11 އޯގަސްޓް 2020
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރާ ހުރިހާ މައްސަލައެއްގެ ތަފްސީލް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ ހިއްސާ ކުރަން ދަތި ކަމަށާއި ނަމަވެސް ތަހުގީގު ކުރާ މައްސަލަތަކުގެ ލިސްޓެއް ޕީޖީއާ ހިއްސާ ކުރަން ނިންމާފައިވާ ކަމަށް، އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ މިއަދު ވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރާ ހުރިހާ މައްސަލައެއްގެ ތަފްސީލް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ ހިއްސާ ކުރަން ދަތި ކަމަށާއި ނަމަވެސް ތަހުގީގު ކުރާ މައްސަލަތަކުގެ ލިސްޓެއް ޕީޖީއާ ހިއްސާ ކުރަން ނިންމާފައިވާ ކަމަށް، އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވަނީ ޕީޖީން އެދުނު މައުލޫމާތު ހިއްސާ ނުކުރީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި އެއީ ގާނޫނުއަސާސީއާ ހިލާފަށް ކުރެއްވި ކަމެއްތޯ ގަބޫލު ކުރައްވަންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
އެކަމަށް ޖަވާބު ދެއްވަމުން ޝިއުނާ ވިދާޅުވީ ޕީޖީން އޭސީސީ އަށް ސިޓީ ފޮނުވީ އެންޓި ކޮރަޕްޝަން ނިޒާމުގައި ހުރި އުނިކަންތައްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން ހިންގަން އުޅޭ ހާއްސަ ޕްރޮޖެކްޓަކަށް މައުލޫމާތު ހޯދަން ކަމަށެވެ. އެ ޕްރޮޖެކްޓްގެ މަގުސަދަކީ މި އަހަރު ނިމެންވާއިރަށް ދައުވާ ކުރަން ފޮނުވޭނީ ކޮން މައްސަލަތަކެއްތޯ ކަނޑައެޅުން ކަމަށް ޝިއުނާ ވިދާޅުވި އެވެ.
ޕީޖީން ފޮނުވި ސިޓީގައި އެދިފައިވަނީ އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތަފްސީލާއި ތުހުމަތު ކުރެވޭ މީހާގެ މައުލޫމާތު ހިމެނޭ ގޮތަށް ގިނަ ތަފްސީލުތަކެއް ހޯދަން ކަމަށް ޝިއުނާ ވިދާޅުވި އެވެ.
"އަޅުގަނޑު ޕީޖީ އަށް ޖަވާބު ދިނިން 29 ޖޫންގައި ދެންނެވި މުޅި ހުރިހާ [މައްސަލައެއްގެ] ލިސްޓެއް ފޮނުވަން، މި ހުރިހާ މައުލޫމާތެއް އެއްފަހަރާ ފޮނުވަން އަޅުގަނޑުމެންގެ ރިޒަވޭޝަން ވާ ކަމަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕީޖީ އޮފީހުން މިގޮތަށް އޭސީސީން ބަލަމުންދާ ހުރިހާ މައްސަލައެއްގެ ތަފްސީލެއް ޕީޖީ އޮފީހަށް ފޮނުވާށޭ އަލަށް މި ބުނީ. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްފައި އެ ވަގުތު ނިންމީ އަޅުގަނޑުމެންގެ ރިޒަވޭޝަންތަކެއް އެބަހުއްޓޭ،" ޝިއުނާ ވިދާޅުވި އެވެ.
ޝިއުނާ ވިދާޅުވީ ތަހުގީގު ކުރާ ހުރިހާ މައްސަލަތަކެއްގެ ބަދަލުގައި ދައުވާ ކުރެވޭނެ ކަމަށް ބެލެވޭ ހުރިހާ މައްސަލަތަކެއްގެ ތަފްސީލް، ޕީޖީ އަށް ފޮނުވާނެކަން އެންގެވި ކަމަށެވެ. އަދި އޭސީސީ އަށް ހުށަހަޅާފައިވާ ކޭސްތަކުގެ ލިސްޓް ޕީޖީ އަށް ފޮނުވަން މިހާރު ނިންމާފައިވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
"ޕީޖީ އޮފީހަށް އަޅުގަނޑުމެން އެއްބާރުލުން ނުދޭ ވާހަކައަށް ނޫނީ އަޅުގަނޑުމެން ތަހުގީގުތަކާ ގުޅޭ މައުލޫމާތު ޕީޖީ އޮފީހަށް ނުދޭ ވާހަކައަކީ އެއީ މުޅިން ހަގީގަތާ ހިލާފު ވާހަކައެއް،" ޝިއުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޖީއާ އެކު ހަފްތާއަކު އެއް ފަހަރު ބައްދަލު ކުރާ ކަމަށާއި އެ ކޮމިޝަނާއި ޕީޖީއާ ދެމެދު ރަނގަޅު ގުޅުމެއް އޮންނަ ކަމަށެވެ.
ކޮރަޕްޝަންގެ 35 މައްސަލައެއްގައި މިއަހަރު ދައުވާކުރަނީ
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
500 މައްސަލައިން ދައުވާކުރަން ފޮނުވީ 12 މައްސަލަ
"އަޅުގަނޑަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން"
ޕީޖީގެ އާ ހުށަހެޅުންތަކެއް، މައްސަލަ އަލުން ބަލަނީ
ޝަމީމްގެ މައްސަލައެއް އޭސީސީ އަށް
ޕީޖީގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނޭ: ނަޝީދު
މަސްލަހަތު ފުށުއަރާތީ ޝިފާގެ ފައިލެއް ނުބަލަން: ޝަމީމް
ނާޖާއިޒު މަންފާ ހޯދައިދިން ކަމުގެ ހެކި ހުރި: އޭސީސީ
ހެލްތުގެ ޚިޔާނާތް: އޭސީސީން ޕީޖީ އޮފީހާ މަޝްވަރާކޮށްފި