Roadha Mihaaru
އަގުހުރި އިނާމާއެކު އެމްޔޫ އެކްސްޕްރެސް ރޯދަ ޕްރޮމޯޝަން

އަގުހުރި އިނާމުތަކާއެކު އެމްޔޫ އެކްސްޕްރެސްގެ ރޯދަ ޕްރޮމޯޝަނެއް

13 އެޕްރީލް 2021

އަގުހުރި އިނާމުތަކާއެކު އެމްޔޫ އެކްސްޕްރެސް އިން ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަގުހުރި އިނާމުތަކާއެކު އެމްޔޫ އެކްސްޕްރެސް އިން ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ހުޅުމާލޭގައި ހުންނަ އެމްޔޫ ސްޓޯރުގެ، އެމްޔޫ އެކްސްޕްރެސް ފިހާރައި އިން މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ފިހާރަ އިން 200ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިއަކަށް ގިފްޓް ހެމްޕާއެއް ލިބޭނެ އެވެ. މި ހެމްޕާގައި ބަދިގެ އަށް ބޭނުންވާ ސާމާނު ހިމެނޭނެ އެވެ.

އެމްޔޫ އެކްސްޕްރެސްގައި ބަޔަކު ވިޔަފާރި ކުރަނީ-- ފޮޓޯ: އެމްޔޫ ސްޓޯ

އެމްޔޫ އެކްސްޕްރެސްގައި ބަޔަކު ވިޔަފާރި ކުރަނީ-- ފޮޓޯ: އެމްޔޫ ސްޓޯ

މުޅި ޕްރޮމޯޝަނުގައި ބައިވެރިވާ މީހުންގެ މެދުގައި ވެސް ގުރުއަތު ނަގާނެ އެވެ. ގުރުއަތުން އެއްވަނަ އަށް ދާ މީހަކަށް "ކެލެން ކިޗެން"ގެ ފަރާތުން ހަދިޔާ ކުރާ 50،000ރ. ގެ ބަދިގެ ސެޓެއް ލިބޭނެ އެވެ. އަދި ދެވަނަ އަށް ދާ މީހަކަށް 65 އިންޗީގެ ސްމާޓް ޓީވީއެއް ލިބޭއިރު ތިންވަނަ ނަސީބުވެރިޔާގެ އިނާމަކީ ދެ ދޮރުފަތްލީ ފަސް ފޫޓުގެ އައިސްއަލަމާރިއެކެވެ.

އެމްޔޫ އެކްސްޕްރެސް އަކީ އެމްޔޫ ސްޓޯރުން ވަރަށް ފަހުން ހުޅުމާލޭގެ އަމީން އެވެނިއުގެ ޓީކް ޓަވަރުގައި ހުޅުވި މާޓެކެވެ. މި މާޓުން ތަފާތު ބާވަތުގެ ކާބޯތަކެއްޗާއި ގޭތެރެއަށް ބޭނުންވާ ސާމާނު އަދި ދިވެހި އުފެއްދުންތައް ލިބެން ހުރެ އެވެ.