Roadha Mihaaru
އެމްޔޫ ސްޓޯރުން ލެކްނޯ ގަނެގެން ދުބާއީ ދަތުރެއް

އެމްޔޫ ސްޓޯރުން ލެކްނޯ ގަނެގެން ދުބާއީ ދަތުރެއް

01 ސެޕްޓެމްބަރ 2021

އެމްޔޫ ސްޓޯރުން ލެކްނޯ ހިކި ކިރުގެ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމްޔޫ ސްޓޯރުން ލެކްނޯ ހިކި ކިރުގެ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން އެއްވަނަ އަށް ހޮވޭ މީހަކަށް، ހަފުތާއެއް ވަންދެން ދެ މީހަކަށް ދުބާއީގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ދެވަނަ އަށް ހޮވޭ މީހަކަށް، ރިސޯޓެއްގައި ދެ ދުވަހުގެ ޗުއްޓީ އަދި ތިންވަނަ އަށް ހޮވޭ މީހަކަށް އެއް އަހަރު ވަންދެން ލެކްނޯ ހިކި ކިރު ހިލޭ ލިބޭނެ އެވެ. މީގެ އިތުރުންވެސް މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އިތުރު އަގުހުރި އިނާމުތަކާއި އެހެނިހެން ހަދިޔާތައް ލިބޭނެ ކަމަށް އެމްޔޫ ސްޓޯރުން ބުންޏެވެ.

މި ޕްރޮމޯޝަނުގައި ލެކްނޯ ހިކި ކިރު ގަންނައިރު އެއާ އެކު ޕްރޮމޯޝަން ސްޓިކާއެއް ލިބޭނެ އެވެ. މި ސްޓިކާގައި އިންނަ ކިޔުއާރު ކޯޑު ސްކޭންކޮށް ކޫޕަނުގައި އިންނަ ސިއްރު ހަތް އަކުރު ޖެހުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މިގޮތަށް ލިބޭ ޕްރޮމޯޝަން ސްޓިކާ ޕްރޮމޯޝަން ނިމެންދެން ރައްކާކޮށްފައި ބޭއްވުމަށް އެމްޔޫސްޓޯރުން ކަސްޓަމަރުންނަށް އިލްތިމާސްކުރެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޑިސެމްބަރުގެ ނިޔަލަށެވެ.