31 މެއި 2016
މާބަނޑު މީހެއް ގާތު އޭނާއަށް އެއްމާބަނޑު ތިން ކުދިން ލިބެން އުޅޭ ވާހަކަ ބުނެފި ނަމަ އެވާހަކަ ވަރަށް ބޮޑު ޝޮކަކަށް ވެ އެވެ. ބެކީ-ޖޯ އެލަން އަށް ވެސް ވީ ހަމަ އެހެންނެވެ.
މާބަނޑު މީހެއް ގާތު އޭނާއަށް އެއްމާބަނޑު ތިން ކުދިން ލިބެން އުޅޭ ވާހަކަ ބުނެފި ނަމަ އެވާހަކަ ވަރަށް ބޮޑު ޝޮކަކަށް ވެ އެވެ. ބެކީ-ޖޯ އެލަން އަށް ވެސް ވީ ހަމަ އެހެންނެވެ.
ބެކީ-ޖޯ ވިހޭތާ މިހާރު ހަ ހަފުތާއަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު އޭނާ އަށް ލިބުނު އެއްމާބަނޑު ތިން ފިރިހެން ކުދިން ވެސް އިންޓެންސިވް ކެއާ ޔުނިޓްގައި ހަ ހަފުތާ ހޭދަކުރުމަށް ފަހު މިހާރު ތިބީ ގޭގަ އެވެ.
ތުއްތު ރޯމަން، ރޮކޯ އަދި ރޯހަން އެކުދިންގެ މަންމަ އަށް ދޭ އެހެން ސަޕްރައިޒެއް ވެސް އެބަ އޮތެވެ.
ބެކީ-ޖޯ ވިހެއިން ސުރެ އޭނާ ކައިރީގައި އެންމެން ވެސް އޭނާގެ ތިން ކުދިން އެއްވައްތަރުކަމުގެ ވާހަކަ ވަރަށް ގިނައިން ދައްކަ އެވެ. އެކުދިންގެ ޑީއެންއޭ ސާމްޕަލް ނަގައިގެން ޓެސްޓްކުރަން ބެކީ-ޖޯ ގަސްދުކުރީ އެހެންވެ އެވެ. މިކުދިންގެ ޑީއެންއޭގެ ނަތީޖާއަކީ ހައިރާންކުރުވާ ވަރުގެ ނަތީޖާއަކަށް ވަނީ ވެފަ އެވެ.
އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް ނޫހުގައިވާ ރިޕޯޓެއްގައިވާ ގޮތުން މި ތިން ކުދިން ވެފައިވަނީ ހުރިހާ ގޮތަކުން ވެސް އައިޑެންޓިކަލް ކުދިންނަށެވެ.
ދަރިން ހޯދަން އެއްވެސް ފަރުވާއެއް ނުހޯދާ ގުދުރަތީ ގޮތުން ބަލިވެ އިންނަ މީހުންގެ ތެރެއިން މިފަދަ ކުދިން އުފަން ވުމުގެ ފުރުސަތު އޮންނަނީ ކޮންމެ 200 މިލިއަން ފަހަރަކުން އެއް ފަހަރެވެ.
އެކުދިންގެ ސިފަ އެއްގޮތަސް މިޒާޖު ވަރަށް ތަފާތެވެ. މިހާރު 10 މަސް ފުރިފައިވާ މި ތިން ކުދިންގެ 23 އަހަރުގެ މަންމައަށް ނަސީބަކުން އެކުދިން ފާހަގަކުރާކަށް ދައްޗެއް ނުވެ އެވެ.
ދަރިން ހޯދަން އެއްވެސް ފަރުވާއެއް ނުހޯދާ ގުދުރަތީ ގޮތުން ބަލިވެ އިންނަ މީހުންގެ ތެރެއިން މިފަދަ ކުދިން އުފަން ވުމުގެ ފުރުސަތު އޮންނަނީ ކޮންމެ 200 މިލިއަން ފަހަރަކުން އެއް ފަހަރެވެ.
ބެކީ-ޖޯ ބުނީ އެންމެ ތުއްތުއިރު ކުދިން ވަކިކުރަން ވަރަށް އުނދަގޫ ނަމަވެސް ދުވަހަކު ވެސް ތިން ކުދިން އޮޅުވާ ނުލާ ކަމަށެވެ. މި ތިން ކުދިންގެ ވެސް ދެ ބުމަ ދޭތެރޭގައި އުފަން ލަފެއް އިނދެ އެވެ. ނަމަވެސް ރޯމަންގެ އުފަން ލައް ތަންކޮޅެއް ކަޅުކުލަ ގަދަ ކަމަށް އެކުދިންގެ މަންމަ ބުންޏެވެ. އަދި ރޯހަންގެ ފައިގައި ލަފެއް އިންނަ ކަމަށް ވެސް ބެކީ-ޖޯ ބުންޏެވެ.
