05 ފެބުރުއަރީ 2018
އެއްމާބަނޑު ދެބެއިން ތިން ފަހަރަށް ލިބުމަކީ ހަ ލައްކަ ފަހަރުން އެއް ފަހަރު ނޫނީ ދިމާނުވާ ހާލަތެކެވެ. ނަމަވެސް އެމެރިކާ މީހެއް ކަމަށްވާ މިސްޓީ ވޭންގަށް ވަނީ ތިން ފަހަރެއްގެ މަތިން އެއްމާބަނޑު ދެ ކުދިން ލިބިފަ އެވެ.
އެއްމާބަނޑު ދެބެއިން ތިން ފަހަރަށް ލިބުމަކީ ހަ ލައްކަ ފަހަރުން އެއް ފަހަރު ނޫނީ ދިމާނުވާ ހާލަތެކެވެ. ނަމަވެސް އެމެރިކާ މީހެއް ކަމަށްވާ މިސްޓީ ވޭންގަށް ވަނީ ތިން ފަހަރެއްގެ މަތިން އެއްމާބަނޑު ދެ ކުދިން ލިބިފަ އެވެ.
ބޮޑުވަމުން އައިއިރު މިސްޓީގެ ޚިޔާލުގައި ހުރީ އެއް ކުއްޖެއް ނުވަތަ ދެ ކުއްޖެއް ހޯދުމެވެ. ނަމަވެސް ހަތް ކުދިންގެ މަންމަ އަށް ތިން ފަހަރު އެއްމާބަނޑު ދެ ކުދިން އަދި އެއް ފަހަރު އެއް ކުއްޖަކު ވަނީ ލިބިފަ އެވެ.
މިސްޓީ އަކީ ވެސް އެއްމާބަނޑު ދެބެއިންގެ ތެރެއިން އެކަކެވެ. ނަމަވެސް އޭނާއަށް އެއްމާބަނޑު މިހާ ގިނަ ކުދިން ލިބިދާނެ ކަމަށް އޭނާ ހިއެއް ނުކުރެ އެވެ. މިސްޓީ އަށް ފުރަތަމަ ލިބުނީ އެއްމާބަނޑު ދެބެއިންނެވެ. އޭގެ ފަހުން ވިހެއީ އެއް ކުއްޖެކެވެ. މި ކުއްޖާއަށް ބަލިވެ އިންތަނާ އޭނާގެ ފިރިމީހާ ވަކިވި އެވެ. ފަހުން ލިބުނު އެއްމާބަނޑު ކުދިންނަކީ މިހާރުގެ ފިރިމީހާ ޕީޓާ ލޭންގަށް ލިބިފައިވާ ކުދިންނެވެ.
މިސްޓީ ބުނި ގޮތުގައި މިހާރުގެ ފިރިމީހާ ޕީޓާ އަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިއެކެވެ. އެހެންވެ ގިނަ ދަރިން ހޯދަން ޕީޓާ ބޭނުންވެ އެވެ.
މިސްޓީ އަކީ ފޮސްޓާ ކެއާގައި ބޮޑުވި މީހަކަށް ވާތީ ދަރިއަކު ގެންގުޅޭނެ ގޮތެއް ވެސް ފުރަަތަމަ އޭނާއަކަށް ނޭނގެ އެވެ. ކުދިން ގެންގުޅޭނެ ގޮތް ވެސް އޭނާއަށް ޖެހުނީ ދަސްކުރާށެވެ.
ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ މިސްޓީގެ ދަރިންނަށް އެއްމާބަނޑު ކުދިން ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ދެ ބިހަކުން އުފެދޭ އެއްމާބަނޑު ދެ ކުދިންގެ ތެރޭގައި ހިމެނޭ އަންހެން ކުދިންނަށް އެއްމާބަނޑު ކުދިން ލިބުމުގެ ފުރުސަތު 2.5 ޕަސެންޓް އިތުރެވެ.
ވިހޭތާ 26 ދުވަސް ފަހުން ދެ ވަނަ ދަރިއެއް
ދެ އަހަރަކު އުފަންވި އެއްމާބަނޑު ދެބެއިން
އެއްމާބަނޑު، އެކަމަކު އެއްގޮތް ކަމެއް ނެތް
އެއްމާބަނޑު ދެބެއިން، ހަގީ ކުރިން އުފަންވި ކުއްޖާ
އެއް ސިފައެއްގެ، އެއްމާބަނޑު ހަތަރު ކުދިން
އެމެރިކާ އަންހެނަކަށް ދެ އަހަރު ތެރޭ ހަ ކުދިން
އާދަޔާޚިލާފު ގޮތަކަށް އުފަންވި އެއްމާބަނޑު ދެބެއިން
މަދުން ނޫނީ ނުލިބޭ މުޅިން އެއްވައްތަރު ތިން ކުދިން
ވިހާފައި މަރު؛ މި ވޭނާއި ހިތްދަތިކަން ކިޔައިނުދެވޭނެ
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި