Roadha Mihaaru
500 މައްސަލައިން ދައުވާކުރަން ފޮނުވީ 12 މައްސަލަ

އޭސީސީން 500 މައްސަލަ ބަލައިފި، ދައުވާކުރަން ފޮނުވީ 12 މައްސަލައެއްގައި

03 ސެޕްޓެމްބަރ 2021

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާތަނަށް 500 މައްސަލައި ނިންމައި 12 މައްސަލައެއްގައި ދައުވާކުރަން ފޮނުވާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާތަނަށް 500 މައްސަލައި ނިންމައި 12 މައްސަލައެއްގައި ދައުވާކުރަން ފޮނުވާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ރޭ ވިދާޅުވެއްޖެ އެވެ.

އޭސީސީގެ އާ ވެބްސައިޓާއި މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރަން ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ކޮރަޕްޝަނަށް ތުހުމަތުކޮށް ކޮންމެ އަހަރަކު ވެސް އެތައް މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާ ކަމަށެވެ. މިދިޔަ އަހަރު 961 މައްސަލައެއް ތަހުގީގުކޮށް ނިންމައި 15 މައްސަލައެއްގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވެ އެވެ.

މި އަހަރުގެ މެދަކާ ހަމައަށް 500 މައްސަލަ ބަލައި 12 މައްސަލައެއްގައި ދައުވާކުރަން ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީގެ އާ ވެބްސައިޓާއި މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް ޝިއުނާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭސީސީގެ އާ ވެބްސައިޓާއި މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް ޝިއުނާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝިއުނާ ވިދާޅުވިގޮތުގައި، އާއްމުން އުއްމީދުކުރާ ސްޕީޑުގައި މައްސަލަ ނުނިމޭތީ ފާޑުކިޔުންތައް ވެސް އާދެ އެވެ. އެގޮތަށް، ކޮންމެ ކަހަލަ ފާޑުކިޔުމެއް އައި ކަމުގައި ވިޔަސް މަސައްކަތް އަވަސްކުރެވޭތޯ ނުވަތަ ހައްލުތަކެއް ހޯދޭތޯ ބަލާ ކަމަށް އޭސީސީން ބުނެ އެވެ.

ޝިއުނާ ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމާއި މަދުކުރުމުގެ ވިސްނުމުގައި ބަލާ ނަމަ ނަތީޖާއާ ހަމައަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ. އެކަން ހާސިލު ކުރަން އޭސީސީއާ އެއް ވިސްނުމެއްގައި ދައުލަތުގެ އެހެން އިދާރާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވޭ. ދައުލަތުގެ ހިންގުމުގެ ދާއިރާގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން އިސްލާހު ކުރުމުން ދައުލަތުގެ ހިންގުމުގެ ނިޒާމަށް އާއްމުންގެ އިތުބާރު ބޮޑުވާނެ،" ޝިއުނާ ވިދާޅުވި އެވެ.