އޭނާ ބުނީ އެކުދިން ހޮސްޕިޓަލުގައި އޮތް އެއީ އައިޑެންޓިކަލް ކުދިން ނޫންކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ގެއަށް ގެނައި ފަހުން ކުދިން ބޮޑުވާ ވަރަކަށް އެކުދިން ވައްތަރުކަން ބޮޑުވާން ފެށި އެވެ. އަދި އެކުދިން ފެންނަ މީހުންނަށް އެއް ކުއްޖަކު އަނެއް ކުއްޖަކު ވަކިކުރަން ނޭނގޭ ކަމަށް ވެސް އެކުދިންގެ މަންމަ ބުންޏެވެ.
މަލްޓިޕްލް ބާތު ފައުންޑޭޝަނުން ބުނާ ގޮތުގައި އެއްމާބަނޑު ދެ ކުދިން ނުވަތަ ތިން ކުދިން އައިޑެންޓިކަލްތޯ ބެލޭނެ ހަމައެކަނި ގޮތަކީ ޑީއެންއޭ ޓެސްޓިން އެވެ.
އުމުރުން އެންމެ 23 އަހަރުގެ ބެން-ޖޯ އޭނާގެ ހަތަރު ދަރިން ގޮވައިގެން
އެހެންކަމުން ބެކީ-ޖޯ ވެސް ވަނީ އޭނާގެ ތިން ދަރިންގެ ސާމްޕަލް ފޮނުވައިގެން ޓެސްޓްކޮށްފަ އެވެ. ނަތީޖާ ދެއްކީ މިއީ ހަމަ އައިޑެންޓިކަލް ކުދިންތަކެއް ކަމަށެވެ.
ދަރިން ނުލިބިގެން ހޯދާ އެއްވެސް ފަރުވާއެއް ނުލިބި އުފަންވި މަދު އައިޑެންޓިކަލް ޓްރިޕްލެޓްސްގެ ތެރެއިން މި ތިން ކުދިންނަކީ އިނގިރޭސި ވިލާތުގައި މިހާރު ތިބި އެންމެ ހަގު ތިން ބެއިންނެވެ.
އިނގިރޭސި ވިލާތުގެ ލިވަޕޫލްގެ ގޭޓްއޭކާ ސަރަހައްދުގައި ދިރިއުޅޭ ބެކީ-ޖޯ ގެ ތިން އަހަރުގެ ކުޑަ އަންހެން ދަރިފުޅެއް ވެސް އެބަ ހުއްޓެވެ.
ބެކީ-ޖޯ ބުނީ ދެ ވަނަ ފަހަރަށް ބަލިވެ އިނުމުން މާ ބޮޑަށް ބޮލުގައި ރިއްސައި މޭނުބައިކުރާތީ ޑޮކްޓަރަށް ދެއްކުމުން އޭނާގެ ބަނޑުގައި ތިން ކުދިން އޮތް ކަމަށް ޑޮކްޓަރުން ބުންޏެވެ.
އަދި މި ޚަބަރަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހައިރާން ކަމެކެވެ. އާއިލާގެ އެއްވެސް މީހަކަށް މިހާތަނަށް އެއްމާބަނޑު ދެ ކުދިން ވެސް ލިބިފައިނުވާތީ އޭނާއަށް އެއްފަހަރާ ދެބެން ނުވަތަ ތިން ބޭން ލިބިދާނެކަމަކަށް ބެކީ-ޖޯ ހިތަކަށް ވެސް ނާރަ އެވެ.
އައިޑެންޓިކަލް ޓްރިޕްލެޓްސް ގަރުބަގަންނަނީ ފައްކާވެފައިވާ ބިސް ދެފަހަރަށް ބައިބައިވުމުންނެވެ. ދަރިން ހޯދަން ދޭ ފަރުވާއެއް ނުހޯދާ މީހަކަށް މިފަދަ ކަމެއް ދިމާވުމުގެ ފުރުސަތު އޮންނަނީ ކޮންމެ 60،000 އަކާއި 200 މިލިއަން އަކާ ދެމެދުގެ މިންވަރަކަށެވެ.
ގޭގައި ތިބި މި ތިން ކުދިން ބޮޑެތި ވަމުންދާ ވަރަކަށް އެކުދިންގެ އުޅޭ އުޅުމަށް ވެސް ބަދަލުތައް ދަނީ އަންނަމުންނެވެ.
