07 ޑިސެމްބަރ 2021
މިހާރު ފިލްމުތައް ކުޅޭ މިންވަރު ވަރަށް ބޮޑަށް މަދުކޮށްފައިވާ ބޮލީވުޑްގެ ބަތަލާ އައިޝްވާރިއާ ރާއީ "ދަ ލެޓާ" ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މިހާރު ފިލްމުތައް ކުޅޭ މިންވަރު ވަރަށް ބޮޑަށް މަދުކޮށްފައިވާ ބޮލީވުޑްގެ ބަތަލާ އައިޝްވާރިއާ ރާއީ "ދަ ލެޓާ" ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.
އަންނަ އަހަރު ޑައިރެކްޓަރު މަނީ ރަތުނަމްގެ "ޕޮނިޔިން ސެލްވަން" ޕާޓް ވަންއިން ފެންނާނެ ބަތަލާ ސޮއިކުރި އާ ފިލްމަކީ އިންޑިއާގެ ކުރީގެ މަޝްހޫރު ލިޔުންތެރިޔާ ރަބިންދުރަނާރު ޓެގޯރްގެ ފޮތް "ތުރީ ވިމެން" އަށް ބިނާކޮށް ހަދާ އެއްޗެކެވެ.
މީގައި ކިޔައިދީފައިވަނީ ޓެގޯރްގެ ފަހަރިއެއް ކަމަށްވާ ކަދަމްބާރީ ދޭވީގެ ހަޔާތުގެ ސޮފުހާތަކެވެ.
"ދަ ލެޓާ" ގެ ޑައިރެކްޓަރަކީ މަޝްހޫރު ތިއޭޓަރު ޑައިރެކްޓަރު/ލިޔުންތެރިޔާ އަދި ފިއުޝަން ލަވަކިޔުންތެރިޔާ އިޝީތާ ގަންގޫލީ އެވެ. އޭނާ ނިއުސް 18 އަށް ބުނީ ޑައިރެކްޓްކުރާ ފުރަތަމަ ފީޗާގެ ފިލްމުގެ ބަތަލާގެ ރޯލަށް އައިޝްވާރިއާ އެއްބަސްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.
"ސްކްރިޕްޓް ވަރަށް ބޮޑަށް ކަމުދިޔައިމަ އޭޝް ފިލްމަށް އެއްބަސްވީ. އަހަރެން މިހާރު މިހުރީ މީގެ މަސައްކަތް ވެސް ފަށަން ކެތްމަދުވެފައި." އިޝީތާ ބުންޏެވެ.
އޭނާ ބުނީ "ދަ ލެޓާ" ހަދާނީ އިނގިރޭސި ބަހުން ކަމަށާއި އެގޮތަށް ނިންމީ ވެސް އައިޝްވާރިއާގެ ލަފާގެ މަތިން ކަމަށެވެ.
"ފުރަތަމަ ޑިސްކަސްކުރެވުނީ ހިންދީ ބަހުން ފިލްމު ހަދަން. އެކަމަކު އޭޝް ދިން ހިޔާލަކަށް މީތި އިނގިރޭސި ބަހުން ހަދަން ނިންމީ. މީގެ ވާހަކައިގައި އެމެރިކާގެ ފާޑުވެރިކަން ބޮޑުވީމަ އަހަރެމެން ފިލްމު ގެނެސްދޭނީ އިންޑޯ-އެމެރިކަން ފިލްމެއްގެ ގޮތުގައި." އިޝީތާ ބުންޏެވެ.
ކުރީގެ މިސް ވޯލްޑް އަދި އެކްޓަރު އަބީޝެކް ބައްޗަންގެ އަންހެނުން އައިޝްވާރިއާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ ކަރަން ޖޯހަރްގެ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނެ "ޕޮނިޔިން ސެލްވަން" އަކީ ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ. އައިޝްވާރިއާ ޑަބަލް ރޯލަކުން ފެންނާނެ ފިލްމުގެ ފުރަތަމަ ބައި އަންނަ އަހަރު ގެނެސްދޭ ގޮތަށް އޮތަސް އަދި ސީދާ ވަކި ތާރީހެއް ހާމައެއް ނުކުރެ އެވެ.
އައިޝްވާރިއާ "ޕޮނިޔިން ސެލްވަން" ކުޅޭކަން ކަށަވަރު
މިސް ޔުނިވާސް ހަޒްނާޒް ވެސް ބޮލީވުޑާ ދިމާލަށް
އަބީޝެކްގެ "ބޮބް ބިސްވާސް" ޑިސެމްބަރު 3 ގައި
ސަލީމް ބުނަނީ އަމީތާބް ރިޓަޔާކުރަން ވެއްޖެ ކަމަށް
އައިޝްވާރިއާގެ އާ ފިލްމު އަންނަ އަހަރުގެ މެދުތެރޭގައި
އާ ފިލްމުގައި އައިޝްވާރިއާ ފެންނާނެ ގޮތް އާންމުވެއްޖެ
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
ބައްޗަންގެ އާއިލާގެ އެންމެންނަށް މަސައްކަތުގެ އަހަރެއް
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟
އަބީޝެކްގެ އުންމީދަކީ އައިޝްވާރިޔާއާ އެކު ފިލްމެއް