Roadha Mihaaru
ޝްވޭތާގެ ދަރިފުޅު ތައާރަފްކުރާ ފިލްމުގެ ޓީޒާއެއް

ޝްވޭތާގެ ދަރިފުޅު ތައާރަފްކުރާ ފިލްމުގެ ޓީޒާއެއް

23 އޯގަސްޓް 2021

ކުރީގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގައި ޕްރޭނާގެ ރޯލު ކުޅެގެން މަޝްހޫރުވި ބަތަލާ ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަކަލް ތިވާރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ރޯޒީ: ދަ ސެފްރޯން ޗެޕްޓާގެ ޓީޒާއެއް ޕަލަކާ އެކު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގައި ޕްރޭނާގެ ރޯލު ކުޅެގެން މަޝްހޫރުވި ބަތަލާ ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަކަލް ތިވާރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ރޯޒީ: ދަ ސެފްރޯން ޗެޕްޓާގެ ޓީޒާއެއް ޕަލަކާ އެކު ދައްކާލައިފި އެވެ.

މި ފިލްމަކީ ވިޝާލް މިޝްރާ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ރޯޒީ" ގައި ކިޔަދޭނީ ކޯލް ސެންޓަރެއްގައި މަސައްކަތްކުރާ ޒުވާން އަންހެން ކުއްޖަކަށް ދިމާވާ ބިރުވެރި ހާދިސާތަކެއްގެ ވާހަކަ އެވެ. މި ފިލްމުގެ ކާސްޓްގައި ސޮނީ ޓީވީން ގެނެސްދިން ސިލްސިލާ "ބޭހަދު 2" ގެ ބަތަލު ޝިވިންގް ނަޔަރާއި އަރްބާޒް ޚާނާއި މަޝްހޫރު ބަތަލާ ކާޖޮލްގެ ކޮއްކޮ ތަނީޝާ މުކަރްޖީގެ އިތުރުން ވިޝްވަޖީތު ޕްރަދާން ވެސް ހިމެނެ އެވެ.

"ރޯޒީ" އަކީ "ފެނީ ޚާން" އާއި "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ޕްރޭނާ އަރޯރާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމެކެވެ. މި ފިލްމު މިދިޔަ އަހަރު އިއުލާންކުރީ އެކްޓަރު ވިވެކް އޮބެރޯއީގެ އަމިއްލަ ފިލްމު ކުންފުނި އޮބެރޯއީ މެގަ އެންޓަޓައިންމަންޓުން ހަދާ ފިލްމެއްގެ ގޮތުގަ އެވެ. އަދި އޭނާ "ރޯޒީ" ގެ ރޯލެއް ވެސް ކުޅޭ ގޮތަށެވެ. ނަމަވެސް މިހާރު މި ފިލްމުގައި ވިވެކް އެއްވެސް ބައިވެރިވުމެއް ނެތެވެ.

ރިލީޒްކުރާނެ ތާރީހު ވަރަށް އަވަހަށް އިއުލާންކޮށް، ރަސްމީ ޓްރެއިލާ ވެސް އާންމުކުރަން ހަމަޖެހިފައިވާ "ރޯޒީ" ގެ ލަވައެއް އަންނަ ހަފުތާގައި އާންމުންނަށް ދޫކޮށްލާނެ އެވެ.

ސިލްސިލާތައް ކުޅެގެން ޝްވޭތާ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމަކާއި ލޯބި ހޯދާފައިވާތީ އޭނާގެ ދަރިފުޅު ޕަލަކް، 20، ގެ އެކްޓިން ފެންނާނެ ފުރަތަމަ ފިލްމަކީ ވަރަަށް ގިނަ ބަޔަކު ވަރަށް އިންތިޒާކުރާނެ ފިލްމެކެވެ. ޝްވޭތާ، 40، އަކީ މިހާރު ކަލާޒް އިން ދައްކާ ސްޓަންޓް ޝޯ "ހަތުރޯން ކޭ ކިލާޅީ" ސީޒަން 11 ގެ ބައިވެރިއެކެވެ.