23 ޖުލައި 2023
އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ މަޝްހޫރުވެގެން ދިޔަ ޝޯ، "ބަހަބަރު"ގެ އެންމެ ވަރުގަދަ އެއް ތަރި، މ. ހާވިލާ އަހުމަދު ޝާހިދު ހަލީމް މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.
އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ މަޝްހޫރުވެގެން ދިޔަ ޝޯ، "ބަހަބަރު"ގެ އެންމެ ވަރުގަދަ އެއް ތަރި، މ. ހާވިލާ އަހުމަދު ޝާހިދު ހަލީމް މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.
އުމުރުން 72 އަހަރުގައި ޝާހިދު ނިޔާވީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށްފަހު އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން އަންނަނިކޮށެވެ.
ޝާހިދުގެ ދަރިފުޅު މޫސާ ރިލްވާން މިއަދު ބުނީ ބައްޕަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ކުރަމުން ގެންދާތާ މިހާރު މަހެއްހާ ދުވަސްވެއްޖެ ކަމަށާއި ހާލުބޮޑުވެގެން ވެންޓިލޭޓަރުގައި ބާއްވާފައި އޮންނަތާ ވެސް ހަފުތާއެއްހާ ދުވަސްވެއްޖެ ކަމަށެވެ.
ޝާހިދަކީ ޓީވީ ޑްރާމާގެ އިތުރުން ތަމްސީލު ކުޅުމުގައި ވެސް ހުނަރުވެރިއެކެވެ. މާލޭގައި، 80ގެ އަހަރުތަކުގައި އަވަށު ތަމްސީލު ޝޯތަކުގައި ޝާހިދު ވަނީ މުހިންމު ބައިތަކެއް އަދާކޮށްފަ އެވެ. އޭގެ ފަހުން، ޓީވީއެމުން އުފެއްދި "ބަހަބަރު" އަކީ، އޭނާގެ ހެއްވާ އަދި މަޖާ ވަރުގަދަ ޝަހުސިއްޔަތުތަކެއް ފެނިގެންދާ ސީރީޒެކެވެ. އެ ސީރީޒް އަދިވެސް އާންމުންގެ ތެރޭގައި ވަރަށް މަގުބޫލެވެ.
"ބަހަބަރު"ގެ މައިގަނޑު ހަތަރު ކެރެކްޓާ ކަމަށްވާ ފީބޯ މުހަންމަދު މަނިކާއި ކޮއްޔަ ހަސަން މަނިކާއި ކުޑަދޮން ވެސް މިހާރު ވަނީ ދުނިޔެ ދޫކޮށްފަ އެވެ.
ޝާހިދު ވަނީ، ދިވެހި އަދަބިއްޔާތަށް ވެސް ވަރަށް ގިނަ ހިދުމަތްތައް ކޮށްދީފަ އެވެ. އޭނާގެ ޅެންތައް ރާއްޖޭގެ އެކި ނޫސްތަކުގައި ކުރިން ޝާއިއުކުރި އެވެ. އަދި، މުނިފޫހިފުލުވުމުގެ ރޮނގުން އޭނާ އަށް ސަރުކާރުން ވަނީ އާންމު ހިދުމަތުގެ އިނާމް ވެސް ދީފަ އެވެ.
ޝާހިދުގެ އަށް ކުދިން ދުނިޔޭގައި އެބަތިއްބެވެ.
ކުރީގެ ފިލްމީ ތަރި ޝާކިރުބެ ނިޔާވެއްޖެ
ކޮމެޑީ އެކްޓަރު އިބްރާހިމްބެ ނިޔާވެއްޖެ
ޗިޅިޔާ މޫސާ މަނިކު އަވަހާރަވެއްޖެ
މަޖާ ރޯލްތަކުން ވިދާލި އައިސްތު މަރުވެއްޖެ
ކޮމީޑިއަން ޖޮނީ މަރުވެއްޖެ
ކުރީގެ އެކްޓަރު އަފްރާހް މަރުވެއްޖެ
ފިލްމީ ތަރި މަރުވި ކަމަށް ބެލެވެނީ އޯވަޑޯޒްވެގެން
ކުރީގެ ފިލްމީ ތަރި އައްޔަ މަރުވެފައި އޮއްވާ ފެެނިއްޖެ
ކުއްޖެއްގެ މަރުގައި ޝައްކު އުފެދޭތީ ޕޯސްޓްމޯޓަމް ހަދަނީ
އައްލޫ އަރްޖުން ހައްޔަރުކުރުން؛ އާއިލާއިން ދެކޮޅު!