާއެކު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސެންޓްރަލް ޕާކުގައި އާންމުންނަށް ހުޅުވަލައިގެން ކުރިއަށް ގެންދާ އެފްއެންޑްބީ ޝޯގެ މިއަދަކީ އެންމެ ފަހު ދުވަހެވެ.