07 އެޕްރީލް 2019
އެކްޓަރު މުހައްމަދު އަފްރާހް ހަސަން މަރުވެއްޖެ އެވެ.
އެކްޓަރު މުހައްމަދު އަފްރާހް ހަސަން މަރުވެއްޖެ އެވެ.
އޭނާގެ ގާތް މީހަކު މިއަދު "މިހާރު" އަށް ބުނި ގޮތުގައި އުމުރުން 45 އަހަރުގެ އެކްޓަރު މަރުވިކަން އެނގުނީ ރޭ ނިދި ގޮތަށް ހެނދުނު ހޭނުލައިގެން ބެލިއިރު އެވެ. އެއީ ހެނދުނު 11:00 އެހާކަށްހާ އިރު އެވެ.
އަދި އައިޖީއެމްއެޗަށް އަފްރާހް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށްވެ އެވެ.
އަފްރާހުގެ އެކުވެރިޔާ ބުނި ގޮތުގައި އަފްރާހުގެ އެއްވެސް ބޮޑު ބައްޔެއް ހުރިކަން އެނގިފައެއް ނުވެ އެވެ.
ތ. ތިމަރަފުއްޓަން އުފަން އަފްރާހް ވަނީ 90 ގެ އަހަރުތަކާއި 2000 ގެ ކުރީކޮޅާ ހަމައަށް ފިލްމުތަކާއި ޑްރާމާތަކުގައި ސައިޑް ރޯލްތަކެއް ކުޅެފަ އެވެ. އަދި އޭނާ ވަނީ އެކި ސްޓޫޑިއޯތަކުގައި، ފިލްމީ އެކި މަސައްކަތްތައް ކޮށްފަ އެވެ. ނަމަވެސް މިފަހަކަށް އައިސް އަފްރާހަކީ ފިލްމީ މަސައްކަތުގައި ކުރިން އުޅުނު ގޮތަށް ހަރަކާތްތެރިވާ މީހެއް ނޫނެވެ.
އަފްރާހް އުޅުނު ފިލްމުތަކުގެ ތެރޭގައި އަބްދުލް ފައްތާހް 2010 ގައި ގެނެސް ދިން ބިރުވެރި ފިލްމު "ޖިންނި" ފާހަގަކޮށްލެވެ އެވެ.
އަފްރާހުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އެވެ.
މި ފަހުން ވަކިވެ ދިޔަ ފިލްމީ ތަރިންގެ ތެރޭގައި އަލީ އަހުމަދު (ހަތަރު އުދަރެސް އައްޔަ) އަދި ކުރީގެ އެޓޯލްސް މިނިސްޓްރީގެ ޑްރާމާތަކުން ވިދައިލި ބަތަލާ ހަދީޖާ މުހައްމަދު (ހައްޖަ) ހިމެނެ އެވެ.
ކުރީގެ ފިލްމީ ތަރި ޝާކިރުބެ ނިޔާވެއްޖެ
ކުރީގެ މަޝްހޫރު ތަރި ޝާހިދު ނިޔާވެއްޖެ
ކޮމެޑީ އެކްޓަރު އިބްރާހިމްބެ ނިޔާވެއްޖެ
ޗިޅިޔާ މޫސާ މަނިކު އަވަހާރަވެއްޖެ
މަޖާ ރޯލްތަކުން ވިދާލި އައިސްތު މަރުވެއްޖެ
ކޮމީޑިއަން ޖޮނީ މަރުވެއްޖެ
ފިލްމީ ތަރި މަރުވި ކަމަށް ބެލެވެނީ އޯވަޑޯޒްވެގެން
ކުރީގެ ފިލްމީ ތަރި އައްޔަ މަރުވެފައި އޮއްވާ ފެެނިއްޖެ
ކުއްޖެއްގެ މަރުގައި ޝައްކު އުފެދޭތީ ޕޯސްޓްމޯޓަމް ހަދަނީ
އައްލޫ އަރްޖުން ހައްޔަރުކުރުން؛ އާއިލާއިން ދެކޮޅު!