Roadha Mihaaru
އެމްޔޫ ސްޓޯރުން އާ އުފެއްދުންތަކެއް ތައާރަފްކޮށްފި

އެމްޔޫ ސްޓޯރުން އާ އުފެއްދުންތަކެއް ތައާރަފްކޮށްފި

17 ޖެނުއަރީ 2019

ސިއްހަތަށް ފައިދާހުރި ކާނާ އުފައްދާ ބްރޭންޑެއް ކަމަށްވާ ގާޔާ ގުޑް ހެލްތުގެ ގިނަ އުފެއްދުންތަކެއް އެމްޔޫ ސްޓޯރުން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސިއްހަތަށް ފައިދާހުރި ކާނާ އުފައްދާ ބްރޭންޑެއް ކަމަށްވާ ގާޔާ ގުޑް ހެލްތުގެ ގިނަ އުފެއްދުންތަކެއް އެމްޔޫ ސްޓޯރުން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި އެވެ.

ގާޔާ ގުޑްހެލްތަކީ ސިއްހަތު ރަނގަޅު ކާނާގެ ބާވަތްތައް އުފެއްދުމުގައި ދުނިޔެއަށް މަޝްހޫރު ބްރޭންޑެކެވެ. މި ބްރޭންޑުގެ އުފެއްދުންތައް ހަތަރު ބާވަތް ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ ގާޔާ ޕްލަސް އާއި ގާޔާ ލައިޓް އާއި ގާޔާ ސްޕޯޓްސް އާއި ގާޔާ އޯގަނިކްގެ އިތުރުން ގާޔާ ފުޑްސް އެވެ.

މި ބާވަތްތަކުގެ ތެރެއިން ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ ގާޔާ ލައިޓް، ގާޔާ ސްޕޯޓްސް، ގާޔާ ފުޑްސްގެ ދަށުން އުފައްދާފައިވާ ތަކެތި ކަމަށް އެމްޔޫ ސްޓޯރުން ބުންޏެވެ.

މީގެ ތެރެއިން ގާޔާ ފުޑްސްގެ ދަށުން ގާޔާ ގްރީންޓީ އާއި ގާޔާ ކްރަންޗީ މުސަލީ އާއި ގާޔާ އޯޓްސް ހިމެނެ އެވެ.

ގާޔާ ސްޕޯޓްސްގެ ދަށުން ގާޔާ ގްރެނޯލަބަ އާއި ގާޔާ ޓްރައިލް މިކްސް ބާޒާރަށް ނެރެފައިވެ އެވެ.

އެމްޔޫ ސްޓޯރުން ބުނީ މި އުފެއްދުންތައް ހާއްސަކޮށްފައިވަނީ ހަށިގަނޑު ހެޔޮވަރު ވަރެއްގައި ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކާއި ޑައިބަޓީސް ހުންނަ މީހުންނަށް ކަމަށެވެ.

މި ހުރިހާ ކާނާގެ ބާވަތްތައް މާލޭގައި ހުންނަ، އެމްޔޫ ސްޓޯރާއި ގުޑްސްމާޓްގެ އިތުރުން ހުޅުމާލޭގައި ހުންނަ އެމްޔޫ ސްޓޯރުން ވެސް ލިބެން ހުންނާނެ އެވެ.