16 ޑިސެމްބަރ 2020
އަނބިމީހާ، މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީއާ އެކީ އަލުން ފިލްމެއް ކުޅެން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ދެ މީހުން އެކީގައި މަސައްކަތްކުރާ ކޮންމެ ފިލްމަކުން އެކްޓިން އަށް ކުރިއެރުންތަކެއް ލިބޭ ކަމަށް އަބީޝެކް ބައްޗަން ބުނެފި އެވެ.
އަނބިމީހާ، މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީއާ އެކީ އަލުން ފިލްމެއް ކުޅެން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ދެ މީހުން އެކީގައި މަސައްކަތްކުރާ ކޮންމެ ފިލްމަކުން އެކްޓިން އަށް ކުރިއެރުންތަކެއް ލިބޭ ކަމަށް އަބީޝެކް ބައްޗަން ބުނެފި އެވެ.
އެ ދެ މީހުން އެކީގައި މިހާތަނަށް އަށް ފިލްމެއްގައި މަސައްކަތްކޮށްފައިވާ އިރު އެންމެ ފަހުން އެކީގައި ކުޅުނު ފިލްމަކީ 2010 ގެ "ރާވަން" އެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރިން އައިޝްވާރިއާ އާއި އަބީޝެކް "ގުލާބް ޖާމޫ" ކިޔާ ފިލްމަކަށް ސޮއި ވެސް ކުރި އެވެ. އެއީ އަބީޝެކާ އެކު 2018 ގެ "މަންމަރުޒިޔާ" ގެނެސްދިން ޑައިރެކްޓަރު އަނޫރާގް ކެޝަޕްގެ ފިލްމެކެވެ.
"ގުލާބު ޖާމޫ" ގެ މަސައްކަތް ހުއްޓުނީ ފަހުން އައިޝްވާރިޔާ އާއި އަބީޝެކް ސްކްރިޕްޓަށް ބަދަލުތަކެއް ގެންނަން އެދުނު ހިސާބުން ކަމަށްވެ އެވެ. އެ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަބީޝެކް ބުނީ "ގުލާބް ޖާމޫ" އަލުން ހަދާނެތޯ ނޫންތޯ ބުނަން ނޭނގޭ ކަމަށެވެ.
"އެކަމަކު އަނޫރާގާ އެކު އަހަރެން އަދިވެސް ބޭނުން މަސައްކަތްކުރަން. މަންމަރުޒިޔާގެ ތަޖުރިބާ ވަރަށް ފުރިހަމަ." އަބީޝެކް ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ވިކީ ކޯޝަލާއި ތާޕްސީ ޕައްނޫއާ އެކު އަބީޝެކް ކުޅުނު "މަންމަރުޒިޔާ" ގެ ސީކްއަލްއެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.
އައިޝްވާރިޔާއާ އެކު މަސައްކަތް ކުރުމާ ބެހޭ ގޮތުން އަބީޝެކް ބުނީ އެ ދެ މީހުން ތިބީ އެފަދަ ޕްރޮޖެކްޓެއްގެ އިންތިޒާރުގައި ކަމަށެވެ.
"އަބަދު ވެސް އަހަރެން ބޭނުންވާ އޭޝްއާ އެކު މަސައްކަތްކުރަން. އެއީ އަހަރެން އެންމެ ގަޔާވާ ކޯސްޓާރު ވެސް މެ. އަނެއްކޮޅުން އޭޝްއާ އެކު މަސައްކަތްކުރީމަ އަހަރެންގެ ޕަފޯމަންސް ރަނގަޅުވާ ކަމަށް ގަބޫލުކުރަން،" އަމީތާބް ބައްޗަންގެ ދަރިފުޅު ބުންޏެވެ. "މިހާތަނަށް އަހަރެމެން ދެ މީހުންނަށް އެކީގައި ވަރަށް ކާމިޔާބު މަސައްކަތަކެއް ވެސް ކުރެވިއްޖެ. އުންމީދުކޮށްގެން މި ތިބީ ވަރަށް އަވަހަށް އަނެއްކާ ވެސް އަލުން އެކީގައި މަސައްކަތްކޮށްލެވޭ ކަހަލަ ޕްރޮޖެކްޓެއް ލިބޭނެ ކަމަށް."
