24 އޯގަސްޓް 2021
ފިލްމާއި ތަމްސީލު ކުޅުމުގައި ރާއްޖޭގެ އެންމެ މަތީ ސަފުގައި ގުނާލެވޭ، އަދި އެ ދާއިރާ އިން ސަރުކާރުން ދޭ ޝަރަފުވެރިކަމުގެ އިނާމް ހޯއްދަވާފައިވާ ހުނަރުވެރިޔާ މއ. ޗިޅިޔާވިލާ ޗިޅިޔާ މޫސާ މަނިކު ދާދި ދެންމެއަކު އަވަހާރަވެއްޖެ އެވެ.
ފިލްމާއި ތަމްސީލު ކުޅުމުގައި ރާއްޖޭގެ އެންމެ މަތީ ސަފުގައި ގުނާލެވޭ، އަދި އެ ދާއިރާ އިން ސަރުކާރުން ދޭ ޝަރަފުވެރިކަމުގެ އިނާމް ހޯއްދަވާފައިވާ ހުނަރުވެރިޔާ މއ. ޗިޅިޔާވިލާ ޗިޅިޔާ މޫސާ މަނިކު ދާދި ދެންމެއަކު އަވަހާރަވެއްޖެ އެވެ.
އޭނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ވަރަށް ގިނަ ދުވަސް ފަހުން މިރޭ އައިޖީއެމްއެޗްގައި، އުމުރުފުޅުން 81 އަހަރުފުޅުގަ އެވެ.
ޗިޅިޔާ މޫސާ މަނިކު ވަނީ 1982 އިން ފެށިގެން އާލާކަންފުޅާ އުޅުއްވުމާ ހަމައަށް ފިލްމު ކުޅުއްވައިފަ އެވެ. އޭނާ ފިލްމަކުން އެންމެ ފަހުން ފެނިފައި ވަނީ 2010 ވަނަ އަހަރު އެވެ.
މަޝްހޫރު "ބޮޑުތަކުރުފާނު"ގެ ފިލްމުގައި ވިޔަޒޯރުގެ ކެރެކްޓާ އިން ފިލްމީ ދާއިރާ އަށް ނުކުމެ ވަޑައިގަތް ޗިޅިޔާ މޫސާ މަނިކު ވަނީ 32 ފިލްމެއްގައި ވަރަށް މުހިންމު ބައިތައް ކުޅުއްވައިފަ އެވެ. ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމު އެއް އަހަރު ކުޅުއްވި ބޭފުޅަކީ ވެސް އޭނާ އެވެ. އޭނާގެ ހަތް ފިލްމެއް 1997 ގައި ނުކުތެވެ.
ސްކްރީން ފިލްމުތަކުގެ އިތުރުން ވަރަށް ގިނަ ޓީވީ ޑްރާމާތަކާއި ކުރު ފިލްމާއި ލަވަތައް ވެސް އޭނާ ކުޅުއްވި އެވެ. އޭނާ އަކީ ފިލްމު ކުޅުއްވުމުގެ އިތުރުން ވަރަށް ގިނަ ލަވަ ހައްދަވައި އަދި ވާހަކަ ލިޔުއްވި ބޭފުޅެއް ވެސް މެ އެވެ. މީގެ އިތުރުން އޭނާ އަކީ ދުވަހު ނޫސްތަކުގައި ވަރަށް ހުނަރުވެރި ކާޓޫންތައް ވެސް ކުރެއްސެވި ބޭފުޅެކެވެ. އަދި ލަވަ ވެސް ވިދާޅުވެފައި ވެ އެވެ.
ފިލްމީ ދާއިރާގައި ގައުމީ ފެންވަރުގެ އެވޯޑުތައް ހޯއްދަވައި، އަދި ފިލްމީ ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއަށް ގެންދިއުމަށް ޓަކައި ޗިޅިޔާ މޫސާ މަނިކު ވަނީ ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ.
ކުރީގެ ފިލްމީ ތަރި ޝާކިރުބެ ނިޔާވެއްޖެ
ކުރީގެ މަޝްހޫރު ތަރި ޝާހިދު ނިޔާވެއްޖެ
ކޮމެޑީ އެކްޓަރު އިބްރާހިމްބެ ނިޔާވެއްޖެ
މަޖާ ރޯލްތަކުން ވިދާލި އައިސްތު މަރުވެއްޖެ
ކޮމީޑިއަން ޖޮނީ މަރުވެއްޖެ
ކުރީގެ އެކްޓަރު އަފްރާހް މަރުވެއްޖެ
ފިލްމީ ތަރި މަރުވި ކަމަށް ބެލެވެނީ އޯވަޑޯޒްވެގެން
ކުރީގެ ފިލްމީ ތަރި އައްޔަ މަރުވެފައި އޮއްވާ ފެެނިއްޖެ
ކުއްޖެއްގެ މަރުގައި ޝައްކު އުފެދޭތީ ޕޯސްޓްމޯޓަމް ހަދަނީ
އައްލޫ އަރްޖުން ހައްޔަރުކުރުން؛ އާއިލާއިން ދެކޮޅު!