10 ޑިސެމްބަރ 2017
އުފެދުމުގައި ހުރި ބޮޑު އައިބުކަމެއްގެ ސަބަބުން "މާމެއިޑް" އެއް ގޮތަށް އޮތް ކުއްޖަކު އިންޑިއާގައި އުފަންވެ، ކުއްޖާގެ ޖިންސު ވަކި ނުވެ އުޅެނިކޮށް މަރުވެއްޖެ އެވެ. ކުއްޖާގެ ޖިންސު ވަކިނުވީ ދެފަޔާއި އުނަގަނޑު ގުޅި އެއްވެފައި ހުރުމުންނެވެ.
އުފެދުމުގައި ހުރި ބޮޑު އައިބުކަމެއްގެ ސަބަބުން "މާމެއިޑް" އެއް ގޮތަށް އޮތް ކުއްޖަކު އިންޑިއާގައި އުފަންވެ، ކުއްޖާގެ ޖިންސު ވަކި ނުވެ އުޅެނިކޮށް މަރުވެއްޖެ އެވެ. ކުއްޖާގެ ޖިންސު ވަކިނުވީ ދެފަޔާއި އުނަގަނޑު ގުޅި އެއްވެފައި ހުރުމުންނެވެ.
މި ކުއްޖާއަށް ދިމާވެފައިވާ މައްސަލައަށް ޑޮކްޓަރީ ބަހުން ކިޔަނީ ސައިރެނޮމީލިއާ ނުވަތަ މާމެއިޑް ސިންޑްރޯމް އެވެ. މި ކުއްޖާ ވަނީ އުފަންވިތާ އެންމެ ހަތަރު ގަޑިއިރު ތެރޭގައި މަރުވެފަ އެވެ.
ކުއްޖާގެ މަންމަ މުސްކުރާ ބީބީ އަކީ ވަރަށް ފަގީރު މީހަކަށް ވާތީ މާބަނޑު ދުވަސްވަރު އެއްގޮތަކަށް ވެސް ސްކޭންކޮށް ދަރިފުޅުގެ ހާލަތު ބަލައިފައެއް ނުވެ އެވެ. އެހެންވެ ވިހެއުމުގެ ކުރިން ދަރިފުޅުގެ މިފަދަ މައްސަލައެއް ހުރި ކަމެއް އޭނާއަކަށް ނޭނގެ އެވެ.
ބީބީ ވިހާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި އިންޑިޔާގެ ކަލްކަތާގެ ހޮސްޕިޓަލެއްގަ އެވެ. އަންހެންމީހާ ވިއްސި ޑޮކްޓަރު ސުދީޕް ސާހާ ޓައިމްސް އޮފް އިންޑިއާ އަށް ވިދާޅުވެފައިވާ ގޮތުގައި އަންހެންމީހާ އާއި ފިރިމީހާގެ އަތުގައި ފައިސާ ނެތުމުގެ ސަބަބުން، ބަލިވެ އިނދެގެން އުޅުނުއިރު އެކަމާ ގުޅިގެން ހަދަންޖެހޭ އެއްވެސް ޓެސްޓެއް ނުހަދަ އެވެ. އަދި ފަރުވާއެއް ވެސް ނުހޯދަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބީބީގެ ދަރިފުޅަށް ދިމާވި ކަހަލަ ހާލަތެއް ވަރަށް މަދުން ނޫނީ ދިމައެއް ނުވެ އެވެ. އޭނާ ވިދާޅުވީ ކުއްޖާގެ ހަށިގަނޑުގެ މަތީ ބައި ފުރިހަމައަށް އުފެދިފައި ވާއިރު ތިރީބައިގައި ހުރި ބޮޑެތި އައިބުތަކެއްގެ ސަބަބުން އެބައި އެއްގޮތަކަށް ވެސް މަސައްކަތް ނުކުރާ ކަމަށެވެ.
މިއީ ސައިރެނޮމީލިއާ ޖެހިފައިވާ ކުއްޖެއް އިންޑިއާ އިން ފެނުނު ދެ ވަނަ ފަހަރު ކަމަށް ރެކޯޑްތަކުން ދައްކަ އެވެ. މީގެ ކުރިން 2016 ގައި އުއްތަރު ޕްރަދޭޝްގެ އަންހެނަކަށް މާމެއިޑް ކުއްޖަކު ލިބުނެވެ. ނަމަވެސް އެ ކުއްޖާ ދުނިޔޭގައި އޮތީ އެންމެ 10 މިނިޓަށެވެ.
ސައިރެނޮމީލިއާ އަކީ ބަލިވެ އިންނަ ކޮންމެ ލައްކައަކުން އެއް ކުއްޖަކަށް މެދުވެރިވާ މައްސަލަ އެކެވެ. މިފަދަ ކުދިންގެ ޖިންސީ ގުނަވަންތައް ބޭރުފުށަށް ފެންނާކަށް ނުހުރެ އެވެ. އުނަގަނޑުން ތިރީގެ ބައި ރަނގަޅަކަށް ތަރައްގީ ވެފައެއް ނުހުރެ އެވެ. އުފަންވާތާ އިރުކޮޅެއް ތެރޭ މި ކުދިން މަރުވަނީ އެހެންވެ އެވެ.
ޖާނަލް އޮފް ނެޗުރަލް ސައިންސް، ބައޮލޮޖީ އެންޑް މެޑިސިންގެ 2015 ގެ އަދަދުގައިވާ ގޮތުން ސައިރެނޮމީލިއާ ޖެހޭ ކުދިންނަށް ދިރިއުޅޭވޭނެ ގޮތެއް ނެތެވެ. މިހާތަނަށް ވެސް މި މައްސަލަ ދިމާވި އެއްވެސް ކުއްޖަކު ދުނިޔޭގައި ނެތެވެ. މި މައްސަލަ ދިމާވާ ހަގީގީ ސަބަބު ހޯދިފައި ނެތަސް މިކަން ދިމާވުމާއި މައިމީހާގެ ހަކުރުބަލި ހުރުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށް މި ރިޕޯޓުގައިވެ އެވެ.
އެބޯޓްކުރި ދަރިފުޅު 15 އަހަރު ވީއިރުވެސް ބަނޑުގައި
އެންމެ 22 ހަފުތާގައި އުފަންވި ކުއްޖަކު ސަލާމަތްވެއްޖެ
ދަރިފުޅުގެ މަރުގެ ހިތާމަ ދެ ފަހަރަށް ކުރަން ޖެހިއްޖެ
ދަރިފުޅު މަރުނުވާކަން އެނގުނީ ވަޅުލަން އުޅެނިކޮށް
17 ދަރިން ވިހެއުމަށް ފަހު ދަރިން ހޯދުން ހުއްޓާލައިފި
އެއް އަހަރު ކުއްޖެއްގެ ބަނޑުން ތިން ކިލޯގެ ކުއްޖެއް
"ހުރިހާ ގުނަވަނެއް" ގުޅިފައިވާ ދެބެން އުފަންވެއްޖެ
މުސްކުޅި ދެމަފިރިއަކަށް ދަރިއެއް ހޯދުން މައްސަލައަކަށް
ފޮތްކިޔާ އައިނު ދޫކޮށްލެވޭ ވަރުގެ ބޭހަކަށް ހުއްދަދީފި
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކަނޑާލައިފި