Roadha Mihaaru
މަޖާ ރޯލްތަކުން ވިދާލި އައިސްތު މަރުވެއްޖެ

މަޖާ ރޯލްތަކުން ވިދާލި އައިސްތު މަރުވެއްޖެ

13 ނޮވެމްބަރ 2019

ވަރަށް ގިނަ ފިލްމުތަކާއި ޑްރާމާތަކުގައި މަންމައެއްގެ ރޯލް ކުޅެފައިވާ އައިޝަތު ރަޝީދާ (އައިސްތު) އިއްޔެ މަރުވެއްޖެ އެވެ. އޭނާ އަކީ ފިލްމުތަކާއި އިޝްތިހާރުތަކުގައި ހެއްވާ ރޯލްތައް ކުޅެގެން ވަރަށް ބޮޑު މަޝްހޫރުކަން ހޯދި ބަތޮލާ އެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަރަށް ގިނަ ފިލްމުތަކާއި ޑްރާމާތަކުގައި މަންމައެއްގެ ރޯލް ކުޅެފައިވާ އައިޝަތު ރަޝީދާ (އައިސްތު) އިއްޔެ މަރުވެއްޖެ އެވެ. އޭނާ އަކީ ފިލްމުތަކާއި އިޝްތިހާރުތަކުގައި ހެއްވާ ރޯލްތައް ކުޅެގެން ވަރަށް ބޮޑު މަޝްހޫރުކަން ހޯދި ބަތޮލާ އެކެވެ.

އެނގިފައިވާ ގޮތުގައި، އައިސްތު މަރުވީ އިންޑިއާގެ ޓްރިވެންޑްރަމަށް ސިއްހީ ފަރުވާ އަކަށް ގޮސް އުޅެނިކޮށް ހާޓްއެޓޭކެއް ޖެހިގެންނެވެ.

"އެސްޓާސް މަންމަ"ގެ ނަމުން ފިލްމީ ދާއިރާގައި މުހާތަބުކުރާ އައިސްތު ގިނަ ބައެއްގެ މެދުގައި އެންމެ ބޮޑަށް ފާހަގަކުރެވޭނީ ޔޫސުފް ރަފީއު (ޔޫސޭ)، ރޯދަ މަހު ގެނެސްދޭ ޑްރާމާ "ދިރިއުޅުމަކީ މިއީބާ؟" އިންނެވެ. އޭގެ ވަރަށް ގިނަ އެޕިސޯޑްތަކުގައި އައިސްތު މަސައްކަތް ކޮށްފައިވެ އެވެ.

އޭނާ ކުޅެފައިވާ ފާހަގަކޮށްލެވޭ ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި އަބްދުލް ފައްތާހް ގެނެސްދިން "ހިނިތުންވެލާށޭ ކަލާ" ހިމެނެ އެވެ.

ފިލްމުތަކާއި ޑްރާމާތަކުގެ އިތުރުން އައިސްތު އަކީ އެކި ކަހަލަ ޓީވީ އިޝްތިހާރުތަކުން ވެސް ފެނިފައިވާ މޫނެކެވެ.