11 އޯގަސްޓް 2021
ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދޭން ދަރިންނަށް ވަރަށް ބޮޑަށް ހިތްވަރުދޭން ޖެހޭ ކަމަށާއި މިކަމުގެ ބިންގާ އެޅޭނީ އެންމެ ތުއްތުއިރުން ފެށިގެން ވެސް ކުޅިވަރާ އެކު ކުދިން ހަރަކާތްތެރިކޮށް އުޅެން ހިތްވަރު ދީގެން ކަމަށް އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ފްރޭންކް ލަމްޕާޑް ބުނެފި އެވެ.
ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދޭން ދަރިންނަށް ވަރަށް ބޮޑަށް ހިތްވަރުދޭން ޖެހޭ ކަމަށާއި މިކަމުގެ ބިންގާ އެޅޭނީ އެންމެ ތުއްތުއިރުން ފެށިގެން ވެސް ކުޅިވަރާ އެކު ކުދިން ހަރަކާތްތެރިކޮށް އުޅެން ހިތްވަރު ދީގެން ކަމަށް އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ފްރޭންކް ލަމްޕާޑް ބުނެފި އެވެ.
ދި އިންޑިޕެންޑެންޓް އަށް ދިން އިންޓަވިއުއެއްގައި، 43 އަހަރުގެ ލަމްޕާޑް ބުނީ "ގްރާސްރޫޓް ލެވެލްގައި ކުދިން ކުޅިވަރަށް ނެރުމަކީ އެންމެ ފައިދާހުރި ގޮތް" ކަމަށެވެ.
ޕްރޮފެޝަނަލް ލެވެލްގައި ފުޓްބޯޅަ ކުޅުނު މީހެއްގެ ގޮތުން ހޯދުނު ކާމިޔާބީތަކާއި އެ ކުޅިވަރުން ލިބުނު ކުރިއެރުންތަކާއި އެކަމަށް މަގުފަހިވުމުގެ މައިގަނޑު ސިއްރަކީ ވެސް ހަރަކާތްތެރި ލައިފްސްޓައިލެއް ލިބުން ކަމަށް ކަމަށް ލަމްޕާޑް ބުންޏެވެ.
"ނަސީބު ރަނގަޅުކަމުން އަހަރެން އުޅެބޮޑުވީ ވަރަށް އެކްޓިވް އާއިލާއެއްގައި. ބައްޕަ އަކީ ފުޓްބޯޅަ ކުޅުނު މީހެއް. އެކަމުގެ ސަބަބުން ހަގީގަތުގައި ވަރަށް ތުއްތުއިރުއްސުރެ ފުޓްބޯޅައިގެ ތެރެއަށް ވަދެވި، ވަރަށް ހަރަކާތްތެރިކޮށް އުޅުމުގެ ފުރުސަތު ފަހިވެގެން ދިޔަ،" އޭނާ ބުންޏެވެ.
ލަމްޕާޑް ބުނި ގޮތުގައި އެންމެ ފަސް އަހަރުގައި ލޯކަލް ޓީމަކާ ގުޅި، ކުޅިވަރުގެ ތެރޭގައި އުޅެބޮޑުވުމުގެ ނަތީޖާ އަކީ ފުޓްބޯޅަ އިން ކެރިއަރެއް ބިނާކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން މަގަފުހިވި ކަމެކެވެ.
"އެހެންވީމަ މީގެ މުހިއްމުކަމާއި ބޭނުންތެރިކަން އަހަންނަށް ވަރަށް ބޮޑަށް ވަޒަންކުރެވޭ. މިހާރު ހަތަރު ދަރިން ތިބި ބައްޕައެއްގެ ހައިސިއްޔަތުން ވެސް އަހަންނަށް އެނގޭ ދަރިންނަށް ހަރަކާތްތެރި ލައިފްސްޓައިލެއް ހޯދައި ދިނުމަކީ ކިހާ ބޭނުންތެރި ކަމެއްކަން،" އޭނާ ބުންޏެވެ. "އެކަމުގައި އަހަރެންގެ ދަރިންނަށް އަހަރެން ދޭ ހިތްވަރަކުން އެ މީހުންގެ ކުރިއަށް އޮތް ޖީލު ވެސް ބައްޓަންވެގެން ދާނީ."