މި ފަހުން އައިޝްވާރިޔާގެ އެއްވެސް އަޑެއްބެޑެއް ނީވެ އެވެ. އޭނާގެ ވާހަކަތަކެއް އެންމެ ފަހުން ދެކެވުނީ ޖޫން މަހުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަން ޖެހުމުންނެވެ. މިސް ވޯލްޑްގެ ތާޖު 1994 ގައި ހޯދި ބަތަލާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2016 ގައި ކަރަން ޖޯހަރް ގެނެސްދިން "އޭ ދިލް ހެ މުޝްކިލް" އެވެ.
ރިޕޯޓްތައް ބުނާގޮތުން އައިޝްވާރިޔާ ކުޅުނު "ރާވަން" އާއި "ގުރޫ" ފަދަ ފިލްމުތަކުގެ ޑައިރެކްޓަރު މަނީ ރަތުނަމް ހަދާ ތާރީހީ ބޮޑު ފިލްމު "ޕޮނިޔަން ސެލްވަން" ގެ ބަތަލާ އަކީ އައިޝްވާރިއާ އެވެ. އެ ފިލްމު މި އަހަރުގެ ކުރީކޮޅު ރަސްމީކޮށް އިއުލާންކުރި ނަމަވެސް ކޮވިޑާ ހެދި ފަހުން ވަނީ އޭގެ މަސައްކަތް މަޑުޖައްސާލައިފަ އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ޕޮނިޔިން ސެލްވަން" އަކީ ހުނަރުވެރި ރީތި ބަތަލާ ޑަބަލް ރޯލެއް ކުޅޭނެ ފިލްމެކެވެ.
އައިޝްވާރިޔާ އާއި އަބީޝެކް އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ރާވަން" އާއި "ގްރޫ" ގެ އިތުރުން އުމްރާއޯ ޖާން (2006)، ދޫމް 2 (2006)، ކުޗް ނާ ކަހޯ (2003) އަދި ދާއި އަކްޝަރު ޕްރޭމް ކޭ (2000) ހިމެނެ އެވެ.
އައިޝްވާރިޔާ އެކްޓިންއާ މިހާރު ތަންކޮޅެއް ދުރުގައި ހުއްޓަސް އަބީޝެކް އަންނަނީ ފިލްމީ މަސައްކަތްތައް ކުރަމުންނެވެ. މިދިޔަ މަހު ނެޓްފްލިކްސް އިން ޕްރިމިއާކުރި "ލޫޑޯ" ގެ ކާސްޓްގައި ވެސް ހިމެނޭ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ބިގް ބުލް" އާއި "ބޮބް ބިސްވާސް" އަދި "ދާސްވީ" ހިމެނެ އެވެ.
އައިޝްވާރިއާ އަށް "ދަ ލެޓާ"
އަބީޝެކްގެ "ބޮބް ބިސްވާސް" ޑިސެމްބަރު 3 ގައި
ސަލީމް ބުނަނީ އަމީތާބް ރިޓަޔާކުރަން ވެއްޖެ ކަމަށް
އައިޝްވާރިއާ "ޕޮނިޔިން ސެލްވަން" ކުޅޭކަން ކަށަވަރު
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
ބައްޗަންގެ އާއިލާގެ އެންމެންނަށް މަސައްކަތުގެ އަހަރެއް
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟
މިސް ޔުނިވާސް ހަޒްނާޒް ވެސް ބޮލީވުޑާ ދިމާލަށް
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
ދީޕަކް ތިޖޯރީގެ ދަރިފުޅު ވެސް ބޮލީވުޑަށް