30 އޮކްޓޯބަރ 2022
އެމްޔޫ ސްޓޯރުން ވިއްކާ ޖެފް ޓީއަށް ހާއްސަކޮށް "ހިނގާ ސައިބޯން ދާން" ޕްރޮމޯޝަނުން ވަގުތުން އިނާމު ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.
އެމްޔޫ ސްޓޯރުން ވިއްކާ ޖެފް ޓީއަށް ހާއްސަކޮށް "ހިނގާ ސައިބޯން ދާން" ޕްރޮމޯޝަނުން ވަގުތުން އިނާމު ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.
އެ ފިހާރައިން ބުނީ އެ ޕްރޮމޯޝަނަކީ ޑިސެމްބަރު 31 އާ ހަމައަށް ކުރިއަށް ދާނެ ޕްރޮމޯޝަނެއް ކަމަށެވެ. އެ ޕްރޮމޯޝަނުގެ ދަށުން ޖެފް ޓީގެ ކޮންމެ ވައްތަރެއްގެ ސައިފަތް ފޮއްޓެއް ގަނެގެން ވެސް އިނާމު ހޯދޭނެ ކަމަށް ބުންޏެވެ.
ޕްރޮމޯޝަނާއި ގުޅޭ ފޭސްބުކު ޕޯސްޓެއް.
ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، އެ ޕްރޮމޯޝަންގެ ސްޓިކާ ހުރި ސައިފަތް ފޮއްޓެއް ގަނެގެންނެވެ. ޕްރޮމޯޝަނުގައި ބައިވެރިވުމަށް، އެ ސްޓިކާ ކަހާލުމަށް ފަހު، އޭގައިވާ ކިއުއާރު ކޯޑުން ވަދެވޭ ޕޯޓަލުގައި ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަމްބަރާއި ފޯނު ނަމްބަރު ޖެހުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ސްޓެޕްތައް ހިމެނޭ ޕޯސްޓެއް.
އެމްޔޫ ސްޓޯރުން ބުނީ ޖެފް ޓީ އަކީ މިހާރު ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ބްރޭންޑެއްގެ ސައިފަތެއް ކަމަށެވެ. ޖެފް ޓީގެ ސައިފަތުގެ ތެރޭގައި ކަޅު ސައިގެ އެކި ވައްތަރުތަކާއި، ގްރީން ޓީގެ ގިނަ ވައްތަރުތަކާއި، މޭވާގެ ރަހަތައް އެކުލެވޭ އެކި ވައްތަރުގެ ސައިފަތް ވެސް ހިމެނެ އެވެ. އެގޮތުން ސިލޯން ސުޕްރީމް، ސިލޯން އާރީ ގްރޭ، ޖިންޖާ ސިލޯން، ސްޕައިސް ޗާއި ފާހަގަ ކޮށްލެވެ އެވެ.
އެމްޔޫ ސްޓޯރަކީ ޖެފް ޓީ ރާއްޖެ އެތެރެކޮށް، މާކެޓުކޮށް، ޑިސްޓްރިބިއުޓް ކުރާ ފިހާރަ އެވެ.
އެމްޔޫ ސްޓޯރުން ލެކްނޯ ގަނެގެން ދުބާއީ ދަތުރެއް
އަގުހުރި އިނާމާއެކު އެމްޔޫ އެކްސްޕްރެސް ރޯދަ ޕްރޮމޯޝަން
އިންޑޯ މިލްކުގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ބަލްގޭރިއާގެ "ކިން ޔޯގަޓް" ރާއްޖެއަށް ތައާރަފުކޮށްފި
އެމްޔޫ ސްޓޯރުން އާ އުފެއްދުންތަކެއް ތައާރަފްކޮށްފި
"މިލްކް ކިސް" ޔޯގަޓް އެމްޔޫ ސްޓޯރުން ވިއްކަނީ
އެމްޔޫ ސްޓޯރުން ލެކްނޯގެ އާ ރަހަތަކެއް ތައާރަފުކޮށްފި
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
ލެކްނޯޯގެ ޖޫހާއި ކިރު ޕެކެޓް ގަނެގެން އައިޕެޑެއް
ކޮކާ ފިޝް: ބޭނުން ވައްތަރެއްގެ މަހެއް ސީދާ ގެއަށް