މި ހަފުތާގައި މެކްޑޮނަލްސްޑްސް އިން ވެމްބްލީ ސްޓޭޑިއަމްގައި ބާއްވަން ހަމަޖެހިފައިވާ "ފަން ފުޓްބޯލް ޕްރޮގްރާމް" އަކީ ވެސް ކުޑަކުދިންނަށް ހަރަކާތްތެރިކޮށް އުޅެން ހިތްވަރުދޭން ކުރިއަށް ގެންދާ ކަމެއް ކަމަށް ލަމްޕާޑް ބުންޏެވެ. އިނގިރޭސި އެފްއޭގެ އިނިޝިއޭޓިވްއަކަށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި އުމުރުން 5-11 އަހަރުގެ ކުދިން ބައިވެރިވާނެ އެވެ. މައިގަނޑު ބޭނުމަކީ ކުދިން ގަޔާވާ ގޮތަށް މަޖާ ކަންކަން ވެސް ހިމަނައިގެން ފުޓްބޯޅަ އަށް ލޯބި ޖައްސުވައި، ވަކިން ހާއްސަކޮށް ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމެވެ.
"އެއްގޮތަކަށް ވެސް މި ފަން ޕްރޮގްރާމްގެ އަމާޒެއް ނޫން ކުރިއަށް އޮތް ތަނުގައި ގައުމީ ފެންވަރުގައި ކުޅޭނެ ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަކީ. އެކަމަކު އަހަރެމެން މި ކުރަން އުޅޭ ކަމަކީ ކުޅިވަރުގެ ތެރެއިން އެކްޓިވް ލައިފްސްޓައިލަކަށް ކުދިން ލޯބި ޖެއްސުން،" ލަމްޕާޑް ބުންޏެވެ. "މިކަހަލަ ކަންކަންކޮށްގެން މޮޅެތި ކުޅުންތެރިން ކުރިއަށް އޮތް ތަނުގައި އުފެދޭނީ ވެސް."
އޭނާ ބުނި ގޮތުގައި ދަރިން ތަރުބިއްތުކުރުމުގައި ކިޔެވުމާ އެއްވަރަށް ކަސްރަތުކުރުމާ އެކު ހެލިފެލިވެ އުޅެން ދަސްކޮށް ދިނުމާއި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމުގެ މުހިއްމުކަން ވިސްނައި ދިނުމަކީ ދަރިންގެ މުސްތަގުބަލު އުޖާލާކޮށް ދިނުމަށް މައިންބަފައިންނަށް ކޮށްދެވޭނެ ވަރަށް މުހިއްމު ކަމެކެވެ.
އޭނާ ބުނި ގޮތުގައި ދަރިންނަށް ވަގުތު ދީ ދަރިންނަށް ވާނުވާ ބެލުމަކީ އަބަދު ވެސް މައިންބަފައިން ކުރަން ޖެހޭނެ ކަމެކެވެ. އަދި މައިންބަފައިންނަކީ ވަޒީފާ އަދާކުރާ ބަޔަކަށް ވިޔަސް، އާއިލާ އަށް ވަގުތު ދީ މަސައްކަތާއި އާއިލީ ދިރިއުޅުން ބެލެންސްކުރުން ވެސް ވަރަށް މުހިއްމު ކަމަށް ބުންޏެވެ.
މަޝްހޫރު ޓީމްތަކަށް ކުޅުނު ލަމްޕާޑްގެ ތިބެނީ ހަތަރު ކުދިންގެ ތެރެއިން ތިން ކުދިންނަކީ އަންހެން ކުދިންނެވެ. އެއީ ލޫނާ ލަމްޕާޑް، 15، އާއި އިޒްލާ ލަމްޕާޑް، 14، ގެ އިތުރުން ޕެޓްރީޝިއާ ޝާލޮޓް، 2، އެވެ. ފިރިހެން ދަރިފުޅު ފްރެޑްރިކް ޖޯޖް ލަމްޕާޑް އުފަންވީ މި އަހަރުގެ މާޗްގަ އެވެ.
ޔުނައިޓެޑުގެ އާ ސްޓޭޑިއަމުން ނުވަ ބިލިއަން ޑޮލަރު
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ޔުނައިޓެޑަށް ބަދަލުވީ ރަނގަޅު ވަގުތުގައި: މައުންޓް
މެންޗެސްޓާގެ ތަރިއަކަށް ވަގުންތަކެއް ހަމަލާ ދީފި
އަރުޖުން އާއި މަލައިކާ ރާއްޖޭގައި ވެސް ކަސްރަތުގައި
12 އަހަރުގެ ކުއްޖަކު 5 ކިލޯމީޓަރަށް 16 މިނެޓުން
ކިޔުންތެރިކަން ޕްރޮމޯޓްކުރަން ރަޝްފޯޑްގެ ބުކް ކްލަބެއް
ޗެލްސީ ބަދަލުވެއްޖެ، ޔުނައިޓެޑުން އެކަމާ ވިސްނަންޖެހޭ
ލަމްޕާޑާއި ސޯލްޝެއާގެ "ވީއޭއާރް" ކޯޅުމެއް
ޔުނައިޓެޑަށް ބޮޑު މޮޅެއް، ލަމްޕާޑަށް ހިތްދަތި ފެށުމެއް