ވިއެޓްނާމްގައި ކިރު އުފައްދާ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވިނަމިލްކުގެ އުފެއްދުންތައް، ވާދީ ޓްރޭޑާސް އިން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.
ވިއެޓްނާމްގައި ކިރު އުފައްދާ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވިނަމިލްކުގެ އުފެއްދުންތައް، ވާދީ ޓްރޭޑާސް އިން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.
އެ ފިހާރަ އިން ރާއްޖޭގައި ވިއްކަން ފެށީ ވިނަމިލްކުގެ 110 އެމްއެލް އާއި 180 އެމްއެލްގެ ސްޓްރޯބެރީ އަދި ޗޮކްލެޓް ފްލޭވާގެ ޕެކެޓެވެ. އަދި ވިނަމިލްކް ފްރެޝް އެއް ލީޓަރުގެ ޕެކެޓު ވެސް ވިއްކަ އެވެ. ވިނަ މިލްކުގެ އިތުރުން އެ ބްރޭންޑްގެ ޔޯގަޓް ވެސް ވާދީން އަންނަނީ ވިއްކަމުންނެވެ.
ވިނަމިލްކު ރާއްޖެ އަށް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ރާއްޖެ އަށް ވިނަ މިލްކު ތައާރަފް ކުރުމަށް ވާދީ ޓްރޭޑާސް އިން ވަނީ ހޮޓެލް ޖެން ގައި، މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޮޑު ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި ވިނަމިލްކުގެ އޮފިޝަލު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ އިތުރު އުފެއްދުންތައް ވެސް ރާއްޖެ އަށް ތައާރަފް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ގިނަ ބާވަތްތަކުގެ މުދާ، ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ވާދީ ޓްރޭޑަސްގެ ޖެނެރަލް މޭނެޖަރު ހުސެއިން ސޯލިހް ވިދާޅުވީ، ވިނަމިލްކު ތައާރަފުކުރަން ނިންމީ މިއީ ކޮލެޓީ ރަނގަޅު އަދި ހެޔޮ އަގުގައި ވިއްކޭނެ ޕްރޮޑަކްޓަކަށް ވުމުން ކަމަށެވެ. ނިއުޓްރިޝަންގެ ގޮތުން ބަލާއިރު މިއީ ސިއްހަތަށް ރަނގަޅު ބުއިމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިޔާމީ ޓްރޭޑާސް އިން ލޫނާ ކިރުގެ ބޮޑު ޕްރޮމޯޝަނެއް
އެމްޔޫ ސްޓޯރުން ލެކްނޯ ގަނެގެން ދުބާއީ ދަތުރެއް
އުރީދޫގެ އުމްރާ ދަތުރުގެ 7 ވަނަ ނަސީބުވެރިޔާ ހޮވައިފި
އެސްޓީއޯ "މެގަ ސޭލް"ގައި އަގުހުރި އިނާމުތަކެއް
ދިވެހީންނަށް ސްޕޯޓްސް އިންޖަރީގެ ދުނިޔޭގެ ފެންވަރުގެ ފަރުވާ
ކޮސްމޯ ބައި އެކްސްކޯގައި ބޮޑު ކްލިއަރެންސް ސޭލެއް
އަންހެން ޓީމުގައި މެޑިކަލް ޑޮކްޓަރަކު ނެތް މައްސަލަ
"ސަނީ ސަޓަޑޭ" ޕްރޮމޯޝަން އަންނަ ހޮނިހިރު ދުވަހު
ޖޫސްޕެޓީއަކުން އުފަންވި "ޕެޓީސް" ފެކްޓްރީއަކަށް
ޓޯޓަލްފިޒިއޯ:ހިލޭ ކޮންސަލްޓޭޝަނާއެކު ޒަމާނީ ފިޒިއޯތެރަޕީ