Roadha Mihaaru
"ހުރިހާ ގުނަވަނެއް" ގުޅިފައިވާ ދެބެން އުފަންވެއްޖެ

އެއް ހަށިގަނޑުން ވަރަށް ބޮޑަށް ގުޅިފައިވާ ދެ ކުދިން އިންޑިއާގައި އުފަންވެއްޖެ

05 ޖޫން 2016

އެއް ހަށިގަނޑުން އާދަޔާ ޚިލާފަށް ބޮޑަށް ގުޅިފައިވާ އެއްމާބަނޑު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު އިންޑިއާގައި އުފަންވެއްޖެ އެވެ. މި ދެ ކުދިންގެ އުނަގަނޑާ ހިސާބުން ގުޅިފައި ވާއިރު މުހިންމު ހުރިހާ ގުނަވަންތަކެއް ހެން ވަނީ އެކުވެފަ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އެއް ހަށިގަނޑުން އާދަޔާ ޚިލާފަށް ބޮޑަށް ގުޅިފައިވާ އެއްމާބަނޑު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު އިންޑިއާގައި އުފަންވެއްޖެ އެވެ. މި ދެ ކުދިންގެ އުނަގަނޑާ ހިސާބުން ގުޅިފައި ވާއިރު މުހިންމު ހުރިހާ ގުނަވަންތަކެއް ހެން ވަނީ އެކުވެފަ އެވެ.

އުމުރުން 24 އަހަރުގެ ޝިވްރާޖޯ ދޭވީ މި ދެ ކުދިން ވިހާފައި ވަނީ އަމިއްލަ ކްލިނިކެއްގަ އެވެ. ވިހެއުމަށް ފަހު ކުދިންގެ ހާލު ގޯސްވާން ފެށުމުން މިހާރު ވަނީ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ގެންގޮސް ހާއްސަ ފަރުވާ ދޭން ފަށައިފަ އެވެ.

ކުދިންނަށް ފަރުވާ ދެމުން އަންނަ ސަދަރް ހޮސްޕިޓަލްގެ ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށްވާ ރާޖް ކުމާރް ގުޕްދާ ޑެއިލީ މެއިލް އަށް ވިދާޅުވެފައި ވަނީ އެއްމާނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ އަންހެން ޖިންސީ ގުނަވަން ފާޅުވާން ހުރި ނަމަވެސް އަނެއް ކުއްޖާގެ ޖިންސު ވަކިވާނެ ގޮތެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް އެ ކުއްޖާގެ މޫނަށް ބަލާއިރު އެއީ ފިރިހެން ކުއްޖެއް ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.

ހަށިގަނޑުން ގުޅިފައިވާ ދެ ކުދިންގެ ކައިރީގައި އެ ކުދިންގެ މަންމަ ޝިވްރާޖޯ ދޭވީ ނަރުހަކާ އެކު މަޑުކޮށްލައިގެން

ހަށިގަނޑުން ގުޅިފައިވާ ދެ ކުދިންގެ ކައިރީގައި އެ ކުދިންގެ މަންމަ ޝިވްރާޖޯ ދޭވީ ނަރުހަކާ އެކު މަޑުކޮށްލައިގެން

ކުދިންގެ ބައްޕަ ޗޯޓާ ސިންހް، 30، ބުނެފައި ވަނީ އޭނާ އަކީ ފެކްޓަރީއެއްގައި އާދައިގެ ވަޒީފާއެއް އަދާކުރާ މީހެއް ކަމަށާއި އެހެންވެ ކުދިންނަށް ބޭނުންވާ ފަރުވާ ދެވޭނެ ގޮތެއް ނެތް ކަމަށެވެ.

"ޑޮކްޓަރުން ބުނަނީ ދިއްލީ ފަދަ ސިޓީއެއްގެ ބޮޑު ހޮސްޕިޓަލަކަށް ގެންގޮސް، ބިއްލޫރި ކޮއްޓެއް ފަދަ އެއްޗެއްގައި ބާއްވައިގެން ކަމަށް ފަރުވާ ދެވޭނީ،" ފަރުވާ ކުރިއަށް ގެންދާނެ ގޮތަކާ މެދު ކަންބޮޑުވެފައިވާ ސިންހް ބުނެފައިވެ އެވެ.

ހަށިގަނޑުން ގުޅިފައިވާ ދެބެންގެ ކައިރީގައި އެ ކުދިންގެ ބައްޕަ ސިންހް

ހަށިގަނޑުން ގުޅިފައިވާ ދެބެންގެ ކައިރީގައި އެ ކުދިންގެ ބައްޕަ ސިންހް

ސިންހް އާއި ދޭވީގެ އެހެން ދެ ކުއްޖަކު ހުރެ އެވެ. އެއީ 4 އަހަރުގެ ފިރިހެން ކުއްޖަކާއި ދެ އަހަރު އަންހެން ކުއްޖެކެވެ. ފަހުން ލިބުނު އާދަޔާ ޚިލާފް ދެ ކުދިންނާ އެކު ދެމަފިރިން ތިބީ ވަރަށް ބޮޑު ޝޮކެއްގަ އެވެ.