Roadha Mihaaru
"ޕްލެއިން ސޮލެއިލް"ގެ އުފެއްދުންތައް ވިލާ މާޓަށް

ލެބަނާންގެ މަޝްހޫރު "ޕްލެއިން ސޮލެއިލް" ގެ އުފެއްދުންތައް ވިލާ މާޓަށް

05 ފެބުރުއަރީ 2023

ލެބަނާންގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޕްލެއިން ސޮލެއިލް" ގެ އުފެއްދުންތައް ވިލާ މާޓުން ތައާރަފުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ލެބަނާންގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޕްލެއިން ސޮލެއިލް" ގެ އުފެއްދުންތައް ވިލާ މާޓުން ތައާރަފުކޮށްފި އެވެ.

އެ ފިހާރަ އިން ތައާރަފުކުރީ އެ ބްރޭންޑްގެ ސިއްހަތަށް ފައިދާ ހުރި ކާނާ އެކެވެ. އޭގެ ތެރޭގައި ފިނިކުރި ތަރުކާރީ އާއި ބެރީޒް އާއި އެޕެޓައިޒާސް އާއި ދަޅު ކާނާ އާއި ތަފާތު ސޯސްތަކާއި ތަރުކާރީ ތެލާއި ޑެއިރީގެ އުފެއްދުންތައް ހިމެނެ އެވެ.

މި ބްރޭންޑު ތައާރަފްކުރުމަށް އެ ފިހާރައިން ނެރުނު އިޝްތިހާރެއް.

ވިލާ މާޓުން އެ ބްރޭންޑު ތައާރަފު ކުރުމަށް މަޝްހޫރު ދުވުންތެރިޔާ ހަސަން ސާއިދާ އެކު ހާއްސަ އިޝްތިހާރެއް ވަނީ ނެރެފަ އެވެ. އެ އިޝްތިހާރުން ދައްކުވައި ދެނީ އެ ބްރޭންޑުގެ ފްރޯޒަން ބެރީޒް ބޭނުންކޮށްގެން ސްމޫތީ ތައްޔާރު ކުރާ މަންޒަރެވެ.

"ޕްލެއިން ސޮލެއިލް"ގެ އުފެއްދުންތައް ބޭނުންކޮށްގެން ސިއްހަތަށް ފައިދާ ހުރި ކާނާ އަދި ސްމޫތީ ފަދަ އެއްޗެހި ފަސޭހައިން ތައްޔާރުކުރެވޭނެ ކަމަށް ވިލާ މާޓުން ބުންޏެވެ.

"ޕްލެއިން ސޮލެއިލް" އަކީ 1999 ވަނަ އަހަރު އުފެއްދި ލެބަނާންގެ ކުންފުންޏެކެވެ. އެ ކުންފުނީގެ އުފެއްދުންތައް ތައްޔާރު ކުރަނީ ގުދުރަތީ ތާޒާ ތަކެތި ބޭނުންކޮށްގެން ކަމަށް ވިލާ މާޓުން ބުންޏެވެ. އަދި އެއީ 8 ގައުމެއްގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުންދާ ކުންފުންޏެއް ކަމަށާއި އެ ބްރޭންޑަކީ ފިނިކުރި ތަރުކާރީ އާއި ބެރީޒް ފަދަ ތަކެތި ވިއްކުމުގައި މަގުބޫލު ކުންފުންޏެއް ކަމަށް ވެސް ބުންޏެވެ.

ހަށިގަނޑަށް ފައިދާ ހުރި ތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ އެކި ބްރޭންޑުތަކުގެ އުފެއްދުންތައް ވިލާ މާޓުން އަންނަނީ ވިއްކަމުންނެވެ. އެއީ ކަސްޓަމަރުންގެ މެދުގައި މަގުބޫލު އުފެއްދުންތަކެއް ކަމަށް ވެސް ވިލާ މާޓުން ބުންޏެވެ.