Roadha Mihaaru
"މިލްކް ކިސް" ޔޯގަޓް އެމްޔޫ ސްޓޯރުން ވިއްކަނީ

ފްރާންސްގެ "މިލްކް ކިސް" ޔޯގަޓް އެމްޔޫ ސްޓޯރުން ރާއްޖޭގައި ވިއްކަން ފަށައިފި

02 އެޕްރީލް 2018

ފްރާންސްގެ މަޝްހޫރު "މިލްކް ކިސް" ޔޯގަޓް އެމްޔޫ ސްޓޯރުން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

ފްރާންސްގެ މަޝްހޫރު "މިލްކް ކިސް" ޔޯގަޓް އެމްޔޫ ސްޓޯރުން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

އެ ފިހާރަ އިން ބުނީ، މިލްކް ކިސް ޔޯގަޓުގެ ހަތަރު ރަހައެއް އިއްޔެ އިން ފެށިގެން ވިއްކަން ފަށާފައިވާ ކަމަށެވެ. އެއީ ސްޓްރޯބެރީ، ޕީޗް، ރާސްބެރީ އަދި ވެނީލާ އެވެ.

"ކުޑަކުދިން ގެ އިން ބޭރުގައި ކުޅެން އުޅޭ ވަގުތުތަކުގައި ވެސް ފަސޭހަކަމާ އެކު ގެންގުޅެވޭ ގޮތަށް މި ޔޯގަޓް ތައްޔާރު ކޮށްފައި މި ހުންނަނީ،" ތާޒާ ކިރު ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ޔޯގަޓާ ގުޅޭ ގޮތުން އެމްޔޫ ސްޓޯރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އައިސް ކުރުމުގެ ބަދަލުގައި، ރޫމް ޓެމްޕަރޭޗާގައި ބެހެއްޓޭ މިލްކް ކިސް ޔޯގަޓަކީ، މޭވާގެ ގުދުރަތީ ރަހަ އަށް އެއްވެސް ބަދަލެއް ނުގެނެސް ތައްޔާރު ކޮށްފައިވާ "ޑްރިންކިން ޔޯގަޓް" އެކެވެ.

"މީގައި އެއްވެސް ޕްރިޒަވޭޓިވް އެއް އެކުލެވިގެން ނުވާނެ. އަދި އާޓިފިޝަލް ކުލައެއް ވެސް ނުހުންނާނެ. އަދި މި ޔޯގަޓް ތައްޔާރު ކުރާއިރު އާޓިފިޝަލް ފްލޭވާއެއް ވެސް ބޭނުމެއް ނުކުރާނެ. މީގައި އެކުލެވޭނީ ސީދާ ގުދުރަތީ ރަހަ،" އޮފިޝަލް ވިދާޅުވި އެވެ.

ޑްރިންކިން ޔޯގަޓަކަށް ވުމުން، އެ ހުންނާނީ އާންމު ޔޯގަޓުތަކާ ޚިލާފަށް ޕެކެޓެއްގަ އެވެ. މީގެ 36 ޕެކެޓުގެ ކޭހެއް، އެމްޔޫ ސްޓޯރުން ވިއްކަނީ 310ރ. އަށެވެ.