14 ނޮވެމްބަރ 2021
ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއްގެ ނަމްބަރު ޕްލޭޓް ހެދުން ވަސާޖިއޯ ކުންފުންޏާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފޮނުވި މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއްގެ ނަމްބަރު ޕްލޭޓް ހެދުން ވަސާޖިއޯ ކުންފުންޏާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފޮނުވި މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓަށް ބަދަލުކުރުން ވަސާޖިއޯ ކުންފުންޏާ ހަވާލުކޮށް ނާޖާއިޒު މަންފާއެއް ހޯދައިދޭން އުޅުނު ކަމަށް ތަހުގީގަށް ސާބިތުވުމުން އޭސީސީން ދައުވާކޮށްދޭން އެދުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރަކާ އެކު ޖުމުލަ ހަ މީހެއްގެ މައްޗަށެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކޮށްދޭން އެދި އޭސީސީން ފޮނުވި މީހުންގެ ތެރޭގައި ދެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޝިމާޒް އަލީ އާއި ހަމަދު އަބްދުލް ޣަނީ ހިމެނެ އެވެ. އޭގެ އިތުރުން ދެން ހިމެނެނީ ބިޑް ކޮމިޓީގެ މެމްބަރުންނެވެ.
ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެ މައްސަލައިގައި މީހެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާއެއް ކުރެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަން އޭސީސީއަށް ވެސް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވި ގޮތުގައި އޭސީސީން ފޮނުވި އަށް މައްސަލައެއްގެ ތެރެއިން އެ އޮފީހުގައި މިހާރު އޮތީ ތިން މައްސަލަ އެވެ. ބާކީ ހުރި މައްސަލަތައް އިތުރަށް ތަހުގީގުކުރަން ނުވަތަ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަން އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ވަސާޖިއޯ މައްސަލަ އޭސީސީން ތަހުގީގު ކުރަން ފެށީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކުރިއަށް ގެންގޮސްފައިވާ ބިޑަކަށްވާތީ ޓެންޑަ ބޯޑު މެދުވެރިކޮށް އަލުން ކުރިއަށް ގެންދަން އޭޖީ އޮފީހުގެ ލަފަޔާ އެކު ފިނޭންސް މިނިސްޓްރީން އަންގާފައި އޮއްވަ އެވެ.
ފިނޭންސުން ބުނެފައިވާ ގޮތުގައި ނަމްބަރު ޕްލޭޓް ހެދުން ވަސާޖިއޯއާ ހަވާލުކޮށްފައި އޮތީ މާލިއްޔަތު ގަވާއިދުގެ 10.28 ވަނަ މާއްދާއާ ހިލާފަށެވެ. އެ މާއްދާގައި ބުނާ ގޮތުން ނަމަ ޓްރާންސްޕޯޓަށް އެ މަޝްރޫއު އިއުލާންކޮށްގެން ބަޔަކާ ހަވާލެއް ނުކުރެވޭނެ އެވެ.
ޖުމްލަ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެން ބޮޑު އެ މަޝްރޫއު ހަވާލުކުރަން ޖެހޭނީ ނެޝަނަލް ޓެންޑަ ބޯޑު މެދުވެރިކޮށެވެ.
އެކަމަކު ޓެންޑަ ބޯޑާ ހަވާލުނުކޮށް ޓްރާންސްޕޯޓުގެ ބިޑް ކޮމިޓީން ވަސާޖިއޯއާ އެ ޕްރޮޖެކްޓް ހަވާލުކުރީ އަގު ބޮޑުކޮށް ހުށަހެޅި ކުންފުންޏަކާ އެވެ. އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ކުންފުނިން ހުށަހެޅި އަގުތައް ކުޑަ ނަމަވެސް، އެ ކުންފުނިން ބާތިލްކުރީ އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅާފައި ނުވާތީ ކަމަށް ބުނެ އެވެ.
މި ޝަރުތަކީ ބިޑް އިވެލުއޭޝަންގައި ބަލާނެ ކަމަށް ބުނެފައި ނެތް ޝަރުތެއް ކަމަށް ވެސް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ.
"ބިޑު އެވޯޑު ކުރުމުގައި، ލިޔުންތަކާއި މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައި ނުވާކަން ތަހުގީގުން އެނގެ އެވެ.،" މި މައްސަލައިގައި އޭސީސީން ނެރުނު ތަހުގީގު ރިޕޯޓުގައިވެ އެވެ.
"ވުމާއެކު އިއުލާނާ އެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެ ވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވެ އެވެ."
ވެހިކަލްތަކުން ފުރި ބާރުވެފައި އޮތް މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތުން ގާތްގަނޑަކަށް 120،000 އުޅަނދުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ޖެހެ އެވެ. މީގެ ތެރޭގައި ސައިކަލްގެ އަދަދަކީ ގާތްގަނޑަކަށް 75،000 އެވެ. ވަސާޖިއޯ އިން ހުށަހަޅާފައި އޮތް އަގުން ބަލާ ނަމަ ހުރިހާ ސައިކަލްތަކެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން އެ ކުންފުނީގެ އަގަކީ 35 މިލިއަން ރުފިޔާ އެވެ. ހަތަރު ފުރޮޅު ލީ ވެހިކަލްތައް ބަދަލުކޮށްދެނީ 33.7 މިލިއަން ރުފިޔާ އަރަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި، ކޮންމެ މަހަކު އަލަށް ގާތްގަނޑަކަށް 700 ސައިކަލް އަދި 20 ކާރު ރަޖިސްޓްރީ ކުރެ އެވެ. އެއްބަސްވުމުގައި އޮތް ގޮތުން 120،000 ވެހިކަލްގެ އިތުރުން އަލަށް ރަޖިސްޓްރީކުރާ އުޅަނދުތަކާއި ދެ ވަނަ ފަހަރަށް ނަމްބަރު ބޯޑު ހަދަން ޖެހެނީ ވެސް އެ ކުންފުނި މެދުވެރިކޮށެވެ.
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
މަހްލޫފް މައްސަލަ ނިންމަން އެންމެފަހުން ތާރީހެއް!
500 މައްސަލައިން ދައުވާކުރަން ފޮނުވީ 12 މައްސަލަ
ޕީޖީގެ އާ ހުށަހެޅުންތަކެއް، މައްސަލަ އަލުން ބަލަނީ
ޝަމީމްގެ މައްސަލައެއް އޭސީސީ އަށް
ވެންޓިލޭޓަރު މައްސަލަ ރިވިއުކުރަން ފަށައިފި
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި
ވެންޓިލޭޓަރު މައްސަލައިގެ ނިންމުން ރިވިއުކޮށްދޭން އެދެފި
މަސްލަހަތު ފުށުއަރާތީ ޝިފާގެ ފައިލެއް ނުބަލަން: ޝަމީމް
ނާޖާއިޒު މަންފާ ހޯދައިދިން ކަމުގެ ހެކި ހުރި: އޭސީސީ