Roadha Mihaaru
އާދަޔާޚިލާފު ގޮތަކަށް އުފަންވި އެއްމާބަނޑު ދެބެއިން

އާދަޔާޚިލާފު ގޮތަކަށް އުފަންވި އެއްމާބަނޑު ދެބެއިން

22 ޖޫން 2016

އެއްމާބަނޑު ދެބެއިން ވަރަށް ގިނަ އެވެ. ވަރަށް ވައްތަރު އެއްމާބަނޑު ކުދިންނާއި މުޅިން ތަފާތު ދެ ސިފަޔަކަށް ތިބޭ ކުދިން ވެސް އެއްމާބަނޑު ކުދިންގެ ގޮތުގައި އުފަންވެ އެވެ. ނަމަވެސް މިއީ އަދި މާ ތަފާތު އެއްމާބަނޑު ދެކުދިންނެވެ. މާނޯ މާނޯ އައިޑެންޓިކަލް ޓްވިންސް އެވެ. މިއީ އެއް ބިސް ދެބައިވެގެން އުފެދޭ އެއްމާބަނޑު ދެބެއިންނެވެ. މި ކުދިން މަސް ނުވަތަ ޕްލެސެންޓާ އާއި އެމިނިއޮޓީކް ސެކް ނުވަތަ ފެން ދުލި ވެސް ހިއްސާކުރެ އެވެ. މާނަ އަކީ މިކުދިން އެއް ފެންދުއްޔެއްގެ ތެރޭގައި އެއް ޕްލެސެންޓާއެއް ބޭނުންކޮށްގެން ތިބިމެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ގަބޫލުކުރަން ވެސް ދަތި ދޯ އެވެ. ނަމަވެސް މިއީ ހަމަ ހަގީގީ ވާހަކަ އެކެވެ.

މިކަހަލަ މާނޯ މާނޯ ޓްވިންސް އަކަށް ބަލިވެ އިން ސާރާ ތިސްޓްލްވައިޓް ކިޔާ އަންހެނެއްގެ ވާހަކަ ސީއެންއެން އިން ދާދިފަހުން ގެނެސްދީފައިވެ އެވެ.

ސާރާ ދެ ވަނަ ފަހަރަށް ބަލިވެ އިނދެ، ލިބެނީ ކޮން ކަހަލަ ކުއްޖެއްތޯ ބަލަން ސްކޭން ހެދި އެވެ. ސްކޭނުން ފެނުނު މަންޒަރުން އެމީހުންނަށް ލިބުނު ހައިރާންކަން ބޮޑެވެ. ސްކޭން ހެދި ޓެކްނީޝަން ސާރާ އާއި އޭނާގެ ފިރިމީހާގެ ގާތު، ސާރާގެ ބަނޑުގައި ދެ ކުދިން އޮތް ވާހަކަ ބުންޏެވެ. ނަމަވެސް އާދައިގެ ޓްވިންސެއް ނޫނެވެ. މާނޯ މާނޯ ޓްވިންސް އެވެ. މިގޮތަށް ޓްވިންސް ލިބެނީ އެވްރެޖްކޮށް ކޮންމެ 10،000 ފަހަރަކުން އެއް ފަހަރު އެވެ.

ސާރާއަށް ފަރުވާދޭ ޑޮކްޓަރު ވިދާޅުވެފައި ވަނީ އޭނާގެ 35 އަހަރުގެ ސިއްހީ ކެރިއަރުގައި މިހާތަނަށް މިކަހަލަ ދިހަ ވަރަކަށް ކުދިން ވެސް ފެނިފައި ނުވާ ކަމަށެވެ.

ދެ ކުދިން ތިބި ގޮތުން ސާރާއަށް 56 ދުވަސް ހޮސްޕިޓަލުގައި އޮންނަ ޖެހުނެވެ. އަދި 57 ވަނަ ދުވަހު އޭނާ އޮޕަރޭޝަން ތިއޭޓަރަށް ވެއްދި އެވެ. އަދި ސާރާ ވަނީ އޭނާގެ އޮޕަރޭޝަން ސީއެންއެން އިން ވީޑިއޯ ކުރުމުގެ ހުއްދަ ދީފި އެވެ.

އިއްތިފާގުން މިފަހަރު ސީއެންއެން އަށް ވީޑިއޯ ކުރެވުނީ އެހެންޏާ ނުފެންނަ ކަހަލަ އާދަޔާ ޚިލާފު މަންޒަރެކެވެ. އޮޕަރޭޝަންކޮށްފައި ދެކުދިން ނެގިއިރު އެކުދިން ތިބި ގޮތުންނެވެ. ދެ ކުދިން ތިބީ އަތާ އަތް ގުޅާލައިގެންނެވެ. ސާރާ ބުނި ގޮތުގައި އޮޕަރޭޝަންކޮށް ކުދިން ނެގުމާ އެކު އެކުދިން ރޯ އަޑު އިވުމުން އޭނާ ވަރަށް އުފާވި އެވެ.

ދެ ކުދިންގެ ވެސް މާބޮޑު ސިއްހީ މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.

މިއީ މިފަދަ ކުދިންގެ އުފެދުމުގައި ވެސް އޮންނަ ގާތް ގުޅުން ހާމަވާ ކަމެއްކަން މި ވީޑިއޯއިން ހާމަވެ އެވެ.