04 ޑިސެމްބަރ 2021
ނުވަދިހައިގެ އަހަރުތަކުގައި ހިންދީ ފިލްމުތަކުން މަޝްހޫރުވި އެކްޓަރެއް ކަމަށްވާ ދީޕިކް ތިޖޯރީގެ އަންހެން ދަރިފުޅު ސަމާރާ ތިޖޯރީ ވެސް އެކްޓިން ދަތުރު ފަށައިފި އެވެ.
ނުވަދިހައިގެ އަހަރުތަކުގައި ހިންދީ ފިލްމުތަކުން މަޝްހޫރުވި އެކްޓަރެއް ކަމަށްވާ ދީޕިކް ތިޖޯރީގެ އަންހެން ދަރިފުޅު ސަމާރާ ތިޖޯރީ ވެސް އެކްޓިން ދަތުރު ފަށައިފި އެވެ.
އޭނަގެ ފުރަތަމަ ފިލްމަކީ ހުކުރު ދުވަހު ޒީ5 އިން ޕްރީމިއާކުރި އަބީޝެކް ބައްޗަންގެ ކްރައިމް ތުރިލާ "ބޮބް ބިސްވާސް" އެވެ. ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް، ދިޔާ އައްނަޕޫރްނާ ގޯޝް ޑައިރެކްޓް ކޮށްފައިވާ ފިލްމުގައި ސަމާރާ ކުޅެފައި ވަނީ އަބީޝެކާއި ބަތަލާ ޗިތުރަންގަދާ ސިންގްގެ ދަރިފުޅު މިނީގެ ރޯލެވެ.
"ބޮބް ބިސްވާސް" އިން ބޮލީވުޑަށް ނުކުތް އިރު، އޭނާ 2018 ގައި ކިޔެވުން ނިންމާލައި އެކްޓިން ދަސްކުރަން ފެށި އެވެ. އަދި އެކްޓް ކުރުމުގެ ކުރިން ބައެއް ފިލްމުތަކުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ސަމާރާ މަސައްކަތް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ވަރުން ދަވަނާއި ޖޯން އަބްރަހަމްގެ 2016 ގެ "ޑިޝޫމް" އާއި ވިކީ ކޯޝަލްގެ މިދިޔަ އަހަރުގެ ފިލްމު "ބޫތު: ޕާޓް ވަން-ދަ ހޯންޓެޑް ޝިޕް" ހިމެނެ އެވެ.
ސަމާރާގެ ބައްޕަ ދީޕަކް، 60، އަކީ ވަރަށް ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި "އާޝިގީ"، "އަންޖާން"، "ކިލާޅީ"، "ޖޯ ޖީތާ ވޮހީ ސިކަންދަރު"، "ގުލާމް" އަދި "ބާދުޝާ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
ދީިޕަކް އަކީ ފިލްމުތަކެއް ޑައިރެކްޓް ވެސް ކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި ޓޮމް، ޑިކް އެންޑް ހެރީ (2006) އަދި ދޯ ލަފުޒޯން ކީ ކަހާނީ (2016) ހިމެނެ އެވެ.
ސަމާރާ، 24، އެކްޓިން އަށް ނުކުތް ފިލްމު "ބޮބް ބިސްވާސް" އަކީ ޑައިރެކްޓަރު ސުޖޯއި ގޯޝް ވިދިޔާ ބާލަންއާ އެކު 2012 ގައި ގެނެސްދިން "ކަހާނީ" ގައި ހިމެނުނު ކެރެކްޓާއެއް ކަމަށްވާ ބޮބް ބިސްވާސް އަށް ބިނާކޮށް ހެދި ފިލްމެކެވެ، ބެންގާލީ އެކްޓަރު ސަސްވަތާ ޗެޓަޖީ ކުޅުނު ރޯލު އަބީޝެކް ކުޅުނު "ބޮބް ބިސްވާސް" ގެ ޑައިރެކްޓަރު ދިޔާ އަކީ ސުޖޯއިގެ ދަރިފުޅެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަބީޝެކްގެ "ބޮބް ބިސްވާސް" ޑިސެމްބަރު 3 ގައި
އާޗީގެ ރޯލު އަމީތާބްގެ ކާފަދަރި އަގަސްޓިއާ އަށް؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް