Roadha Mihaaru
އަޔޫޝްމަން އަނެއްކާ ވެސް ތަފާތު ކޮންސެޕްޓަކާ އެކު

އަޔޫޝްމަން އަނެއްކާ ވެސް ތަފާތު ކޮންސެޕްޓަކާ އެކު

10 ނޮވެމްބަރ 2021

ފިލްމު ކުޅެން ފެށީއްސުރެ މިހާތަނަށް މުޅިން ވެސް ބޮލީވުޑްގެ އާންމު ކޮންސެޕްޓްތަކާ މުޅިން ހިލާފު ފިލްމުތަކެއް ކުޅެމުން އަންނަ އެކްޓަރު އަޔޫޝްމަން ކްރާނާ އަނެއްކާ ވެސް ތަފާތު ކޮންސެޕްޓަކާ އެކު ބެލުންތެރިންނާ ބައްދަލު ކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމު ކުޅެން ފެށީއްސުރެ މިހާތަނަށް މުޅިން ވެސް ބޮލީވުޑްގެ އާންމު ކޮންސެޕްޓްތަކާ މުޅިން ހިލާފު ފިލްމުތަކެއް ކުޅެމުން އަންނަ އެކްޓަރު އަޔޫޝްމަން ކްރާނާ އަނެއްކާ ވެސް ތަފާތު ކޮންސެޕްޓަކާ އެކު ބެލުންތެރިންނާ ބައްދަލު ކުރަން ތައްޔާރުވެއްޖެ އެވެ.

މިދިޔަ އަހަރު "ގުލާބޯ ސިތާބޯ" އާއި "ޝުބް މަންގަލް ޒާދާ ސާވްދާން" އިން ފެނިގެން ދިޔަ އެކްޓަރުގެ އާ ފިލްމަކީ އަންނަ މަހުގެ 10 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ރޮމޭންޓިކް ޑްރާމާ "ޗަންދީގަޅު ކަރޭ އާޝިގީ" އެވެ. މި ފިލްމަކީ ފިޓްނެސް އަށް ވަރަށް ބޮޑަށް މަސައްކަތްކުރާ މީހެއްގެ ރޯލުން ފެންނާނެ ފިލްމެކެވެ.

މިއީ މިހާތަނަށް އޭނާ ހަށިގަނޑަށް ގެނައި އެންމެ ބޮޑު ބަދަލު ފެންނާނެ ފިލްމެވެ.

"ކޭދަރުނާތު" އާއި "ރޮކް އޯން" އަދި "ފިތޫރު" ފަދަ ފިލްމުތައް ގެނެސްދިން އަބީޝެކް ކަޕޫރް ޑައިރެކްޓް ކޮށްފައިވާ "ޗަންދީގަޅު ކަރޭ އާޝިގީ" އަކީ ޓްރާންސްޖެންޑާ އަންހެނަކާ، އަޔޫޝްމަނަށް ހިތާވެވުމުން ދިމާވާ ހާދިސާތަކެއް ފެނިގެން ދާނެ އެއްޗެކެވެ.

އެއީ ޖިންސު ބަދަލުކޮށްފައިވާ މީހެއްކަން ނޭނގި ލޯބީގެ ކުޅިގަނޑު ފެށި، ދެ މީހުންގެ ގުޅުން ވަރަށް ސީރިއަސް ހިސާބަކަށްދާ ފަހުން، އަޔޫޝްމަނަށް އޭނާގެ ލޯބިވެރިޔާ އަކީ ޓްރާންސްޖެންޑާއެއްކަން އެނގުމުން ކުރިމަތިވާ އެތައް ކަމެއް ފިލްމުން ފެނިގެންދާނެ އެވެ.

"ޗަންދީގަޅު ކަރޭ އާޝިގީ" ގައި ޓްރާންސްޖެންޑާ ކެރެކްޓާ ކުޅެފައި ވާނީ ކަޕޫރެވެ. އޭނާގެ އެންމެ ފަހުން ފެނިފައި ވަނީ އޮގަސްޓް މަހު ރިލީޒްކުރި އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" އިންނެވެ.

"ޗަންދީގަޅު ކަރޭ އާޝިގީ" ގެ ޓްރެއިލާ އިން މި ފިލްމަކީ ވަރަށް ޝައުގުވެރި އަދި ބެލުންތެރިން ވަރަށް ޖަޒުބާތީ ކޮށްލާނެ ކަހަލަ ފިލްމަކަށްވާނެ ކަމުގެ ކުލަވަރު ގެނެސްދެ އެވެ. އަދި ފިލްމަށް ކުރެވޭ އުންމީދު ވަރަށް ބޮޑު ކަމަށް، އެއަށް ކޮމެންޓް ވެސް ކުރި އެތައް ބަޔަކު ބުނެފައިވެ އެވެ.

ޔަގީނުން ވެސް "ޗަންދީގަޅު ކަރޭ އާޝިގީ" އަކީ އަޔޫޝްމަންގެ ފޭނުން އުފާކޮށްދޭ ވަރުގެ ފިލްމަކަށް ވާނެ އެވެ. ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އަނޭކް" އާއި "ޑޮކްޓަރު ޖީ" ގެ އިތުރުން "އެކްޝަން ހީރޯ" ހިމެނެ އެވެ.