"އެންމެ އަޑުގަދަވާނީ ރޯހަންގެ. އޭނާ އަބަދު ހަޅޭއްލަވާނެ. ރޮކޯ އާއްމުކޮށް އިންނާނީ ވަރަށް މަޑުން. ނަމަވެސް އެހެން އިނދެލާފައި އޭނާވެސް ބައެއް ފަހަރު އަޑުގަދަ ކުރާނެ. ރޯމަން އަބަދުވެސް އެހެން ކުދިންނާ ޝެއާކުރަން ބޭނުން ނުވެގެން ޝަކުވާ ކުރާނެ،" ބެން-ޖޯ ބުންޏެވެ.
އެ ކުދިން އަބަދުވެސް ފިރުކެމުން ދުވާނީ އަނެއް ކުއްޖާ ގެންގުޅޭ ކުޅޭ އެތި ބޭނުންވެގެން އެއް ކުއްޖަކަށް ވުރެ ކުރިން އަނެއް ކުއްޖަކު އެ އެއްޗެއް ހޯދަން. އަންހެންދަރިފުޅު އިންޑިއާނާ ކޮއްކޮމެން ދެކެ ވަރަށް ލޯބިވޭ. އެކުދިންނާ އެއްގޮތަކަށް ވެސް ހަސަދަވެރިވެގެނެއް ނޫޅޭ. އަހަރެން ކުޑަކޮށް އޭނާއާ ދޭތެރޭ ދެރަވަން. މި ތިން ފިރިހެންކުދިން ތަންކޮޅެއް ބޮޑުވީމަ އޭނާއަށް ހަދާލާނެ ގޮތަކާ ދޭތެރޭ ވިސްނާލާފަ،" ބެން-ޖޯ ބުންޏެވެ.
އެކުދިންގެ ބައްޕަ ލިއާމް ޓިއާނީ، 27، މާގިނަ ވަގުތު ގެއަކު ނޫޅެ އެވެ. އެހެންވެ ބެން-ޖޯ އަށް އެހީތެރިވާން އަންނަނި އޭނާގެ 17 އަހަރުގެ ކޮއްކޮ ލޯރެން އެވެ.
ދޮށީ ދަރިފުޅު އިންޑިއާނާ އުފަންވުމުގެ ކުރިން ބެން-ޖޯ ބޭނުންވީ ތުއްތުކުދިންނަށް ފަރުވާ ދޭ ނަރުހަކަށް ވާށެވެ. މި ތިން ކުދިން ވިހައިގެން ހޮސްޕިޓަލުގައި ހޭދަކުރި ދުވަސްތަކުގައި ނަރުހުންގެ ޚިދުމަތް ލިބުނުލެއް ރަނގަޅުކަމުން އޭނާގެ ހިތުގައިވާ މި އަޒުމު އިތުރަށް ވަރުގަދަ ވެފައިވެ އެވެ. ކުދިން ތަންކޮޅެއް ބޮޑުވުމުން އޭނާ އެފަދަ ނަރުހަކަށް ވުމަށް ކިޔަވަން ފަށަން ބެން-ޖޯ ގަސްތުކުރެ އެވެ.
އައިޑެންޓިކަލް ޓްރިޕްލެޓްސް ގަރުބަގަންނަނީ ފައްކާވެފައިވާ ބިސް ދެފަހަރަށް ބައިބައިވުމުންނެވެ. ދަރިން ހޯދަން ދޭ ފަރުވާއެއް ނުހޯދާ މީހަކަށް މިފަދަ ކަމެއް ދިމާވުމުގެ ފުރުސަތު އޮންނަނީ ކޮންމެ 60،000 އަކާއި 200 މިލިއަން އަކާ ދެމެދުގެ މިންވަރަކަށެވެ.
އެއްމާބަނޑު ދެ ކުދިން ނުވަތަ ތިން ކުދިން ރަހިމުގައި އޮންނައިރު އެކުދިން އޮންނަނީ އެއް ފެންދުލީގެ ތެރޭގައި ނަމަ އެއީ އައިޑެންޓިކަލް ކުދިންނެވެ. –ޑެއިލީ މެއިލް
އެއް ސިފައެއްގެ، އެއްމާބަނޑު ހަތަރު ކުދިން
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
ވިހޭތާ 26 ދުވަސް ފަހުން ދެ ވަނަ ދަރިއެއް
ދެ ރަހިމުން މީހަކަށް އެއްފަހަރާ ދެ ކުދިން ލިބިއްޖެ
ފަލަ މީހުންނަށް ލިބޭ ދަރިންނަށް ފަލަބަލީގެ ނުރައްކާ
އެކަކަށް ތިން ފަހަރު އެއްމާބަނޑު ދެ ކުދިން ލިބިއްޖެ
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ
މާބަނޑު އިރު ޕެރެސެޓެމޯލް ކެއުމާ މެދު ވިސްނަންޖެހޭ
މާބަނޑުއިރު ބިސް ކެއުމުން ދަރިފުޅުގެ ވިސްނުންތޫނުވޭ