ރާއްޖޭގެ "ކަނޑުގެ ބަގީޗާތައް" ޕްރޮމޯޓްކުރުމުގެ ގޮތުން ޓީއެމްއޭގެ ބޯޓެއްގެ ކުރެހުންތަކަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.
13 އޯގަސްޓް 2021
ރާއްޖޭގެ "ކަނޑުގެ ބަގީޗާތައް" ޕްރޮމޯޓްކުރުމުގެ ގޮތުން ޓީއެމްއޭގެ ބޯޓެއްގެ ކުރެހުންތަކަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.
ޓީއެމްއޭ އިން ބުނީ އާ ޑިޒައިނާ އެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްވެ، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދިރުންތައް އާލާކުރުމަށް މީހުން ހޭލުންތެރިވާނެ ކަމަށެވެ. ކަނޑުގެ ދިރުންތައް ޕްރޮމޯޓްކުރުމުގެ ގޮތުން ޓީއެމްއޭގެ ބޯޓުގެ ޑިޒައިން ރަސްމީކޮށް މިދިޔަ ހަފްތާގައި ވަނީ ލޯންޗުކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ބައިވެރިވެވަޑައިގަތެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މައުސޫމު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ޓީއެމްއޭގެ ބޮޑު ހިއްސާއެއް އޮންނަ ކަމަށާއި އެކުންފުންޏަކީ ދިވެހިންގެ ވެސް ބޮޑު ހިއްސާއެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވީ، އެ ކުންފުންޏަކީ ބޭރުގެ ކުންފުންޏެއް ނަމަވެސް 75 ޕަސެންޓް ޕައިލެޓުންނާއި 90 ޕަސެންޓް އިންޖިނިއަރުންނަކީ ދިވެހިންކަމެވެ.
ޓީއެމްއޭގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ، އެންމެ ހަތަރު ފަސިންޖަރުންނާ އެކު ފެށި ޓީއެމްއޭއަށް މިލިއަނުން މިހާރު ފަސިންޖަރުން ދަތުރުކުރާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓީއެމްއޭގެ ހިދުމަތްތައް ފުޅާކުރަން އަންނަ ސެޕްޓެމްބަރުގައި އޭޓީއާރް މަތިންދާބޯޓުތައް ގެންނާނެ އެވެ. އެއާ އެކު ޑޮމެސްޓިކް ދަތުރުތައް ފަށާނެ އެވެ.
ޓީއެމްއޭއަކީ ދުނިޔޭގައި ވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮތް ކުންފުންޏެވެ. އެ ކުންފުނިން މި ވަގުތު 56 ސީޕްލޭން އޮޕަރޭޓް ކުރެ އެވެ. ސީ ޕްލޭންގެ ގިނަ ދަތުރުތައް ކުރަނީ ރިސޯޓުތަކަށެވެ.
ޓީއެމްއޭ އިން ކަނޑާލި މީހުންނަށް އަލުން ވަޒީފާ ދެނީ
ޓީއެމްއޭ އިން އައްޑޫގައި ސީ ޕްލޭން އޮޕަރޭޝަން ފަށައިފި
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޓޫރިސްޓުންގެ އަދަދު 1.5 މިލިއަން ހުރަސްކޮށްފި
ޓޫރިސްޓުންނާ ގުޅޭ ހަރަކާތްތަކަށް ހާއްސަ ޕްލެޓްފޯމެއް
އިންޑިއާ މާކެޓް ހޯދަން ކުރާ މަސައްކަތުން ކުރިއެރުން
މޯލްޑިވިއަންއިން އެފްއައިޓީ ފެއާގެ އަގު ހެޔޮކޮށްފި
ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ކުރުވަނީ
ޗައިނާ ޓޫރިސްޓުން އިތުރުކުރަން ސަފީރުގެ ހުށަހެޅުންތަކެއް
ޖަރުމަނުން ވެސް އެއް ލައްކަ ޓޫރިސްޓުން