Roadha Mihaaru
އާދަޔާޚިލާފު ގޮތަކަށް ފުރާނަ ސަލާމަތްވި ނިބޫ ދެބެއިން

އާދަޔާޚިލާފު ގޮތަކަށް ފުރާނަ ސަލާމަތްވި ނިބޫ ދެބެއިން

07 ނޮވެމްބަރ 2017

ނިބޫ ދެބެއިން ނުވަތަ އައިޑެންޓިކަލް ޓުވިންސްގެ ފުރާނަ ވަރަށް އާދަޔާޚިލާފު ގޮތަކަށް ސަލާމަތް ވެއްޖެ އެވެ. މި ދެބެއިން މަންމަގެ ބަނޑުތެރޭގައި ތިބީ އެއް ކުއްޖަކު އަނެއްކުއްޖާގެ ގައިގައި ބައްދާލައިގެންނެވެ. މި ނޫން ގޮތަކަށް މި ދެބެއިން ކިރިޔާ ބަދަލު ވިޔަސް އެ ކުދިންގެ ފުރާނަ ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ދެބެއިންގެ މަންމަ ވިކީ ޕްލޯރައިޓް، 30، އަކީ ނަރުހެކެވެ. ވިކީ ބަލިވެ އިނދެ، ޑޮކްޓަރަށް ދެއްކުމުން ބުނީ ބަނޑުގައި އޮތީ އެއްމާބަނޑު ދެބެއިން ކަމަށާއި ދެބެއިން އޮތީ އެއް ފެންދުލީގެ ތެރޭގައި ކަމަށެވެ. މިއީ ބަނޑުގައި އޮތް ދެބެއިންނަށް ވަރަށް ނުރައްކާތެރި ހާލަތެއް ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމެކެވެ. އެއީ ދެބެއިންގެ ފޫޅުދަނޑި އޮޅި ބާރުވުމުގެ ނުރައްކާ ބޮޑުކަމުންނެވެ. މިގޮތަށް ފޫޅުދަނޑި އޮޅިއްޖެ ނަމަ ދެބެއިންނަށް އޮކްސިޖަން ލިބޭ މިންވަރު މަދުވެ މަރުވުމަކީ ވަރަށް ގާތް ކަމެކެވެ.

"މިކަމުގައި ހުރި ނުރައްކާތައް ޑޮކްޓަރުން ކިޔައިދިނުމުން އަހަރެން ހިތާމައިން ގޮސް ހިތް ހަލާކުވި. ޑޮކްޓަރުން ބުނި ކުދިން ބަނޑު ތެރެއަށް މަރުވުމުގެ ނުރައްކާ 50 ޕަސެންޓް އެބައޮތޭ. ސަބަބަކީ ދެ ކުދިން ތިބި ގޮތުން،" ޕްލޯރައިޓް ބުންޏެވެ.

ރޫބެން އާއި ތިއޯ އުފަންވުމުގެ ކުރިން އޮތް ގާތްކަން ފަހުން ވެސް އޮންނާނެ ކަމަށް ކުއްޖާގެ މަންމަ ގަބޫލުކުރޭ

ރޫބެން އާއި ތިއޯ އުފަންވުމުގެ ކުރިން އޮތް ގާތްކަން ފަހުން ވެސް އޮންނާނެ ކަމަށް ކުއްޖާގެ މަންމަ ގަބޫލުކުރޭ

ދެ ކުދިންގެ ވަކި ދެ ފޫޅިދަނޑި އިނެވެ. ފޫޅުދަނޑިއަކީ އެކުދިންނަށް ބޭނުންވާ ހުރިހާ އެއްޗެއް ފޯރުކޮށްދެނީ ފޫޅުދަނޑިންނެވެ. އެހެންކަމުން ދެބެއިންގެ ދެ ފޫޅިދަނޑި އޮޅިއްޖެ ނަމަ އެކުދިންގެ ދުވަސް ދިޔައީ އެވެ. މިއީ އުފަންވާ ކުދިންގެ ތެރެއިން ވަރަށް މަދު ކުއްޖަކަށް ނޫނީ ދިމާނުވާ ކަމެކެވެ.

ބަނޑުގައި ތިބި ދެބެއިންނަށް ވެދާނެ ގޮތަކާ މެދު ފިކުރުބޮޑުވެފައި ހުރެފައި ބަނޑަށް 12 ހަފުތާގައި ހެދި ސްކޭނަށް ފަހު ހަމަޖެހުމެއް ލިބުނެވެ. ސޮނޮގްރާފަރު ބުނީ ކުދިން އެހެން ގޮތަކަށް އެނބުރިފައިވާ ކަމަށާއި މިހާރު ތިބީ ފުރާނަ ސަލާމަތްވާ ފަދަ ގޮތަކަށް ދެ ކުދިން އެއްކުއްޖަކު އަނެއް ކުއްޖެއްގެ ގައިގައި ބައްދާލައިގެން އަތާއިއަތް ގުޅާލައިގެން ކަމަށެވެ. އަދި ފޫޅުދަނޑި އޮޅިދާނެތީ އެކުދިން ތިބެނީ ހަރަކާތެއް ނުކޮށް ނުކޮށް ވަރަށް މަޑުމަޑުން ކަމަށް ވެސް ބުންޏެވެ.

ދެބެއިންގެ ފުރާނަ ސަލާމަތްވީ ބަނޑުތެރޭގައި ހަރަކާތެއް ނެތި އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ގައިގައި ބައްދާލައިގެން ތިބުމުން.

ދެބެއިންގެ ފުރާނަ ސަލާމަތްވީ ބަނޑުތެރޭގައި ހަރަކާތެއް ނެތި އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ގައިގައި ބައްދާލައިގެން ތިބުމުން.

ޕޯލްރައިޓް ވަނީ ބަނޑަށް 32 ވަނަ ހަފުތާގައި ވިހައިފަ އެވެ. ރޫބެން ވިހޭތާ އެއް މިނިޓް ފަހުން އޭނާގެ ކޮއްކޮ ތިއޯ ދުނިޔެއަށް އުފަންވި އެވެ. ބަނޑުގައި ޖާގަ ނެތުމުގެ ސަބަބުން ތިއޯ އުފަންވި އިރު ވެސް އޮތީ ހެދިބޮޑުވުން ހުއްޓިފަ އެވެ.

މިހާރު ދެެބެއިންގެ އުމުރުން 22 މަސްދު ވަސް ވެއްޖެ އެވެ. މިހާރުވެސް ދެބެއިންގެ އާދަޔާޚިލާފު ގާތް ގުޅުމެއް އޮންނަ ކަމަށް ޕޯލްރައިޓް ބުންޏެވެ.

"އެއީ ހަމަ ދެ ބެސްޓް ފްރެންޑުން. ދުނިޔެއަށް އައުމުގެ ކުރިއްސުރެ އެ ދެބެއިންގެ މެދުގައި އުފެދުނު ވަރުގަދަ ގުޅުން ދުނިޔެއަށް އައުމަށް ފަހު ވެސް އެގޮތުގައި އެބައޮތް. އަދި އެ ކުދިންގެ މުޅި އުމުރަށް ވެސް އެ ގުޅުން އޮންނާނެކަމަށް ގަބޫލުކުރެވޭ،" ދެބެއިންގެ މަންމަ ބުންޏެވެ.