Roadha Mihaaru
އެމްޔޫ ސްޓޯރުން ލެކްނޯގެ އާ ރަހަތަކެއް ތައާރަފުކޮށްފި

އެމްޔޫ ސްޓޯރުން ލެކްނޯގެ އާ ރަހަތަކެއް ތައާރަފުކޮށްފި

14 މާޗް 2018

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަައިވާ ލެކްނޯ ބްރޭންޑްގެ ޖޫހާއި ކިރު ޕެކެޓްގެ އާ ރަހަތަކެއް އެމްޔޫ ސްޓޯރުން ރާއްޖެ އަށް ތަައާރަފުކޮށްފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަައިވާ ލެކްނޯ ބްރޭންޑްގެ ޖޫހާއި ކިރު ޕެކެޓްގެ އާ ރަހަތަކެއް އެމްޔޫ ސްޓޯރުން ރާއްޖެ އަށް ތަައާރަފުކޮށްފި އެވެ.

މި ހަފުތާގެ ކުރީ ކޮޅު ރާއްޖޭގެ މާކެޓަަށް އަލަށް ނެރުނު ރަހަތަކަކީ، ލެކްނޯ ޖޫހުގެ ކްރޭންބެރީ އެޕަަލް ވިތު ޖިންޖާ، އެޕަލް އެންޑް ބީޓްރޫޓް އަދި ފްރުޓް ކޮކްޓެއިލްގެ އިތުރުން އޮރެޖް ވިތު ޕަލްޕް ޖޫހެވެ. އަދި ކިރު ޕެކެޓުގެ އާ ރަހަތަކަކީ، ފުލް ކްރީމް މިލްކް ޗޮކްލެޓާއި ސްޓޯބެރީ މިލްކުގެ އިތުރުން ބަނާނާ ފްލޭވާ އެވެ.

ލެކްނޯ ބްރޭންޑް ރާއްޖޭގެ ޕާޓްނަރު ކަމަށްވާ އެމްޔޫ ސްޓޯރުން ބުނީ މި އުފެއްދުންތައް ވެސް ވިއްކާނީ މިހާރު ވެސް ވިއްކަމުން އަންނަ ލެކްނޯ ޖޫހުގެ ރަހަތަކާ އެއް އަގެއްގައި ކަމަށެވެ.

އެމްޔޫ ސްޓޯރުން އަލަށް ވިއްކަން ފެށި ލެކްނޯ ކިރު ޕެކެޓުތައް.

އެމްޔޫ ސްޓޯރުން އަލަށް ވިއްކަން ފެށި ލެކްނޯ ކިރު ޕެކެޓުތައް.

އާންމުކޮށް މާކެޓުގައި ލެކްނޯ ވިއްކަނީ، 1 ލިޓަރާއި 250 އެމްއެލްގެ ޕެކެޓުގަ އެވެ. އެއް ލިޓަރުގެ ޕެކެޓް ކޭސް ވިއްކަނީ އާންމުކޮށް 212ރ. އަށެވެ. ކުދި، 250 އެމްއެލްގެ ޕެކެޓު ކޭހެއް ވިއްކަނީ 175ރ. އިން ފެށިގެން 235ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ގިނަ އަދަދެއްގެ، ކޮލެޓީ ބްރޭންޑްތައް ރާއްޖެ އަށް އެތެރެކޮށް، ވިއްކަމުން އަންނަ ފިހާރައިން ބުނީ އަލަށް ތައާރަފުކުރީ ލެކްނޯ "ހެލްތީ ލިވިން" ޕްރޮޑަކްޓްތަކެއް ކަމަށެވެ.

"ހެލްތީ ލިވިން ރޭންޖަކީ މޭވާގެ ގުދުރަތީ ރަހަ އަށް އެއްވެސް ބަދަލެއް ނުގެނެސް، އޭގެ ތެރެއަށް އިތުރު އެއްޗެއް އެއް ނުކޮށް ހުންނަ ޖޫސް. ކޮންމެ ޖޫސް ތައްޓެއްގައި ފުރުޓް ޕޯޝަނެއްގެ ފައިދާ އެކުލެވޭނެ،" ލެކްނޯ ކުންފުނިން ބުނެފައި ވެއެވެ.