29 ނޮވެމްބަރ 2016
ޕާކިސްތާނު އަންހެނެއްގެ ބުޅާ މަރުވީ، އެ ބުޅަލަށް ފަރުވާ ދިން ޖަނަވާރުންގެ ހާއްސަ ޑޮކްޓަރުގެ އިހުމާލުން ކަމަށް ބުނެ ބަދަލުގައި ދެ ލައްކަ ޑޮލަރު ހޯދަން ޑޮކްޓަރުގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕާކިސްތާނު އަންހެނެއްގެ ބުޅާ މަރުވީ، އެ ބުޅަލަށް ފަރުވާ ދިން ޖަނަވާރުންގެ ހާއްސަ ޑޮކްޓަރުގެ އިހުމާލުން ކަމަށް ބުނެ ބަދަލުގައި ދެ ލައްކަ ޑޮލަރު ހޯދަން ޑޮކްޓަރުގެ މައްޗަށް ދައުވާކޮށްފި އެވެ.
ބުޅަލުގެ ވެރިމީހާ އަދި ގާނޫނީ ވަކީލް ސުންދުސް ހޫރައިން ބުނީ އޭނާގެ ބުޅާ ޑރ. ފައިސަލް ޚާންގެ ކްލިނިކަށް ގެންދިޔައީ އާދައިގެމަތިން، ބުޅަލުގެ ހާލަތު ދެނެގަތުމަށް ކަމަށެވެ.
"ގެންދިއުމުން ބުނީ ބުޅާ އެޑްމިޓްކޮށްފައި ބާއްވަން. އަދި އަނެއް ދުވަހު ބަލާ އަންނަން،" ހޫރައިން ބުނެފައިވެ އެވެ.
ޑޯން ނިއުސް އިން ހޫރައިންއާ ހަވާލާދީ ބުނީ އެ ދުވަހު ހަވީރު ބުޅާ ގެޔަށް ގެންދިޔަތަނާ ކުއްލިއަކަށް ބަލިވީ ކަމަށާއި އެހެން ޑޮކްޓަރަށް ދައްކައިގެން ފަރުވާ ކުރަނިކޮށް މަރުވީ ކަމަށެވެ.
"ފަހުން ބުޅަލަށް ފަރުވާ ދިން ޑޮކްޓަރު ރަނާ ވިދާޅުވީ ބުޅާ މަރުވީ އެފަދަ ޖަނަވާރު ގެންގުޅެންޖެހޭ ފިނިހޫނުމިނަށް ވުރެ ދަށް ފިނިހޫނުމިނެއްގައި ގެންގުޅުމުން ކަމަށް، ބުޅަލުގެ ވެރި ލޯޔަރު ބުނެފައިވެ އެވެ.
ބުޅަލުގެ ޕޯސްޓް މޯޓަމް ރިޕޯޓެއް ކޯޓަށް ހުށަހަޅާފައި ވާއިރު އޭގައި ވެސް ބުނެފައި ވަނީ މަރުގެ ސަބަބަކީ ގަދަ ފިންޏާއި ފެން މަދުވުމާއި ކާން ނުލިބުން ކަމަށެވެ.
ދައުވާގައި ބުނެފައި ވަނީ ބުޅާ މަރުވީ ޑރ. ޚާން އާއި އޭނާގެ މުވައްޒަފުންގެ އިހުމާލުން ކަމަށެވެ. އެހެންވެ 25 މިލިއަން ޕާކިސްތާން ރުޕީސް (238،492 ޑޮލަރު) ބަދަލުގައި ނަގައިދޭން ވަނީ އެދިފަ އެވެ. މި ދައުވާ އަށް ޖަވާބުދާރީ ވާން ޑޮކްޓަރަށް ވަނީ ފުރުސަތު ދީފަ އެވެ.
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ބުޅާ ގެންގުޅޭ ނަމަ ޗިޕެއް ހަރުކުރަން މަޖުބޫރު
ބުޅާ މަރާތީ ކަންބޮޑުވުން؛ އެއީ ކުށެއް
ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ހުޅުވައިފި
ޖަނަވާރުންނަށް ފަރުވާދޭ މަރުކަޒެއް ހުޅުވަނީ
މާލޭގައި ގްރޫޕަކުން އަނިޔާވެރިކޮށް ބުޅާ މަރަނީ!
ބުޅާތަކެއް ބަނޑުހައިވެ އެއް ބުޅާ އަނެއް ބުޅާ ކައިފި
ދިރޭތަކެތި ނައްތާލުމުގެ ހަރަދު ދޭންޖެހޭނީ ގެނައިފަރާތުން
ބުޅާ ފެސިލިޓީއަށް ސާމާނު ހޯދަން ރެޕިޑްއިންޖިނިއަރިންއަށް
ބުޅާ މެރި މީހާ ބަންދުން ދޫނުކުރާތީ ޝަކުވާކޮށްފި