Roadha Mihaaru
އަބީޝެކްގެ "ބޮބް ބިސްވާސް" ޑިސެމްބަރު 3 ގައި

އަބީޝެކްގެ "ބޮބް ބިސްވާސް" އަންނަ މަހުގެ 3 ގައި

20 ނޮވެމްބަރ 2021

އާއިލާއާ އަކީ މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަންގެ އާ ފިލްމު "ބޮބް ބިސްވާސް" އަންނަ މަހުގެ 3 ގައި ޒީ5 އިން ޕްރީމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާއިލާއާ އަކީ މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަންގެ އާ ފިލްމު "ބޮބް ބިސްވާސް" އަންނަ މަހުގެ 3 ގައި ޒީ5 އިން ޕްރީމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

މި ފިލްމަކީ ޝާހްރުކް ޚާންގެ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ޕްރޮޑިއުސް ކޮށްފައިވާ ކްރައިމް ތުރިލާއެކެވެ. "ބޮބް ބިސްވާސް" އަކީ ޑައިރެކްޓަރު ސުޖޯއި ގޯޝް 2012 ގައި ވިދިޔާ ބާލަންއާ އެކު ގެނެސްދިން "ކަހާނީ" ގައި މަޝްހޫރު ބެންގާލީ އެކްޓަރު ސަސްވަތާ ޗެޓަޖީ ކުޅުނު "ނުރައްކާތެރި" ކެރެކްޓާ ބޮބް ވިސްވާސް އިން ކުރިފަޅުވައިގެން ހަދާފައިވާ އެއްޗެކެވެ. މީގެ ޑައިރެކްޓަރަކީ ސުޖޯއިގެ ދަރިފުޅު ދިޔާ އައްނަޕޫރްނާ ގޯޝް އެވެ.

"ބޮބް ބިސްވާސް" ގެ ކާސްޓްގައި ޗިތުރަންގަދާ ސިންގް އާއި ދިތީޕްރިޔާ ރޯއި ވެސް ހިމެނެ އެވެ.

އެކްޓަރު އަމީތާބްގެ ދަރިފުޅު އަދި މަޝްހޫރު ބަތަލާ އައިޝްވާރިއާގެ ފިރިމީހާ، އަބީޝެކްގެ މި ފިލްމު ޑިޖިޓަލްކޮށް ޕްރީމިއާ ކުރަން ނިންމި އިރު، އޭނާގެ ފިލްމަކީ ޑިޖިޓަލްކޮށް ޕްރީމިއާކުރި އެއްޗެކެވެ. އެއީ އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށް، ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން އެޕްރީލް ގައި ޕްރީމިއާކުރި "ދަ ބިގް ބުލް" އެވެ.

އަބީޝެކްގެ ކުރިއަށް ޕްރޮޖެކްޓްތަކުގެ ތެރޭގައި "ދާސްވީ" އާއި މިދިޔަ އަހަރުގެ ވެބް ސީރީޒް "ބްރީތު: އިން ޓު ދަ ޝެޑޯސް" ގެ އާ ސީޒަން ހިމެނެ އެވެ.